Roadha Mihaaru
އަދަދު ދަށް ނުކުރެވޭ ނަމަ އޮތީ ދަތި ދުވަސްތަކެއް

ކޮވިޑް-19: އަދަދުތައް ދަށް ނުކުރެވޭ ނަމަ އޮތީ ދަތި ދުވަސްތަކެއް: މަބްރޫކް

05 މެއި 2021

ރާއްްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އާދަޔާ ހިލާފަށް މައްޗަށް ގޮސް، އަދަދު 600 އަށް މިހާރު އަރާފައިވާއިރު، އެ އަދަދު ދަށް ނުކުރެވޭ ނަމަ އުނދަގޫ ދުވަސްތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ސަރުކާރުން ރޭ ދީފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އާދަޔާ ހިލާފަށް މައްޗަށް ގޮސް، އަދަދު 600 އަށް މިހާރު އަރާފައިވާއިރު، އެ އަދަދު ދަށް ނުކުރެވޭ ނަމަ އުނދަގޫ ދުވަސްތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ސަރުކާރުން ރޭ ދީފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީީ) އިން ބޭއްވި މީޑިއާ ބްރީފިންގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ހޮސްޕިޓަލްތައް މިހާރު ވެސް ދަނީ ފުރެމުން ކަމަށާއި ކޮވިޑްގައި އެންމެ ހާލުބޮޑުވާ މީހުންނަށް ފަރުވާދޭ، ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް 11 މިހާރު ވެސް އެ ހާލަތަށް ގޮސްފައިވާ ކަމަށެވެ.

ކޮވިޑް ކޭސްތައް ދަށް ކުރެވޭތޯ މިހާރު އަޅަމުން އަންނަ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަން ފަށާނެ ކަމަށް ލަފާކުރެވެނީ ދެ ހަފުތާއެއްހާ ދުވަހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އަދަދުތައް މިހިރީ ހަމަ ވަރަށް މަތީގައި. އިތުރަށް އަޅުގަނޑުމެން މި ނަމްބަރުތައް ދަށަށް ނުގެންދެވިއްޖެ ނަމަ އަޅުގަނޑުމެންނަށް އުނދަގޫ ދުވަސްތަކެއް ކުރިމަތިވެގެން ހިނގައިދާނެ. އެހެންވީމާ އެކަމަށް އަޅުގަނޑުމެން ތައްޔާރުވާން ޖެހޭ،" ގިނަ ދުވަސްތަކަކަށް ފަހު ކޮވިޑްގެ މީޑިއާ ބްރީފިންތަކާ ދުރުގައި ހުންނެވުމަށް ފަހު، އެޗްއީއޯސީގެ ބްރީފިންތަކަށް އަލުން ނުކުންނަވަން ފެއްޓެވި މަބްރޫކް ވިދާޅުވި އެވެެ.

ރޭގެ މީޑިއާ ބްރީފިންގައި މަބްރޫކް ވާހަކަ ދައްކަވަނީ.

ރޭގެ މީޑިއާ ބްރީފިންގައި މަބްރޫކް ވާހަކަ ދައްކަވަނީ.

އޭނާ މިހެން ވިދާޅުވިއިރު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ވަނީ މީގެ ކުރިން ދުވަހަކު ވެސް މައްޗަށް ނުދާ ވަރަށް މައްޗަށް ގޮސްފަ އެވެ. އެގޮތުން އިއްޔެ އާއި މިއަދު ވެސް އެބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ހުރީ 500 އަށް ވުރެ މަތީގަ އެވެ.

ހެެލްތު ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމުކުރި މައުލޫމާތުގައިވާ ގޮތުން މިދިޔަ ހޯމަ ދުވަހުގެ ހަވީރު 6:00 އިން އިއްޔެގެ ހަވީރު 6:00 އަށް 4،552 މީހަކު ކޮވިޑަށް ޓެސްޓްކުރި އިރު އޭގެ ތެރެއިން 601 މީހަކު ވަނީ އެ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. އެއާއެކު ރާއްޖޭގައި ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 6،508 އެވެ. އެ ބަލީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާ މީހުންގެ އަދަދަކީ 181 އެވެ.

އެހެންވީމާ އަދަދުތައް މިހިރީ ހަމަ ވަރަށް މަތީގައި. އިތުރަށް އަޅުގަނޑުމެން މި ނަމްބަރުތައް ދަށަށް ނުގެންދެވިއްޖެ ނަމަ އަޅުގަނޑުމެންނަށް އުނދަގޫ ދުވަސްތަކެއް ކުރިމަތިވެގެން ހިނގައިދާނެ. އެހެންވީމާ އެކަމަށް އަޅުގަނޑުމެން ތައްޔާރުވާން ޖެހޭ،"---މަބްރޫކް

މިދިޔަ ދެ ދުވަހުގެ އަދަދުތަކަށް ބަލާއިރު، މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވެސް ދަނީ މަތިވަމުންނެވެ. އެންމެ ފަހުން މިދިޔަ ހޯމަ ދުވަހުގެ ހަވީރު 6:00 އިން އިއްޔެގެ ހަވީރު 6:00 އަށް މާލެ ސަރަހައްދުން ވަނީ 440 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. މިއީ ވެސް ރެކޯޑެކެވެ.

ހާލު ބޮޑުވާ މީހުން އިތުރުވެއްޖެ، ޖާގަ ދަނީ ފުލްވަމުން

ރޭގެ ބްރީފިންގައި އައިޖީއެމްއެޗްގެ ޑރ. މުހައްމަދު އަލީ ވިދާޅުވީ، ރާއްޖެ އަށް މިހާރު މިއުޅެނީ ކޮވިޑްގެ އާ ސާޖެއް އައިސްގެން ކަމަށާއި އެހެންވެ އެ ބަލީގައި ނާޒުކް ހާލަތަކަށް ދާ މީހުންގެ އަދަދު ވެސް އިތުރުވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި އެޑްމިޓް ކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު މީގެ ކުރިއާ އަޅާ ބަލާއިރު ނިސްބަތުން މަދު ވެފައި ވަނީ އެޑްމިޓް ކުރުމުގައި ބަލާ ކްރައިޓީރިއާ ބަދަލުކޮށްފައި ވާތީ އެވެ.

ކުރިން މީހުން އެޑްމިޓް ކުރުމުގައި ބަލާ އެއް ކަމަކީ ހެލިފެލިވެ އުޅެން އުނދަގޫ، ބަލި ހާލަތެއްގައިވާ މީހެއް ނަމަ މެދުމިންވަރަކަށް އަލާމާތް ހުރުމެވެ. އޭރުގައި އެ ހާލަތުގެ މީހުން ދިގު މުއްދަތަކަށް އެޑްމިޓް ކުރި ނަމަވެސް މިހާރު އެގޮތަށް އެޑްމިޓް ނުކުރާ ކަަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.

"އެހެންވީމާ ފުރަތަމަ ކަމަކަށް އެޑްމިޝަން އެމައުންޓް ދަށެކޭ ނުބުނެވޭނެ. މި ވަރަށް ކްރައިޓީރިއާ ދަށްކޮށްފައި އޮތް އިރުގައި ވެސް މި ވަނީ ވަރަށް އިތުރުވެފައި،" އޭނާ ވިދާޅުވި އެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ހަދާފައިވާ އައިސީޔޫގައި މިހާރު ވެސް ކޮވިޑް ބަލީގެ ނުވަ މީހަކު އެޑްމިޓްކޮށްފައިވާއިރު، އޭގެ ތެރެއިން ހަ މީހަކު އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ. ވެންޓިލޭޓަރަަށް ނުލާ އޮތް ތިން މީހުންގެ ތެރެެއިން އެކަކީ ޑޮކްޓަރު ވިދާޅުވިގޮތުގައި މާބަނޑު މީހެކެވެ.

"އެހެންވީމާ އެެއީ މިހާތަނަށް އަދި އަޅުގަނޑުމެނަށް ފެނިފައި ނުވާ ވަރަށް ހާލަތު ސީރިއަސް ވެފައިވާ މީހެއް،" އޭނާ ވިދާޅުވި އެވެ.

ޑޮކްޓަރު ވިދާޅުވީ ކޮވިޑްގައި ހާލު ބޮޑުވެ، ވެންޓިލޭޓަރަށްލާ މީހުން ވެންޓިލޭޓަރުގައި ބާއްވަން ޖެހޭނީ ކިހާ ދުވަހަކަށް ކަން ލަފާކުރަން ނޭނގޭ ކަމަށާއި ކުރީގެ ތަޖުރިބާ އިން އެނގިފައި ވަނީ ވަރަށް ގިނަ ދުވަހު ބާއްވަން ޖެހޭކަން ކަމަށެވެ.

"ގިނަ ބަލި މީހުންތަކެއް މިހާ ހަމައަށް ގޮސްފި ކަމުގައި ވާ ނަމަ އަޅުގަނޑުމެންގެ ކެޕޭސިޓީ އެކްސީޑްވެގެން ހިނގައިދާނެ،" ކަންބޮޑުވުމާއެކު، ޑރ. މުހައްމަދު އަލީ

ޑރ. މުހައްމަދު އަލީ ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ހަދާފައިވާ އައިސީޔޫގައި މިހާރު ވެސް ކޮވިޑް ބަލީގެ ނުވަ މީހަކު އެޑްމިޓްކޮށްފައިވާއިރު، އޭގެ ތެރެއިން ހަ މީހަކު އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ. ވެންޓިލޭޓަރަަށް ނުލާ އޮތް ތިން މީހުންގެ ތެރެެއިން އެކަކީ ޑޮކްޓަރު ވިދާޅުވިގޮތުގައި މާބަނޑު މީހެކެވެ.

އޭނާ ވިދާޅުވިގޮތުގައި، އެހެން ބަލިތަކާ ގުޅިގެން ވެންޓިލޭޓަރަށްލާ މީހުން ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ވެންޓިލޭޓަރުން ނެގި ނަމަވެސް ކޮވިޑްގެ ނިއުމޯނިއާ އެއާ ތަފާތެވެ.

ކޮވިޑް ބައްޔާ ގުޅިގެން ވެންޓިލޭޓަރަށްލާ މީހުން ބަލަހައްޓަން އެހެން ބަލިތަކުގެ މީހުންނަށް ވުރެ ތިން ގުނަ ހަތަރު ގުނަ އިތުރަށް ނަރުހުން ބޭނުންވާ ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ. ގިނަ އަދަދެއްގެ ބަލި މީހުން އެގޮތަށް ބަލަަހައްޓަން ޖެހިއްޖެ ނަމަ ވަސީލަތްތަތައް ހުސްވާނެ ކަމަށާއި އިންޑިއާ އިން އެ ފެނުނީ އޭގެ މިސާލެއް ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި އާ ފިޔަވަޅުތަކެއް މިއަދުން ފެށިގެން އަޅާނެ އެވެ. އެގޮތުން މިހާރު އިލާނުކޮށްފައިވާ ފިޔަވަޅުތަކުގެ އިތުރުން ވެސް ފިޔަވަޅުތައް ތައާރަފު ކުރުމާ މެދު މަޝްވަރާތައް އަންނަނީ ކުރަމުންނެވެ.