10 ނޮވެމްބަރ 2020
އަންނަ އަހަރު ގެނެސްދޭން ނިންމާފައިވާ ޖޭމްސް ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމު "ނޯ ޓައިމް ޓު ޑައި" ގައި ކުޅެފައިވާ ރޯލުން ހޮލީވުޑަށް ބަދަލުތަކެއް ގެނުވާނެ ކަމަށާއި ކަޅު ނަސްލުގެ ބަތަލާއިންނާ ދޭތެރޭ ދެކޭ ގޯސް ވިސްނުމަށް ހެޔޮ ބަދަލުތަކެއް ވެސް އަންނާނެ ކަމަށް ބަތަލާ ލަޝާނާ ލީންޗް ބުނެފި އެވެ.
އަންނަ އަހަރު ގެނެސްދޭން ނިންމާފައިވާ ޖޭމްސް ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމު "ނޯ ޓައިމް ޓު ޑައި" ގައި ކުޅެފައިވާ ރޯލުން ހޮލީވުޑަށް ބަދަލުތަކެއް ގެނުވާނެ ކަމަށާއި ކަޅު ނަސްލުގެ ބަތަލާއިންނާ ދޭތެރޭ ދެކޭ ގޯސް ވިސްނުމަށް ހެޔޮ ބަދަލުތަކެއް ވެސް އަންނާނެ ކަމަށް ބަތަލާ ލަޝާނާ ލީންޗް ބުނެފި އެވެ.
އިނގިރޭސިވިލާތަށް އުފަން ބަތަލާ ބުނި ގޮތުގައި ޑެނިއަލް ކްރެއިގް ބޮންޑްގެ ރޯލުން ފެންނާނެ ފަހު ފިލްމުގައި ކުޅެން ލިބުނު ކެރެކްޓާ އަކީ ބޮންޑްގެ ރޯލަށް ދޫނުކުރާ ވަރުގެ ވަރުގަދަ ރޯލެކެވެ. އަދި އެ ރޯލް ސިފަކުރާނީ ވެސް "އަންހެން ބޮންޑް" ގެ ގޮތުގައި ކަމަށް ބުންޏެވެ.
"އަހަންނަށް ވަރަށް ޔަގީން އަހަރެން ކުޅުނު ކެރެކްޓާ އަކީ އިންގިބާލެއް ގެނުވާނެ ރޯލެއްކަން. ހާއްސަކޮށް ކަޅު ނަސްލުގެ ބަތަލާއިންނާ ދޭތެރޭ ދެކޭ ގޮތް މި ފިލްމުން ބަދަލުވެގެން ދާނެ ކަމަށް އުންމީދުކުރެވޭ،" ފިލްމައި ނޯމީގެ ރޯލް ކުޅުނު ލަޝާނާ ހާޕާސް ބާޒާރު މަޖައްލާ އަށް ދިން އިންޓަވިއުގައި ބުންޏެވެ.
އޭނާ ބުނީ "ނޯ ޓައިމް ޓު ޑައި" ގައި "އަންހެން ބޮންޑް" ގެ ރޯލް ކުޅެން ލިބުމުން ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ފުރައްސާރަ ވެސް ކޮށްފައިވާ ކަމަށެވެ. އެކަމަކު މީހުން ކިޔާހާ އެއްޗެއްގެ ފަހަތުން ދުވަން ބޭނުން ނުވާ ކަމަށާއި ބޭނުން ވަނީ ހުނަރާއި ބުރަ މަސައްކަތުން ކޮންމެ މީހަކަށް ވެސް ކުރިއަށް ދެވިދާނެކަން ސާބިތުކޮށްދޭން ކަމަށް ބުންޏެވެ.
"އަހަރެން ނޫން އެހެން ކަޅު ނަސްލުގެ ބަތަލާއަކަށް މި ފުރުސަތު ލިބުނު ނަމަވެސް ހަމަ އެހާ ބުރަކޮށް މަސައްކަތްކުރާނެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް،" ލަޝާނާ ބުންޏެވެ. "އަހަރެން ވަރަށް އުފާކުރަން އިންގިލާބެއް ގެނުވާނެ ފިލްމެއްގައި ހިއްސާވާން ލިބުނީތީ."
"ކެޕްޓަން މާވެލް" އާއި "ބްރަދަހުޑް" އަދި "ފާސްޓް ގާލްސް" ފަދަ ފިލްމުތައް ކުޅުނު 32 އަހަރުގެ ބަތަލާ ބުނިގޮތުގައި "ނޯ ޓައިމް ޓު ޑައި" އިން ލިބުނު ފުރުސަތަކީ ކުރިއަށް ދާން ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. އަދި ކުޅެން ލިބުނު ކެރެކްޓާ އަކީ ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ވެސް ބޮޑެތި ގުރުބާނީތަކެއްވި ރޯލެއް ކަމަށް ބުންޏެވެ.
"އަހަރެން އަޒުމް ކަނޑައެޅިން ކަޅު އޯޑިއަނަސް މާޔޫސްނުވާ ވަރުގެ ރޯލަށް ނޯމީ ހަދަން. އޭގެ މާނަ އަކީ އެއީ އަހަރެން ސަތޭކަ ޕަސަންޓް ދިން ކެރެކްޓާއެކޭ،" ލަޝާނާ ބުންޏެވެ. "މިކަހަލަ ރޯލެއް ކުޅެން ލިބުމަކީ އަބަދު އަބަދު ލިބޭނެ ފުރުސަތެއް ވެސް ނޫން. އެހެންވީމާ އަހަރެންނަށް ކުރެވުނު އެންމެ ރަނގަޅަށް މަސައްކަތްކޮށްފައި ހުންނާނެ."
"ނޯ ޓައިމް ޓު ޑައި" އާ އެކު ކްރެއިގް ބޮންޑްގެ ރޯލަށް އަލްވަދާއު ކިޔާތީ މި ފަހުން އެންމެ ގަދައަށް އެރި އެއް އަޑަކީ ދެން ބޮންޑްގެ ރޯލުން ފެންނާނީ ބަތަލާއަކު ކަމަށް ބުނެ ފެތުރުނު ވާހަކަ އެވެ. އަދި އެ ޝަރަފު ލިބުން އެންމެ ގާތީ ވެސް ލަޝާނާ އަށް ކަމަށް ބައެއް މީޑިއާރަކުން ބުނެފައިވެ އެވެ. ނަމަވެސް އަންހެން ބޮންޑެއްގެ ވާހަކަ ގަދަވާން ފެށުމުން "ޖޭމްސް ބޮންޑް" ގެ ޕްރޮޑިއުސަރުން ވަނީ ބަތަލާ އަކު ޓައިޓްލް ރޯލް ނުކުޅޭނެ ކަމަށް ބުނެފަ އެވެ.
އަންނަ އަހަރުގެ އެޕްރީލް 2 އަށް ތާވަލުކޮށްފައިވާ "ނޯ ޓައިމް ޓު ޑައި" އަކީ ކެރީ ޖޯޖީ ފުކުންގާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މީގެ ކާސްޓުންގެ ތެރޭގައި ރަމީ މާލިކް، ލިއާ ސެޑޫ، ނިއޯމީ ހެރިސް، ޖެފްރީ ރައިޓް، ރާފް ފިއެނެސް އަދި ކްރިސްޓޯފާ ވޯލްޒް ފަދަ ތަރިން ހިމެނެ އެވެ.
ކްރިސްޓަންގެ ހުވަފެނަކީ ބޮންޑްގެ ވިލަންއެއްގެ ރޯލު
ބޮންޑްގެ ރޯލު ދެން ކުޅޭނެ އެކްޓަރެއްގެ ވާހަކައެއް ނެތް
ޖޭމްސް ބޮންޑްގެ ރޯލު އާރޮން އަށް ހުށަހަޅައިފި
ޑެންޒެލް "ދި އީކުއަލައިޒާ 3" އަށް ތައްޔާރު ވަނީ
ޖޭމްސް ބޮންޑްގެ ފިލްމަކަށް ގަލް ގެޑޯ އޮޑިޝަން ހެދި
ރަޔަން ވެސް ޖޭމްސް ބޮންޑްގެ ރޯލު ބޭނުން
"ފާސްޓް 10" ގައި ބައިވެރިވާން ރޮކަށް ދައުވަތު ދީފި
ޖޭމްސް ބޮންޑް މާވެލް ޔުނިވާސްއާ ގުޅެނީ
ކްރެއިގަށް ހޮލީވުޑް "ވޯކް އޮފް ފޭމް" ދެނީ
ބޮންޑްގެ ރޯލަކީ އެންމެ ބޮޑު ޝަރަފު: ކްރެއިގް