Roadha Mihaaru
އޭދަފުށިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 99 އަކަށް

އޭދަފުށިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 99 އަކަށް

26 އެޕްރީލް 2021

ބ. އޭދަފުށިން ކޮވިޑް-19 އަށް އިތުރު 28 މީހަކު ޕޮޒިޓިވްވެ، އެ ރަށުން ބަލި ޖެހުނު މީހުންގެ އަދަދު 99 އަށް އަރައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ބ. އޭދަފުށިން ކޮވިޑް-19 އަށް އިތުރު 28 މީހަކު ޕޮޒިޓިވްވެ، އެ ރަށުން ބަލި ޖެހުނު މީހުންގެ އަދަދު 99 އަށް އަރައިފި އެވެ.

ކޮވިޑްގެ އަލާމާތް ހުރެގެން އޭދަފުށީ ފްލޫ ކްލިނިކަށް ދެއްކި އަންހެނަކު ޕޮޒިޓިވްވެ، އެރަށަށް އަރައިފޭބުން މަނާކުރީ މިމަހުގެ 19 ވަނަ ދުވަހު އެވެ. އޭގެ ފަހުން ވެސް ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވެފައިވެ އެވެ.

އޭދަފުށިން މިހާތަނަށް 825 ސާމްޕަލް ނަގާފައިވާއިރު އޭގެ ތެރެއިން 99 ސާމްޕަލެއް ޕޮޒިޓިވްވެފައިވެ އެވެ. އަދި ނަތީޖާ ނުލިބޭ 171 ސާމްޕަލެއް އެބަ އުޅެ އެވެ.

ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި އޮތަސް، އޭދަފުށީގެ ކޮވިޑްގެ ކޭސްތައް ގާތްގަނޑަކަށް 100 އަށް އަރާފައިވާ އިރު އއ. މަތިވެރީގެ ކޮވިޑްގެ ކޭސްތަކުގެ އަދަދު ވެސް ވަނީ 100 އިން މައްޗަށް ގޮސްފަ އެވެ. މި ދެރަށަކީ މިވަގުތު އެކްޓިވް ކޭސްތައް އެންމެ ގިނަ ދެ ރަށެވެ.

މަތިވެރި އާއި އޭދަފުށީގެ އިތުރުން ވެސް ވިއްސަކަށް ރަށް މި ވަގުތު އޮތީ އަރައިފޭބުން މަނާކޮށްފަ އެވެ.