އުމުރުން ހަގުކަމުން މަހަށް ނުގެންދާނެ ކަމަށް ބުނުމުން އެކުވެރިއަކާ އެކު ފިލައިގެން ގޮސް އެރުނީ ބައްޕަ މަހަށްދާ އޮޑީގެ އެން ވަތަށެވެ. އެތަނުގައި އެންދަމަން މީހުން ފައިބަންދެން އޮންނަނީ ފިލަ އެވެ. އެއީ ދޯނި ނައްޓާލާ ހިސާބުން އެތަނުން ފެނުނަސް ކުރެވޭނެ ކަމެއް ނޯންނާނެތީ އެވެ. އެ ހިސާބުން ބައްޕާ އެކު މަސްވެރިކަން ކުރުމުގެ ފުރުސަތު ލިބޭނެތީ އެވެ.
28 އެޕްރީލް 2025
އުމުރުން ހަގުކަމުން މަހަށް ނުގެންދާނެ ކަމަށް ބުނުމުން އެކުވެރިއަކާ އެކު ފިލައިގެން ގޮސް އެރުނީ ބައްޕަ މަހަށްދާ އޮޑީގެ އެން ވަތަށެވެ. އެތަނުގައި އެންދަމަން މީހުން ފައިބަންދެން އޮންނަނީ ފިލަ އެވެ. އެއީ ދޯނި ނައްޓާލާ ހިސާބުން އެތަނުން ފެނުނަސް ކުރެވޭނެ ކަމެއް ނޯންނާނެތީ އެވެ. އެ ހިސާބުން ބައްޕާ އެކު މަސްވެރިކަން ކުރުމުގެ ފުރުސަތު ލިބޭނެތީ އެވެ.
މިއީ ސޯޝަލް މީޑިއާގައި މަޝްހޫރު "ލައިފް އޮފް އަ ފިޝަމަން"ގެ މަސްވެރިކަމުގެ ފެށުމެވެ. މަސްވެރިއެއްގެ ގޮތުގައި އޭނާގެ ތަޖުރިބާތައް ހިއްސާކުރަމުން އަންނަ އާދަމް ރަޝާދު, 36, އަކީ އެންމެ ކުޑަ އިރުން ފެށިގެން ވެސް ބައްޕަ ފަދަ މަސްވެރިއަކަށް ވާން ބޭނުންވި މީހެކެވެ. ސްކޫލް ނިންމި ގޮތަށް ދޮށި ހިފައިގެން ނުކުތީ އެހެންވެ އެވެ.
ރާޝިދު ބޭނި މަހަކާ އެކު ފޮޓޯއަކަށް ހުއްޓިގެން.
ރާޝިދު މަސްވެރިކަމަށް އެންމެ ފުރަތަމަ ނުކުތް ދުވަސްވަރަކީ ގިނަ ދަތިތަކެއް އެ ދާއިރާގައި ހުރި ދުވަސްވަރަކަށްވުމުން އެ ދާއިރާ ދޫކޮށްލަން މަޖުބޫރުވި އެވެ. އެހެންވެ, އެހެން މަސައްކަތެއް ފަށައިގަނެ އެހެން ދާއިރާއެއްގައި ދުވަސްތަކެއް ވަންދެން މަސައްކަތް ކުރި އެވެ. އޭރުވެސް މަސްވެރިކަމަށް އޮތް ލޯތްބެއްގެ ސަބަބުން ފޫހިފިލުވާލުމަށް ވެސް މަޖާކޮށްލަން ވެސް އޭނާ ދަނީ މަހަށެވެ.
"ފުރަތަމަ ކެރިއަރެއްގެ ގޮތުގައި ދިޔައީ ކަންނެއްޔަށް. ހަތް އަހަރެއްހާ ދުވަހު އުޅެފައި އެކަން ދޫކޮށްލަން ޖެހުނީ،" އޭނާ ބުންޏެވެ.
އެ ދާއިރާ ދޫކޮށްލުމަށް ފަހު, ހޮބީއެއްގެ ގޮތުގައި މި މަސައްކަތް ކުރަމުން ގޮސް, އޭރު ދިރިއުޅުނު ރަށް ދޫކޮށް އޭނާގެ އަމިއްލަ ރަށް ފަރެސްމާތޮޑާއަށް ބަދަލުވާން ޖެހުނީ އެވެ. އޭރު ދިރިއުޅުމުގެ ގިނަ ކަންތައްތަކެއް ބަދަލުވަމުން ދާތީ, އެ ބަދަލާ އެކު, މަސައްކަތް ވެސް އެއްކޮށް ބަދަލުކޮށްލާ އަނެއްކާ ވެސް މަސްވެރިކަމަށް ނުކުތީ އެވެ. އެއީ 2020 ވަނަ އަހަރު އެވެ. އޭގެ ފަހުން ފާއިތުވި ފަސް އަހަރު ރާޝިދު ހޭދަކުރީ މަސްވެރިކަން ކުރުމާއި މަސްވެރިކަން ޕްރޮމޯޓު ކުރުމުގަ އެވެ. "ލައިފް އޮފް އަ ފިޝަމެން"ގެ ގޮތުގައި ރާޝިދު މަގުބޫލުވެ, ވީޑިއޯތައް ވައިރަލްވި ހިސާބަކީ އެއީ އެވެ.
"ފަރެސްމާތޮޑާ އަކީ ވަރަށް މަސްވެރިން ގިނަ ރަށެއް. ގާތްގަނޑަކަށް 90 ޕަސެންޓު ޒުވާނުންނަކީ މަސްވެރިން. އެކަމަކު މީހުންނަކަށް އަސްލު ނޭނގެ މި ރަށަކީ މިއީ ކިހާ ފުޅާދާއިރާއެއްގައި އެކަން ކުރާ ރަށެއް ކަމެއް. އެހެންވެ ބޭނުންވީ މި ރަށުގެ މި މަސައްކަތް ދައްކައިދޭން. އެހެންވެ ވީޑިއޯ ހަދަން ފެށީ،" އޭނާ ކިޔައި ދިނެވެ.
ރާޝިދުގެ މަސްވެރިކަމުގެ ދާއިރާގެ އެކި ތަޖުރިބާތައް ހިއްސާކުރަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
އެންމެ ފުރަތަމަ ރާޝިދު މަސްވެރިކަމަށް ހާއްސަކޮށް ފޭސްބުކުގައި ހެދި ޕޭޖަށް ލީ ވީޑިއޯއަށް 26 މިލިއަން ވިއުސް ލިބުނެވެ. އިންސްޓަގްރާމް ޕޭޖެއް ހެދީ އެ ކާމިޔާބީގެ ސަބަބުންނެވެ. އެ ވީޑިއޯއަށް 69 މިލިއަން ވިއުސް ލިބުނެވެ. އޭނާގެ ވީޑިއޯއަށް ލިބެމުންދާ ތަރުހީބުގެ ސަބަބުން އަޖުމަ ބަލައިލަން ދެން ވީޑިއޯއެއް ލީ ޔޫޓިއުބަށެވެ. އެ ވީޑިއޯއަށް މިލިއަނެއްހާ ވިއުސް ލިބުނެވެ. އަދި ކުޑަދުވަސްކޮޅެއްގެ ތެރޭގައި ޔޫޓިއުބްގައި އޭނާގެ ޗެނަލް ވައިރަލްވެ, ލައްކައަކަށް ވުރެ ގިނަ ސަބްސްކްރިބާސް ލިބުނެވެ. އެއާ އެކު އޭނާއަށް ޔޫޓިއުބުން "ޔޫޓިއުބް ކްރިއޭޓާސް އެވޯޑު"ގެ ސިލްވާ ޕްލޭ ބަޓަން ދިނެވެ. ރާޝިދު ސިފަކުރާ ގޮތުގައި މިދާއިރާ ކުރިއަރުވަން އޭނާ ކުރާ މަސައްކަތަށް މިހާތަނަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީ އަކީ މި އެވެ.
މަސްވެރިކަމުގެ ދާއިރާ ކުރިއަރުވާ, ޒުވާނުންނަށް މި ދާއިރާއަށް ނެރުމަށް ހިތްވަރު ދިނުމަށް ރާޝިދު ކުރަމުން އަންނަ މަސައްކަތަށް އާ ބޮޅެއް ވަނީ އިތުރުވެފަ އެވެ. އުރީދޫން އޭނާއަށް ވަނީ އެ ކުންފުނީގެ އެމްބެސަޑަރުގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ދީފަ އެވެ.
"އަޅުގަނޑު ބޭނުން ވަނީ މި ފުރުސަތުގެ ބޭނުން ހިފައި, ޒުވާނުންނަށް މިއީ ކުރިއަށް ދެވެން އޮތް ދާއިރާއެއްކަން އަންގައިދޭން. މި ދާއިރާ އަކީ ކިހާ ރަނގަޅު އާމްދަނީއެއް ލިބެން އޮތް ދާއިރާއެއްކަން އަންގައިދޭން،" އޭނާ ބުންޏެވެ.
ރާޝިދު ބުނީ މަސްވެރިކަމަކީ ދިވެހިންގެ ލޭނާރަށް ވާއިރު, މި ދާއިރާގެ މުސްތަގުބަލު އޮތީ ޒުވާނުންގެ އަތްމަތީގައި ކަމަށެވެ.
ރާޝިދަކީ އޭނާގެ މަސްވެރިކަމުގެ ކެރިއާ ސޯޝަލް މީޑިއާގައި ޑޮކިއުމަންޓު ކުރާ މީހެއް. އޭނާ ސޯޝަލް މީޑިއާގައި މަޝްހޫރީ "ލައިފް އޮފް އަ ފިޝަމަން"ގެ ގޮތުގައި.
"މަސްވެރިކަމަކީ ދުނިޔޭގެ ބޮޑު ކާރިސާއެއް ކުރިމަތިވެ, ދިވެހިން އަޑިއަޅާލައިފި ނަމަ ޑިޕެންޑުވެވެން އޮތް ހަމައެކަނި ދާއިރާ. މި ދާއިރާ އަކީ އެކި ގޮތްގޮތަށް ކުރިއެރުވޭނެ ދާއިރާއެއް. މިސާލަކަށް ޓޫރިޒަމް ސެކްޓާއާ ގުޅި ނައިޓް ފިޝިން އާއި ސްޕޯޓްސް ފިޝިން އަކީ ވެސް ޒުވާނުން ނުކުމެ ތަރައްގީކޮށްފި ނަމަ ބޮޑު އާމްދަނީއެއް ހޯދޭނެ މަގެއް،" އޭނާ ބުންޏެވެ.
ރާޝިދު ބުނީ އުރީދޫއާ އެކު މި ދާއިރާއަށް ޒުވާނުން އަހުލުވެރިކޮށް, ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތުގައި މަސްވެރިކަން ކުރަން ހިތްވަރުދީ ޕްރޮމޯޓުކުރުމަށް އުއްމީދުކުރާ ކަމަށެވެ.
އުރީދޫން ދޭ އުމްރާ ދަތުރުގެ ނަސީބުވެރިޔާ ހޮވައިފި
އެޕަލް ގަޑިއަށް އީސިމް ހިދުމަތް ދޭ ލިސްޓަށް ރާއްޖެ
އުރީދޫއަށް 166.9 މިލިއަންގެ ސާފު ފައިދާ
އެސްތެޓިކް ހިދުމަތްތަކަށް ކްލަބް ޕްރިމިއާ ޑިސްކައުންޓު
އުރީދޫން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ފަށައިފި
ޖީޓީ7 ލެޖެންޑްސް ސާކިޓް ގެ ސީޒަން 1 ނިންމާލައިފި
ރާސްޓަސްކޮށްގެން ކޮންމެ ހަފްތާއަކު ބޮޑު އިނާމެއް!
ވީޑިއޯ މޮނަޓަރިންއަށް އުރީދޫ ސްމާޓް ހޯމް ބަންޑަލްތަކެއް
ހާވާޑުން އުރީދޫގެ ދެ މުވައްޒަފަކަށް ތަމްރީނު ދީފި
އިންޓާ ރިސޯޓް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕަށް ހުޅުވާލައިފި