Roadha Mihaaru
ކްރެއިގްގެ "ނައިވްސް އައުޓް 2" އަށް އާ ކާސްޓުންތަކެއް

ޑެނިއަލް ކްރެއިގްގެ "ނައިވްސް އައުޓް" ގެ ސީކްއެލް އަށް އާ ކާސްޓުންތަކެއް

13 މެއި 2021

މިދިޔަ އަހަރު ނެރުނު އެކްޓަރު ޑެނިއަލް ކާމިޔާބު ފިލްމު "ނައިވްސް އައުޓް" ގެ ސީކްއެލްއެއް ހަދަން ނިންމާފައިވާކަން އިއުލާންކޮށްފައި ވަނިކޮށް، ކާސްޓަށް އާ ތަރިންތަކެއް ނަގައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރު ނެރުނު އެކްޓަރު ޑެނިއަލް ކާމިޔާބު ފިލްމު "ނައިވްސް އައުޓް" ގެ ސީކްއެލްއެއް ހަދަން ނިންމާފައިވާކަން އިއުލާންކޮށްފައި ވަނިކޮށް، ކާސްޓަށް އާ ތަރިންތަކެއް ނަގައިފި އެވެ.

ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ސީކްއެލް އިން ކްރެއިގްއާ އެކު ފެންނާނެ ތަރިންގެ ތެރޭގައި ޑޭވް ބަޓިސްޓާ އާއި އެޑްވަޑް ނޯޓޮން ހިމެނެ އެވެ. ރެސްލިން ތަރިއެއްގެ ވިދައިލި ޑޭވްގެ "ނައިވްސް އައުޓް 2" އަށް ސޮއިކުރި އިރު، އޭނާގެ ކުރިއަށް އޮތް ފިލްމަކީ ހޮނިހިރު ދުވަހު ރިލީޒްކުރާ ޒޮމްބީ ފިލްމު "އާމީ އޮފް ދަ ޑެޑް" އެވެ. އެ ފިލްމު މި މަހުގެ 21 ގައި ނެޓްފްލިކްސް އިން ވެސް ސްޓްރީމްކުރާނެ އެވެ.

މިދިޔަ އަހަރު "ސްޕައި" އިން ފެނިގެން ދިޔަ ޑޭވްގެ ކުރިއަށް އޮތް ހުރި ފިލްމުތަކުގެ ތެރޭގައި "ޑިއުން" އާއި "ތޯރް: ލަވް އެންޑް ތަންޑާ" ހިމެނެ އެވެ.

މިހާތަނަށް އެތައް ފިލްމެއް ކުޅެފައިވާ ނޯޓޮންގެ އެންމެ ފަހުން ފެނިފައި ވަނީ 2019 ގެ "މަދަލެސް ބްރޫކްލިން" އިންނެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ "ދަ ފްރެންޗް ޑިސްޕެޗް" އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ނައިވްސް އައިޓް 2" ގެ މަސައްކަތް މިހާރު ވަނީ ގްރީސްގައި ފަށައިފަ އެވެ.

"ނައިވްސް އައުޓް" އަކީ ރިއަން ޖޯންސަން ލިޔެ، ޑައިރެކްޓްކުރި މިސްޓްރީ ތުރިލާއެކެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ޖޭމްސް ބޮންޑްގެ ރޯލް ކުޅޭ ކްރެއިގާ އެކު، ހިމެނެނީ ކްރިސް އިވަންސް، މައިކަލް ޝެނަން، ޑޮން ޖޯންސަން، ކެތެރީން ލޯންގްފޯޑް، ޖެމީ ލީ ކާޓިސް، އަނާ ޑި އާމަސް އަދި ކްރިސްޓޯފާ ޕްލަމާ އެވެ.