Roadha Mihaaru
ރަށްތައް ވިއްކައިގެން 4 ބިލިއަން ރުފިޔާ ލިބެން ޖެހޭ

ރަށްތައް ވިއްކައިގެން 4 ބިލިއަން ރުފިޔާ ލިބެން ޖެހޭ: ކޮމިޝަން

23 ޖުލައި 2020

އެމްއެމްޕީއާރުސީގެ ހިޔާނާތަކީ މާޒީން ތަޖުރިބާ ހޯދައިގެން ހިންގާފައިވާ ވަރަށް ބޮޑު ޖަރީމާއެއް ކަމަށާއި އެ ހިޔާނާތް ހިންގިއިރު ދައުލަތުގެ މުޅި ސިސްޓަމް ވަނީ ފެއިލްވެފައި ކަމަށް އެސެޓްސް ރިކަވަރީ ކޮމިޝަނުން މިއަދު ބުނެފި އެވެ. އެ ޖަރީމާއާ ގުޅިގެން ދައުލަތަށް ލިބިފައިވާ ގެއްލުންތަކުގެ ތަފުސީލު ވެސް ކޮމިޝަނުން ވަނީ ދީފަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތަކީ މާޒީން ތަޖުރިބާ ހޯދައިގެން ހިންގާފައިވާ ވަރަށް ބޮޑު ޖަރީމާއެއް ކަމަށާއި އެ ހިޔާނާތް ހިންގިއިރު ދައުލަތުގެ މުޅި ސިސްޓަމް ވަނީ ފެއިލްވެފައި ކަމަށް އެސެޓްސް ރިކަވަރީ ކޮމިޝަނުން މިއަދު ބުނެފި އެވެ. އެ ޖަރީމާއާ ގުޅިގެން ދައުލަތަށް ލިބިފައިވާ ގެއްލުންތަކުގެ ތަފުސީލު ވެސް ކޮމިޝަނުން ވަނީ ދީފަ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް އަހުމަދު އަސްއަދު ވިދާޅުވީ އެމްއެމްއޭ އާއި ބީއެމްއެލް އާއި ސަރުކާރުގެ ކުންފުނިތައް ވެސް ހިނގާފައި ވަނީ ސަރުކާރު ބޭނުންވި ގޮތަށް ކަމަށެވެ. އޭނާ ވިދާޅުވީ ކޮމިޝަނުން ބެލިބެލުމުގައި ކުރީ ސަރުކާރުން އެމްއެމްޕީއާރުސީ މެދުވެރިކޮށް 37 ރަށާއި 12 ފަޅު ދޫކޮށްފައިވަނީ ގާނޫނާ ހިލާފަށް ނުއަގުގައި ކަމަށެވެ. އަދި ފަޅުތައް ނުހިމަނައި، ރަށްތަކުގެ އަގުތަކަށް ބަލާއިރު 3.4 ބިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށާއި ފަޅުތައް އަގުކުރާނެ ވަކި ގޮތެއް ކަނޑައެޅިގެން ނެތަސް، އޭގެ އަގު ހިމަނައިފި ނަމަ ދައުލަތަށް ވަންނަން ޖެހޭ ވަރު ހަތަރު ބިލިއަނަށް އަރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަސްއަދު ވިދާޅުވީ ރަށްތައް ދޫކޮށްފައިވާ އަގުތަކަށް ބަލާއިރު ގެއްލިގެން މި އުޅެނީ 77 މިލިޔަން ޑޮލަރު ނޫން ކަމަށެވެ.

"އެހާތަަނަށް އައިއިރު ވެސް އަޅުގަނޑުމެންނަކަށް ނެތް ފަޅުތައްް އަގުމަގު ކުރާނެ އުސޫލެއް. އެހެން ނަމަވެސް ރަށްތައް އަގުމަގު ކުރާނެ އުސޫލެއް އޮތް. އެ އުސޫލުގެ މައްޗަށް ބިނާކޮށް ބެލީމާ 77 މިލިޔަން ޑޮލަރެއް ނޫން ގެއްލިގެން މިއުޅެނީ. ދުއިސައްތަ ވިހި މިލިއަން ޑޮލަރު ނުވަތަ 3.4 ބިލިޔަން ރުފިޔާ ނުލިބިގެން މިއުޅެނީ،" އޭނާ ވިދާޅުވި އެވެ.

އެ މައްސަލަގައި ތުހުމަަތުވާ 300 އަށް ވުރެ ގިނަ މީހުންް ތިބި އިރު އެސެޓް ރިކަވަަރީ ކޮމިޝަނުން މިހާރު ތަހުގީގު ކުރަމުން އަންނަނީ އޭގެ ތެރެއިން 30 މީހެއްގެ މައްސަލަ އެވެ. އެ 30 މީހުންގެ ތެރެއިން ފަސް މީހެއްގެ މައްސަލަ ތަހުގީގުކޮށް ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި ކުރިއަށް އޮތް މަދު ހަފްތާތަކުގެ ތެރޭގައި ދައުވާކުރަން ފޮނުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަނީ އެސެެޓް ރިކަވަރީ ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ފުުލުހުން ގުޅިގެންނެވެ.

އަސްއަދު ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިންް ނަގާފައިވާ 77 މިލިޔަން ޑޮލަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ ދެކޮޅަށް ކުރާ ދައުވާތަކުގެ ނަތީޖާ ނުކުންނަ ގޮތަކުން އެއަށް ވުރެ ގިނަ އަދަދެއްގެ ފައިސާ ވެސް ދައުލަަތަށް އަަނބުރާ ހޯދުމުގެ ފުރުސަތު އެބަ އޮތް ކަަމަށެވެ. އެއީ މަނީ ލޯންޑްރިންގެ ކުށުގައި ބޮޑެތި އަދަދުތަކަކުން ޖޫރިމަނާ ކުރެވޭ ގޮތަށް އޮންނާތީ ކަމަށް އޭނާ ވިދާޅުވި އެެވެ.

"ހާއްސަކޮށް މީގައި މަނީ ލޯންޑްރިންގެ ކުށް އެކުލެވޭ ކަަމަށް ވަަންޏާ މަނީ ލޯންޑްރިންއާ އެބަ ގުޅިގެން ދޭ ވަަރަށް ބޮޑު ފައިން އެއް. މިސާލަކަށް އާއްމު ފަރުދަކު ވެއްޖިއްޔާ ފަސްގުނަ އެބަ އާދޭ، ކުންފުންޏެއް ވެއްޖެއްޔާ 10 ގުނަ އެބަ އާދޭ. އެހެންވީމާ ފަހަރެއްގައި ރިކަވަރީ މާ ބޮޑުވެގެން ވެސް ހިނގައިދާނެ،" އަސްއަދު ވިދާޅުވި އެވެ.

އެ މައްސަލައިގައި ތަހުގީގު އަވަސް ކުރުމުގައި ބަލާފައި ވާނީ ފައިސާގެ އަދަދަށް ކަމަށާއި ސިޔާސީ ގޮތުން ބަލާފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމަކު އެންމެ އަވަހަށް ތަހުގީގުކުރާ 30 މީހުންނަކީ ކޮން ބައެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. އަދި ދައުވާކުރެވޭނެ ކަމަށް ވިދާޅުވި ފަސް މީހުންގެ ތަފްސީލެއް ވެސް ނުދެއްވަ އެވެ. އޭގެ ތެރޭގައިި މިހާރު ވެސް ނުފޫޒު ގަދަ މަގާމެއްގައި ހުންނެވި ބޭފުޅަކު ހިމެނޭނެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އޭނާ ވިދާޅުވީ ހިމެނިފައި ވެދާނެ ކަަމަށެވެ.