13 މެއި 2021
އުފަން ރަށުގައި އޭނާ އަކީ ބަދަލުގައި ހުންނަ މުދިމެކެވެ. ނ. ވެލިދޫގެ ކުޑަ މިސްކިތުގެ މުދިން ކަމާ ހަވާލު ވާނެ މީހަކު ނެތް ދުވަސްވަރެއްގައި ވަގުތީ މުދިމެއްގެ ގޮތުގައި މިސްކިތަށް އަރައި ބަންގި ގޮވައި އިމާމުވެ ނަމާދު ކުރީ، އަލީ ނާޖިހެވެ. އެކަމަކު އޭނާ އަކީ މާލޭގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ގެ މިހާރު އެއް ވަނަ ކީޕަރެވެ. ރަށްޓެހިން ވެސް ގާތްކޮށްލުމުގެ ގޮތުން އޭނާ އަށް މުހާތަބު ކުރަނީ "މުދިންކޯ" ނުވަތަ "މުދިމު" ކިޔައިފަ އެވެ.
އުފަން ރަށުގައި އޭނާ އަކީ ބަދަލުގައި ހުންނަ މުދިމެކެވެ. ނ. ވެލިދޫގެ ކުޑަ މިސްކިތުގެ މުދިން ކަމާ ހަވާލު ވާނެ މީހަކު ނެތް ދުވަސްވަރެއްގައި ވަގުތީ މުދިމެއްގެ ގޮތުގައި މިސްކިތަށް އަރައި ބަންގި ގޮވައި އިމާމުވެ ނަމާދު ކުރީ، އަލީ ނާޖިހެވެ. އެކަމަކު އޭނާ އަކީ މާލޭގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ގެ މިހާރު އެއް ވަނަ ކީޕަރެވެ. ރަށްޓެހިން ވެސް ގާތްކޮށްލުމުގެ ގޮތުން އޭނާ އަށް މުހާތަބު ކުރަނީ "މުދިންކޯ" ނުވަތަ "މުދިމު" ކިޔައިފަ އެވެ.
ޔުނައިޓެޑް ވިކްޓަރީގައި އޭނާ ވެސް ފުރަތަމަ އަދާ ކުރީ ބަދަލު ކީޕަރެއްގެ ރޯލެވެ. އެހެންނަމަވެސް ޓީމުގެ ފުރަތަމަ 11 އިން ލިބުނު ފުރުސަތުތަކާ އެކު، ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގެ ފަހުކޮޅުގައި އެންމެ ބޮޑަށް ވިދާލި ކީޕަރަކަށް އޭނާ ވި އެވެ. މުޅި ސީޒަންގައި މިހާތަނަށް މޭން އޮފް ދަ މެޗު އިނާމު ހޯދި ދިވެހި ހަމައެކަނި ކީޕަރަކީ ވެސް އޭނާ އެވެ.
"އެއީ އަޅުގަނޑު މުޅި ހަޔާތުގައި ވެސް ލިބުނު ފުރަތަމަ މޭން އޮފް ދަ މެޗު،" ނާޖީ، 23، ބުންޏެވެ. "އެއީ ވަރަށް ބޮޑު ހިތްވަރެއް. އެކަމަކު އަދި ދަސްކުރަން ޖެހޭ ވަރަށް ގިނަ އެއްޗިހި އެބަހުރި."
ނިއު ރޭޑިއަންޓްގެ ޔޫތު ޓީމުގައި ހިމެނުނު، ނާޖީގެ ފުރަތަމަ ގޯލްކީޕަރަކީ ކުރިން ނިއުގައި މަސައްކަތް ކުރި ހަސަން ހަމީދު (ޑަކޭ) އެވެ. ފުޓްބޯޅައިން ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރުމުން މިދިޔަ ސީޒަންގައި ޑަކޭ ޔުނައިޓެޑް ވިކްޓަރީއަށް ބަދަލުވީ ނާޖީ ގޮވައިގެންނެވެ. ޔޫވީގައި މަޑުކޮށް ކުރީގެ އެންމެ މަޝްހޫރު ކީޕަރު ޒަރިއަންދު އާއެކު މަސައްކަތް ކުރަން ލިބުނު ފުރުސަތަކީ، އޭނާ އަށް ވެސް ކުރިން ކުރެވިފައިވާ އުންމީދެކެވެ. އެއީ ގޯލްކީޕަރެއްގެ ގޮތުގައި ޒަރިއަންދުގެ ވާހަކަ ނާޖީގެ ވެސް އެންމެ ޒުވާން އިރުގައި އަހާފައި ވާތީ އެވެ.
"ޑަކޭ ކޯޗް ކައިރިން ވެސް ވަރަށް ގިނަ އެއްޗި ދަސްވި. ދެން މިހާރު ޒަރިއަންދާ އެކު މަސައްކަތް ކުރަން ފެށީމަ މެޗުތަކަށް ހޭނިއްޖެ. ހީ ނުކުރަން މިހާ އަވަހަށް ފުރަތަމަ 11 ގައި މިގޮތަށް ދާއިމީ ވެވޭނެ ކަމަކަށް. އަދި ވަރަށް ގިނަ ކަންކަން ރަނގަޅު ކުރަން ޖެހޭ ކަމަށް ގަބޫލު ވެސް ކުރަން. މިސްޓޭކު ވެސް ހެދޭ. ދެން ކީޕަރެއް ވެއްޖެއްޔާ މިސްޓޭކު ހެދޭނެ. އެ މިސްޓޭކް ތަކުން ރަނގަޅު ކުރެވޭނީ ވެސް."
ރަށުގައި ޕާޓްޓައިމް މުދިމަކަށް އުޅުނު، މިހާރު އެންމެ އުންމީދީ ކީޕަރު، މި ސީޒަންގައި ފުރަތަމަ 11 ގައި ކުޅެން އެންމެ ފުރަތަމަ ނެރުނީ ޒަރިއަންދު ދަނޑިމާރު އަޅައިގެންނެވެ.
ބޮޑު އުންމީދަކާ އެކު، މި ސީޒަނަށް ޔޫވީން ނުކުތީ އެ ޓީމުގެ ތާރީހުގައި އެކުލަވާލި އެންމެ ވަރުގަދަ ސްކޮޑަކާ އެކު އެވެ. ނިސްބަތުން ބޮޑު ހަރަދެއް ކޮށްފައި ގެނައި، ކިރިގިސްތާންގެ ކީޕަރު ރުސްލާން އަމީރޯވްގެ ފަރާތުން އެ ޓީމަކަށް މާ ބޮޑު ބޭނުމެއް ނުހިފުނެވެ. ޒަރިއަންދު ނުކުމެ ބަސް އިއްވި އެވެ.
ކީޕަރު ނާޖިހް މޭން އޮފް ދެ މެޗު އިނާމު ހިފަހައްޓާލައިގެން --- ފޮޓޯ: އެފްއޭއެމް
"ކަލޭމެން މޮޅިވަނީކީ ވެސް ނޫނޭ ދެން ކީއްކުރަން ހޭ ބިދޭސީ ކީޕަރު ލައިގެން ކުޅެނީ، އެއަށް ވުރެ މާ ރަނގަޅުވާނޭ ނާޖީ ލައިގެން ކުޅުނަސް..." ޒަރިޔަންދު އޭރު ޓީމުގެ ތެރޭގައި ބުނަމުން ދިޔަ އެވެ.
ނާޖީ އަށް މި ސީޒަންގައި ފުރަތަމަ ފަހަރަށް މެޗަކުން ފުރުސަތު ދިނީ، ލީގުގެ ދެ ވަނަ ބުރުގައި، ކްލަބު އީގަލްސް އާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އެ މެޗުން ވެސް ޔޫވީ ބަލިވީ އެވެ. އެހެންނަމަވެސް ޒަރިއަންދު ގޮތެއް ދުލެއް ނުކުރި އެވެ. މެޗުން ބަލިވިޔަސް އަދި ކިތަންމެ ގިނަ ލަނޑު ބައިކޮޅަށް ވަނަސް ނާޖީ ނޫން ކީީޕަރަކަށް ފުރަތަމަ 11 އިން ފުރުސަތު ދޭކަށް އޭނާ ބޭނުމެއް ނުވި އެވެ.
ޔޫވީގެ ގޯލްކީޕަރު ކޯޗެއްގެ ގޮތުގައި ހިލޭސާބަހަށް ޒަރިއަންދު މަސައްކަތް ކުރަން ފެށީ އޭނާގެ ދަރިފުޅު އަމާން އިސްމާއީލް ޒަރިއަންދުގެ އެދުމުގެ މަތިންނެވެ. ޔޫވީން ދެ ވަނަ ޑިވިޝަންގައި ކުޅުނު އިރު އެ ޓީމުގެ ގޯލް ބެލެހެއްޓީ އަމާން އެވެ. ޔޫވީގެޓްރޭނިންއަށް ޒަރިއަންދު ނުކުތީ އަމާންގެ އިތުރުން ދެ ވަނަ ދަރިފުޅު އަހްނަފް އިސްމާއީލް ޒަރިއަންދު ވެސް ގޮވައިގެންނެވެ. އެއީ ވެސް މިހާރު ޑިވްލަޕްވަމުން އަންނަ ކީޕަރެކެވެ. އެހެންނަމަވެސް ޔޫވީގެ ހާލަތަށް ވިސްނައި ދެ ދަރިންގެ މައްޗަށް ވެސް ޒަރިއަންދު އިސް ކުރީ ނާޖީ އެވެ.
ކީޕަަރު ނާޖިހް މެޗެއްގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް
"ނާޖީ ފުރަތަމަ ޕްރެކްޓިހުގައި ކުޅޭތަން ފެނުނީމަ ވެސް އަޅުގަނޑު ބުނިން މީނަގެ އެބަހުއްޓޭ ގައުމީ ޓީމަށް ކުޅުމުގެ ކޮލިޓީ،" ޒަރިއަންދު ކިޔައިދިނެވެ.
"އެގޮތަށް ވިސްނައި ދިނީމަ ސާންތީ ވެސް ނިންމީ ނާޖީއަށް ފުރުސަތު ދޭން."
ނާޖީގެ ކިބައިން ފެނުނު މޮޅު ކުޅުން، ޔޫވީގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) ކްރެޑިޓް ދެނީ ވެސް ޒަރިއަންދަށެވެ. ރުސްލާން އަމީރޯވް ބެންޗަށް ބަދަލު ކުރެވޭ ކީޕަރަކަށް ނާޖީ ވުމުގައި ޒަރިއަންދުގެ ހިއްސާ ބޮޑުކަމަށް ސާންތީ ބުންޏެވެ. އަންނަ ސީޒަންގައި ޔޫވީއަށް ބިދޭސީ ކީޕަރެއް ނުގެންނަން ސާންތީ މިހާރު ހުރީ ނިންމައިގެންނެވެ. ޔުވީގެ ޓީމުގެ ދިފާއީ މައި ތަނބެއްގެ ގޮތުގައި ނާޖީ އާ މެދު އޮތް އިތުބާރު ވަނީ ބޮޑުވެފަ އެވެ.
ރާއްޖޭގެ އިންޖީނުތައް ހިންގުމުގައި ވިޖޭގެ 34 އަހަރު
ފާލިލް: ސުމަކުން ފަށައި އުފެއްދީ ބޮޑު އިންޑަސްޓްރީއެއް
މޮޅަކާ އެކު ޔޫވީ އަށް ލީގު ނިމިއްޖެ
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ބަދަލު ކީޕަރެއް ނެތުމުން ޔޫވީގެ ގޯލަށް އެރީ ޑިފެންޑަރު
ދިވެހި ލީގު އަލުން ފަށައި، އީގަލްސް އަށް ބޮޑު މޮޅެއް
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ޔޫތު މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތު ކުރަނީ
ކުޑަދުވަސްކޮޅެއްތެރޭ ބޮޑު ކުރިއެއްމެއް ހޯދި ސްޓްރައިކަރު
ޔޫވީ ބަލިކޮށް ސަސް ތިންވަނައިގައި ވިއްދައިފައި