މިއަދު ބޭއްވި އެފްއޭއެމްގެ ކޮންގްރެސް އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ން ބޮއިކޮޓް ކޮށްފި އެވެ.
27 ޖޫން 2025
މިއަދު ބޭއްވި އެފްއޭއެމްގެ ކޮންގްރެސް އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ން ބޮއިކޮޓް ކޮށްފި އެވެ.
އެ ދެ ކްލަބުން ވަނީ މާޗް މަހު ބޭއްވި ކޮންގްރެސް ވެސް ބޮއިކޮޓް ކޮށްފަ އެވެ. އޭރު ބޭއްވި ކޮންގްރެސް ފުރަތަމަ ޑިވިޝަނުގެ ފަސް ކްލަބަކުން ބޮއިކޮޓް ކުރި އެވެ. އޭގެ ތެރޭގައި އީގަލްސް އާއި ޔޫވީގެ އިތުރުން ގްރީން ސްޓްރީޓްސް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ބުރު ސްޕޯޓްސް ވެސް އޭރު ހިމެނުނެވެ.
އެކަމަކު އެ ފަސް ކްލަބްގެ ތެރެއިން އީގަލްސް އާއި ޔޫވީ ފިޔަވައި އަނެއް ތިން ކްލަބްގެ މަންދޫބުން މިއަދުގެ ކޮންގްރެސް އަށް ހާޒިރުވި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ކޮންގްރެސްގައި ބައިވެރިވުމަށް ޔޫވީން ރަޖިސްޓަރީ ވެސް ކުރި އެވެ. އެކަމަކު އެ ކްލަބް ކޮންގްރެސް އަށް ހާޒިރެއް ނުވެ އެވެ. އީގަލްސްއިން ކޮންގްރެސްގައި ބައިވެރިވާކަށް ވެސް ރަޖިސްޓަރީއެއް ނުކުރެ އެވެ.
އީގަލްސް އާއި ޔޫވީގެ އިތުރުން ގްރީން އާއި ސަސް އަދި ބުރު ސްޕޯޓްސް އަކީ ކުރިން އެއް ކޯލިޝަނެއްގައި ބަދަހިކޮށް އޮތް ފަސް ކްލަބެވެ. އެ ފަސް ކްލަބުން އެކުގައި އޮތީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ޓީމުގެ ގޮތުގަ އެވެ. އެ ފަސް ކްލަބްގެ ކޯލިޝަން މިހާރު އޮތީ ރޫޅިފަ އެވެ.
މިދިޔަ އަންގާރަ ދުވަހު ގްރީންއިން ވަނީ އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރަން އިއުލާންކޮށްފައިވާ އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) އަށް ތާއީދު ކުރާކަން އިއުލާން ކޮށްފަ އެވެ. އަދި މިއަދުގެ ކޮންގްރެސްގައި ވެސް ތޯރިގްގެ ޓީމާ އެކު އޮންނާނެކަން ވެސް އަންގާރަ ދުވަހުގެ ރޭ އާންމު ކުރި ސޯޝަލް މީޑިއާ ޕޯސްޓްގައި ގްރީންއިން ބުނެފައި ވެއެވެ.
ގްރީންގެ އިތުރުން ސަސް އާއި ބުރު ވެސް ވަނީ އަސާސީ ގަވާއިދު ފާސް ކުރަން ވޯޓް ދީފަ އެވެ.
ކުރިން ފުރަތަމަ ޑިވިޝަނުން ތޯރިގަށް ތާއީދު ކުރީ ތިން ކްލަބެވެ. އެއީ މާޒިޔާ، ވެލެންސިއާ އަދި ޓީސީ އެވެ. އެކަމަކު މިހާރު އޭނާ ވަނީ އެ ޑިވިޝަނުގެ މެޖޯރިޓީ ކްލަބްގެ ތާއީދު ހޯދާފަ އެވެ.
މިއަދު ފާސް ކުރި އަސާސީ ގަވާއިދުން އެ ޑިވިޝަނުގެ މެންބަރު ކްލަބްތަކުގެ އަދަދު ވަނީ 10 އަށް އިތުރުކޮށްފަ އެވެ. ކުރިން އެ ޑިވިޝަނުގެ މެންބަރު ކްލަބްތަކުގެ އަދަދަކީ އަށެކެވެ.
އާ އަސާސީ ގަވާއިދުން ދެވަނަ ޑިވިޝަނުގެ މެންބަރު ކްލަބްތަކުގެ އަދަދު ވަނީ 13 އަށް މަތިކޮށްފަ އެވެ. އެ ޑިވިޝަނުގައި އެފްއޭއެމްގެ މެންބަރުންގެ ގޮތުގައި ކުރިން އޮތީ 10 ކްލަބެވެ.
ތިންވަނަ ޑިވިޝަނަށް ނުވަތަ ޒޯންތަކަށް ވެސް އާ އަސާސީ ގަވާއިދުން ކޮންގްރެސް ތަމްސީލު ކުރާކަށް ދެން ފުރުސަތެއް ނުލިބޭނެ އެވެ.
އެފްއޭއެމްގެ އިންތިހާބު އަންނަ މަހު 26 އަށް
ޒޯން އުވާލައި ދެ ޑިވިޝަނުގެ ޓީމުތަކުގެ އަދަދު އިތުރު
އެފްއޭއެމްގެ އިންތިހާބުގެ މަސައްކަތް ކޮންގްރެސްއަށް ފަހު
އެފްއޭއެމްގެ ކޮންގްރެސް އަސާސީ ގަވައިދާ ހިލާފު: ޝާހް
ނުވަޒޯނަށް ކޮންގްރެސްގެ ޖާގަ ދޭންޖެހޭ: ސޭވް އެފްއޭއެމް
"ފީފާގެ އޮފިޝަލް އުޅުނީ ކޮންގްރެސް ބޭއްވިޔަނުދޭން"
ބޮއިކޮޓް ކުރި ޓީމުތައް ނުލައި ކޮމިޓީތައް ފާސްކޮށްފި
ފަސް ޓީމަކުން އެފްއޭއެމްގެ ކޮންގްރެސް ބޮއިކޮޓް ކޮށްފި
ޑިސިޕްލިނަރީ، އެޕީލްސް ކޮމިޓީ ހޮވުން މި މަހު 15ގައި
އެފްއޭއެމްގެ ކޮންގްރެސްއެއް އަންނަ މަހު