07 މެއި 2021
އަހަރެއްހާ ދުވަހުގެ ތެރޭގައި ބޮޑު ތަރުހީބެއް ހޯދާފައިވާ ވޮއިސް ޗެޓް އެޕް ކުލަބްހައުސް އިން ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި އޯޑިއޯ ކޮންޓެންޓް ހަދަން ކްރިއޭޓަރުންނަށް ފުރުސަތު ހުޅުވާލައިފި އެވެ.
އަހަރެއްހާ ދުވަހުގެ ތެރޭގައި ބޮޑު ތަރުހީބެއް ހޯދާފައިވާ ވޮއިސް ޗެޓް އެޕް ކުލަބްހައުސް އިން ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި އޯޑިއޯ ކޮންޓެންޓް ހަދަން ކްރިއޭޓަރުންނަށް ފުރުސަތު ހުޅުވާލައިފި އެވެ.
ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމްގައި ބައިވެރިވާ ކްރިއޭޓަރުންނަށް ކްލަބް ހައުސް އިން މަހަކު 500 ޑޮލަރުގެ ބޯނަހަކާ އެކު، ކޮންޓެންޓް ތައްޔާރުކުރަން ބޭނުންވާ ސާމާނާ އެކު ބައެއް ޓެކްނިކަލް އެހީ ވެސް ދޭނެ އެވެ.
މި ޕްރޮގްރާމްގެ ދަށުން އިންޓަވިއުތަކާއި ތަފާތު އެކި އޯޑިއޯ ކޮންޓެންޓް ހެދުމުގެ ފުރުސަތު އޮންނާނެ އެވެ.
ކްލަބްހައުސް އިން ބުނި ގޮތުގައި މީގެ ތެރެއިން އެންމެ ރަނގަޅު އުފެއްދުންތައް ހަދާ ކްރިއޭޓަރުންނަށް ދިގު މުއްދަތަށް ކުލަބްހައުސްއާ ގުޅިގެން ކޮންޓެންޓް އުފެއްދުމުގެ ފުރުސަތު ވެސް ދޭނެ އެވެ. މި ޕްރޮގްރާމްގެ ހާއްސަ އެއް ސިފަ އަކީ ކްރިއޭޓަރުން އުފައްދާ ކޮންޓެންޓްގެ މިލްކުވެރިކަން ވެސް ކުލަބްހައުސް އިން އަތުނުލާކަމެވެ.
Consistent, high-quality shows are part of what makes Clubhouse so very unique. That’s why we launched the Creator First program, to support new creators w/ tools & resources to do what they do best!
— Clubhouse (@Clubhouse) May 5, 2021
Since the announcement in March, we’ve received thousands of submissions...?
"މީގެ މައިގަނޑު މަގުސަދަކީ ޝައުގުވެރި އުފެއްދުންތަކެއް ގެނެސްދީ ކްރިއޭޓަރުންނަށް ކުރިއަށްދާނެ ފުރުސަތުތަކެއް ހުޅުވައި ދިނުން،" ކްލަބްހައުސް އިން ބުންޏެވެ. "މިހާރު ވެސް މި ޕްރޮގްރާމަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުން."
މިއީ މިފަދަ ގޮތަކަށް މިދިޔަ އަހަރުގެ އެޕްރީލްގައި އުފަންވި ކުލަބްހައުސް އާންމުކޮށް ހުޅުވާލައިގެން ހިންގާ ފުރަތަމަ ޕްރޮގްރާމެވެ. އަލްފާ އެކްސްޕްލޮރޭޝަނުން ވުޖޫދަށް ގެނައި ކުލަބްހައުސްގެ ވެރިންނަކީ ޕޯލް ޑެވީސަނާއި ރޯހަން ސޭތެވެ.
މި ވަގުތު ހަމައެކަނި އައިއޯއެސްގައި ބޭނުންކުރެވޭ ކްލަބްހައުސްގެ އަގު މިހާރު 4 ބިލިއަން ޑޮލަރަށް އަރަ އެވެ. އަދި މި ޕްލެޓްފޯމް ވަރަށް އަވަހަށް އެންޑްރޮއިޑަށް ވެސް އަންނާނެ އެވެ. މިހާރު އޮތީ ޓެސްޓިން މަރުހަލާގަ އެވެ.
ސްޕޮޓިފައި އަށް ވެސް "ސްޓޯރީ" ގެންނަނީ
ޓިކްޓޮކުން ޔޫރަޕަށް 300 މިލިއަން ޑޮލަރުގެ ފަންޑެއް
ދެބެއިންގެ ބޯކޮށުން ބޮޑު އާޓަކަށް
ބައެއް މޮޑެލްތަކުގެ ފޯނުތަކަށް ވަޓްސްއެޕް ހުއްޓާލަނީ
ފޮޓޯ ނަގާ މީހުންނަށް ނެޓް ޖިއޯގެ ޝޯއެއް
އަސް އުފުލާ ވެހިކަލަކުން ޕިއްޒާގެ ކާމިޔާބު ވިޔަފާރިއެއް
ބަންސާލީ އަލަށް މިއުޒިކް އަލްބަމެއް ނެރެނީ
ޔޫޓިއުބް ޕާޓްނަ ޕްރޮގްރާމްގައި ދެ މިލިއަން މެމްބަރުން
އަދިތިޔާ ހޯސްޓްކުރުން ހުއްޓާލަނީ
އެންމެ މަގުބޫލު އިމޯޖީ އަކީ "ލޮލް"