އެފްއޭއެމްގެ ކޮންގްރެސް ބޮއިކޮޓް ކުރި އެއްވަނަ ޑިވިޝަނުގެ ފަސް ކްލަބެއް ނުލައި ކޯރަމް ހަމަކޮށް އެ އެސޯސިއޭޝަންގެ ކޮމިޓީތައް އެކުލަވާލައިފި އެވެ.
16 މާޗް 2025
އެފްއޭއެމްގެ ކޮންގްރެސް ބޮއިކޮޓް ކުރި އެއްވަނަ ޑިވިޝަނުގެ ފަސް ކްލަބެއް ނުލައި ކޯރަމް ހަމަކޮށް އެ އެސޯސިއޭޝަންގެ ކޮމިޓީތައް އެކުލަވާލައިފި އެވެ.
އެއްވަނަ ޑިވިޝަނުގެ ކްލަބް އީގަލްސް، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގްރީން ސްޓްރީޓް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބުރު ސްޕޯޓްސްއިން ކޮންގްރެސް ބޮއިކޮޓް ކުރި އެވެ. އެ ފަސް ކްލަބަކީ އެފްއޭއެމުން ކުރިން ދެ ފަހަރަށް ބާއްވަން އުޅުނު އިންތިހާބުގައި ފުރަތަމަ އިންތިހާބަށް ކުރިމަތިލި އީގަލްސްގެ ސީއީއޯ މުފާވިޒު ހާޝިމް އަދި ދެވަނަ ފަހަރަށް ބާއްވަން އުޅުނު އިންތިހާބުގައި އެ އެސޯސިއޭޝަނުގެ ކުރީގެ ރައިސް ބައްސާމް އަދީލް ޖަލީލަށް ތާއީދު ކުރި ފަސް ކްލަބެވެ.
އެއްވަނަ ޑިވިޝަނުގެ ކްލަބްތަކުގެ ތެރެއިން ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ ކްލަބްތަކުގެ ތެރެއިން ކޮންގްރެސްގައި ބައިވެރިވީ ކްލަބް ވެލެންސިއާ، މާޒިޔާ އަދި ޓީސީ އެވެ. އެ ތިން ކްލަބަކީ ދެ ފަހަރު ވެސް އިންތިހާބަށް ކުރިމަތިލެއްވި އަހްމަދު ތޯރިގް (ޓޮމް) އަށް ތާއީދު ކުރި ކްލަބްތަކެވެ.
ކްލަބް ޕީކޭއިން ކޮންގްރެސް ބޮއިކޮޓް ކުރާނެ ކަމަށް ކުރިން އަޑު ފެތުރިފައި އޮތެވެ. އެކަމަކު އެ ކްލަބުން ވަނީ ހެންވޭރި މީރުމާ ހޮޓެލްގައި ބޭއްވި ކޮންގްރެސް އަށް ހާޒިރު ވެފަ އެވެ.
ކޮންގްރެސްގައި މައިގަނޑު އޮތީ އެފްއޭއެމްގެ އެތެރޭގެ ކޮމިޓީތަކަށް މެންބަރުން ހޮވުމެވެ. އަދި އެފްއޭއެމްގެ މިދިޔަ ދެ އަހަރުގެ ހިސާބުތައް އޮޑިޓް ކުރާނެ އޮޑިޓް ފާމެއް ވެސް އައްޔަން ކުރުން ވެސް ހިމެނެ އެވެ.
އެފްއޭއެމްގެ ކޮންގްރެސް، ފުރަތަމަ ޑިވިޝަނުގެ ފަސް ކްލަބަކުން ބޮއިކޮޓް ކުރި ނަމަވެސް ކޯރަމް ހަމަވުމުން ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންދިޔަ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެޕީލްސް ކޮމިޓީގެ މެންބަރުން:
1. މުހައްމަދު ޝަފާޒް ވަޖީހް / މ.ހަޒާރުމާގެ، މާލެ.
2. އަހްމަދު ނާޒިމް މުހައްމަދު / އެފް.ޑަބްލިއު ރެސިޑެންސް / ހުޅުމާލެ’ މާލެ.
3. އަޒީނާ ޢަބްދުލް މަތީން / މ.މާފަރު / މާލެ.
4. އިސްމާއީލް ދާނިޝް / މ. ޝޭޑީ ކެބިން / މާލެ.
5. މުހައްމަދު ޒައީމް / މ. އީސްޓަން ލޭގޫން، މާލެ.
ޑިސިޕްލިނަރީ ކޮމިޓީގައި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް މުއްވިޒު ރަޝީދު ހިމެނިވަޑައިގަންނަވަ އެވެ.
ޑިސިޕްލިނަރީ ކޮމިޓީ:
1. މުއައްވިޒު ރަޝީދު / ގަޒީރާ، ގދ. ތިނަދޫ
2. މުޙައްމަދު ސަމާހް / ސަމަރ ޕެލަސް / ތ. ކަނޑޫދޫ
3. ހުސައިން ރަޝީދު / މ. އަދުންކޮޝީގެ، މާލެ.
4. އިސްމާއީލް ޒުމައިލް ރަޝީދު / މ. ފުޅަފި، މާލެ.
5. ބައްސާމް ރަޝީދު / ގ. ނޫ ބިނާ، މާލެ.
އެތިކްސް ކޮމީޓީ:
1. މުހައްމަދު އިބްރާހިމް / ކިއުޕިޑް، ޅ. ނައިފަރު
2. އުމަރު މަމްދޫހް، / ރީތިވިލި، ވިލިމާލެ، މާލެ.
3. އާއިޝަތު ރިއުޝާނާ / ޓޫލެޓް، ގދ. ތިނަދޫ.
އެފްއޭއެމް އޮޑިޓް ކުރަން ކުރިމަތިލީ ދެ އޮޑިޓް ފާމަކުންނެވެ. އެއީ މީގެ ކުރިން ވެސް އެ އެސޯސިއޭޝަންގެ އޮޑިޓްގެ މަސައްކަތް ކުރި އެމްއެޗްޕީއޭ އެވެ. އެ ފާމުން ހުށަހެޅީ 2023 ގެ އޮޑިޓް 62,640ރ. އަގަކަށް ކޮށްދިނުމަށެވެ. ދެން ކުރިމަތިލީ ޕްރޫޑެންޓް ޗާޓާޑްއިންނެވެ. އެ ފާމުން ހުށަހެޅީ 2023 އަދި 2024 ގެ އޮޑިޓްގެ މަސައްކަތް ޖުމުލަ 88,650ރ. އަގަކަށް ކޮށްދިނުމަށެވެ.
އެފްއޭއެމުން ބުނީ ދެ ޕްރަޕޯސަލް އަށް ބެލުމަށް ފަހު އެންމެ ރަނގަޅު ޕްރަޕޯސަލްއެއްގެ ގޮތުގައި ޕްރޫޑެންޓް ޗާޓާޑްގެ ޕްރަޕޯސަލް ޝޯޓްލިސްޓްކޮށް ނޯމަލައިޒޭޝަން ކޮމިޓީން އެ ނަން ކޮންގްރެސް އަށް ހުށަހެޅީ ކަމަށެވެ. ކޮންގްރެސްގައި ކްލަބްތަކުން އެ ފޯމަށް ރުހުން ދިނެވެ.
"ފީފާގެ އޮފިޝަލް އުޅުނީ ކޮންގްރެސް ބޭއްވިޔަނުދޭން"
އެފްއޭއެމްގެ ކޮންގްރެސްއެއް އަންނަ މަހު
"ބައިވެރިނުވީ އަމާޒެއް ނެތް މުބާރާތަކަށް ވާތީ"
ފީފާގެ ހުށަހެޅުމުން އެފްއޭއެމް ސޮއްސާލާނީ ފަހަތަށް
ފަސް ޓީމަކުން އެފްއޭއެމްގެ ކޮންގްރެސް ބޮއިކޮޓް ކޮށްފި
އެފްއޭގެ ގަވާއިދު އިސްލާހުކުރަން ފީފާއިން ކޮންފަރެންސެއް
ޑިސިޕްލިނަރީ، އެޕީލްސް ކޮމިޓީ ހޮވުން މި މަހު 15ގައި
ޕްރެޒިޑެންޓްސް ކަޕް ވާންޖެހޭނީ ޝަރަފުވެރި ތައްޓަކަށް
ފުޓްބޯޅަ ސީޒަން ފަށާ އާ ތާރީހަކީ އޭޕްރީލް އަށެއް
އެފްއޭއެމްގެ އާ ޗެއާމަނަކަށް ކުރީގެ ޕީޖީ މުއިއްޒު