އެއްވަނަ ޑިވިޝަނުގެ ފަސް ކްލަބަކުން އެފްއޭއެމްގެ މިރޭ ކުރިއަށްގެން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޮއިކޮޓް ކޮށްފި އެވެ.
15 މާޗް 2025
އެއްވަނަ ޑިވިޝަނުގެ ފަސް ކްލަބަކުން އެފްއޭއެމްގެ މިރޭ ކުރިއަށްގެން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޮއިކޮޓް ކޮށްފި އެވެ.
ކޮންގްރެސް ބޮއިކޮޓް ކުރި ރާއްޖޭގެ ޓޮޕް ޑިވިޝަންގެ ކްލަބްތަކަކީ؛ ކްލަބް އީގަލްސް، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)، ގްރީން ސްޓްރީޓްސް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ބުރު ސްޕޯޓްސް އެވެ.
ފުރަތަމަ ޑިވިޝަނުގައި ވޯޓް ދެވޭ ކްލަބްތަކުގެ ތެރެއިން ކޮންގްރެސްގައި ބައިވެރި ވަނީ ވެލެންސިއާ އަދި މާޒިޔާ އަދި ޓީސީ އެވެ. އެވެ. އެ ޑިވިޝަނުގެ ކޮންމެ ކްލަބަކަށް ކޮންގްރެސްގައި ދެ ވޯޓް ދެވޭނެ އެވެ.
އެހެންވެ ޖުމުލަ 10 ވޯޓް ކޮންގްރެސްގައި ތަމްސީލު ނުކުރެ އެވެ. ކޮންގްރެސް ކޯރަމް ހަމަނުވި ނަމަވެސް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އަށް ވާހަކަ ދައްކަން ފުރުސަތު ދިނުމުގެ ގޮތުން ކޮންގްރެސް ފެށި އެވެ. އެކަމަކު ކޮންގްރެސްގެ އެޖެންޑާގައި ހުރި ކަންކަން ކުރިއަށް ގެންދެވޭނީ ކޯރަމް ހަމަވެގެންނެވެ.
ކޯރަމްގެ މައްސަލައެއް ކުރިމަތިވުމުން، ކޮންގްރެސް އަށް ހާޒިރުވި ސީބީއެލްއާ ގުޅޭ މައްސަލައެއް ހައްލު ކުރުމަށް ފަހު ކޯރަމް ހަމަވި ކަމަށް ކަނޑައަޅައި ގާތްގަނޑަކަށް 15 މިނެޓް ފަހުން އަލުން ކޮންގްރެސް ފެށި އެވެ.
އެފްއޭއެމްގެ ކޮންގްރެސް، އޮބްޒާވްކުރުމުގައި ބައިވެރިވާ ފީފާގެ އޮފިޝަލް އަހްމަދު ހައްރާޒު --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ކޮންގްރެސްގައި ބައިވެރިވި ފުރަތަމަ ޑިވިޝަނުގެ މާޒިޔާ އާއި ޓީސީ އަދި ވެލެންސިއާއަކީ، އެފްއޭއެމުން މީގެ ކުރިން ދެ ފަހަރަށް ބާއްވަން އުޅުނު އިންތިހާބުގައި ވާދަކުރެއްވި އަހްމަދު ތޯރިގް (ޓޮމް) އަށް ތާއީދު ކުރި ތިން ކްލަބެވެ.
މިރޭގެ ކޮންގްރެސް ބޮއިކޮޓް ކުރި ފުރަތަމަ ޑިވިޝަނުގެ ފަސް ކްލަބަކީ، އެ ދެފަހަރު އިންތިހާބުގެ ތެރެއިން ފުރަތަމަ ފަހަރު ޓޮމް އާ ވާދަކުރައްވަން ހުށަހެޅި އީގަލްސްގެ ސީއީއޯ އަދި އެފްއޭއެމްގެ އޭރުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު މުފާވިޒު ހާޝިމު (މުފާ) އާއި ދެވަނަ ފަހަރަށް އިއުލާން ކުރުމުން ކުރިމަތިލި އެފްއޭއެމްގެ އޭރުގެ ރައީސް ބައްސާމް އަދީލު ޖަލީލަށް ތާއީދު ކުރި ކްލަބްތަކެވެ.
މިރޭ ކުރިއަށްދާ ކޮންގްރެސް އަކީ އެފްއޭއެމްގެ ހިންގުމާ މިދިޔަ އަހަރު ފީފާއިން އައްޔަން ކުރި ނޯމަލައިޒޭޝަން ކޮމިޓީން ހަވާލުވި ފަހުން ބާއްވާ ފުރަތަމަ ކޮންގްރެސް އެވެ. ކޮންގްރެސްގެ އެޖެންޑާގައި ވަނީ ފިޔަވަޅު އަޅާ ކޮމިޓީ އާއި އިސްތިއުނާފް ކޮމިޓީ އަދި އެތިކްސް ކޮމިޓީ ހޮވަން ހިމަނައިފަ އެވެ. ދެން އެޖެންޑާގައި އޮތީ މިދިޔަ ދެ އަހަރުގެ އެފްއޭއެމްގެ މުއާމަލާތްތައް އޮޑިޓް ކުރާނެ އޮޑިޓް ފާމެއް ކަނޑައެޅުމެވެ.
ސާންތި އަބަދުވެސް ވިސްނީ ފުޓްބޯޅައިގެ އަންނަ ޖީލާ މެދު
ފީފާގެ ހުށަހެޅުމުން އެފްއޭއެމް ސޮއްސާލާނީ ފަހަތަށް
"ފީފާގެ އޮފިޝަލް އުޅުނީ ކޮންގްރެސް ބޭއްވިޔަނުދޭން"
ބޮއިކޮޓް ކުރި ޓީމުތައް ނުލައި ކޮމިޓީތައް ފާސްކޮށްފި
އެފްއޭއެމްގެ ކޮންގްރެސްއެއް އަންނަ މަހު
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
ފީފާއިން ކޮންގްރެސް ބަލައިނުގަންނާނެކަމުގެ އިޝާރާތް
އެފްއޭއެމް ކޮންގްރެސްގެ އިޖުރާއަތްތައް ފުރިހަމަނުވޭ
އެފްއޭއެމްގެ ކޮންގްރެސްގެ މުހިންމު ސެޝަން ސިއްރު
ކޮންގްރެސްގެ ދައުވަތު ވެލެންސިއާ އަށް ނުފޮނުވާ