21 އެޕްރީލް 2021
އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލުގެ ކަށީގެ ޑޮކްޓަރު ހިމެނޭ ގޮތަށް، ޖުމްލަ ހަތް މީހަކު އޭދަފުށިން ޕޮޒިޓިވްވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލުގެ ކަށީގެ ޑޮކްޓަރު ހިމެނޭ ގޮތަށް، ޖުމްލަ ހަތް މީހަކު އޭދަފުށިން ޕޮޒިޓިވްވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
ކޮވިޑްގެ އަލާމާތް ހުރެގެން އޭދަފުށީ ފްލޫ ކްލިނިކަށް ދެއްކި އަންހެނަކު ކޮވިޑަށް ޕޮޒިޓިވްވީ މި މަހުގެ 19 ވަނަ ދުވަހު އެވެ. އެއާ އެކު ރަށަށް އަރައިފޭބުން މަނާކޮށްފައި ވަނިކޮށް، ހަމަ އެ ދުވަހު ފްލޫ ކްލިނިކަށް ދެއްކި ފިރިހެނަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.
ބ. އަތޮޅު ހޮސްޕިޓަލުގެ ސީނިއާ ހެލްތު އޮފިސަރު ސިދްގީ އަބްދުﷲ "މިހާރު" އަށް ވިދާޅުވީ ފްލޫ ކްލިނިކަށް ދެއްކި ދެ މީހުންނާ ކޮންޓެކްޓްވި މީހުންގެ ތެރެއިން ހަތަރު މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އޭގެ ފަހުން، ރަށުގެ ކަށީގެ ޑޮކްޓަރު ވެސް ކޮވިޑަށް ޕޮޒިޓިވްވެ، ހޮސްޕިޓަލުގެ ހުރިހާ ސްޓާފުންގެ ސާމްޕަލް ނަގާފައިވާ ކަމަށް ސިދްގީ ވިދާޅުވި އެވެ. އެކަމަކު ރަށުގައި ތިބި އެހެން ޑޮކްޓަރުން ބައްޔަށް ނެގެޓިވް ކަމަށާއި އިތުރު މީހުންގެ ސާމްޕަލްގެ ނަތީޖާ ނުލިބޭ ކަމަށް ވެސް ސިދްގީ ވިދާޅުވި އެވެ.
އެ ރަށުގައި މިހާރު ވެސް ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެކަމަކު ނަތީޖާ ލިބުނު އެހެން ސާމްޕަލެއް އަދި ޕޮޒިޓިވްއެއް ނުވެ އެވެ.
ސިދްގީ ވިދާޅުވި ގޮތުގައި، ރަށަށް އަރައިފޭބުން މަނާކުރުމާ އެކު ޒަރޫރީ ބޭނުންތަކަށް ނޫން ގޮތަކަށް ބޭރަށް ނިކުމެ އުޅުން ވެސް ވަނީ މަނާކޮށްފަ އެވެ.
އޭނާ ވިދާޅުވީ، ހޮސްޕިޓަލުގެ ހިދުމަތްތައް ވެސް ދެމުން އަންނަނީ މިހާރު އޮންލައިންކޮށް ކަމަށެވެ. އެކަމަކު އިމަޖަންސީ ހާލަތްތަކުގައި ހޮސްޕިޓަލުން ހިދުމަތް ދެމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
އޭދަފުއްޓަކީ އެ ސަރަހައްދުގެ މައި ރަށެވެ. އެކަމަކު ރަށަށް އަރައިފޭބުން މަނާ ވިޔަސް، ރަށްރަށަށް ބޭނުންވާ ވިޔަފާރި މުދާ ދަތި ނުވެ ފޯރުކޮށްދެވޭނެ ކަމަށް ކުރިން ކައުންސިލުން ބުނެފައިވެ އެވެ.
މީގެ ކުރިން ހޯމް ކަރަންޓީނުގައި ތިބި ބައެއް މީހުން ވެސް އޭދަފުށިން ޕޮޒިޓިވްވެފައިވެ އެވެ. އެކަމަކު، މިއީ ކޮވިޑާ ގުޅިގެން އޭދަފުއްޓަށް އަރައިފޭބުން މަނާކުރި ފުރަތަމަ ފަހަރެވެ.
5 އަހަރުން މަތީގެ ކުދިންނަށް ކޮވިޑް ވެކްސިން ފަށައިފި
ކޮވިޑް ވެކްސިންގެ ހަތަރުވަނަ ޑޯޒު ދޭން ފަށަނީ
އީދު ބަންދަށް ވެކްސިން ސެންޓަރުތައް ބަންދުވާނެ
ދުވަސްވީ މީހުންނަށް ކޮވިޑުގެ ހަތަރު ވަނަ ޑޯޒު ދެނީ
ގޭގެއަށް ގޮސް ކޮވިޑް ވެކްސިން ޖަހައިދޭން ފަށައިފި
ކޮވިޑް ބޫސްޓާ ޑޯޒް ޖެހުން މަޖުބޫރު
ވެކްސިނަށް ފަހު ކަސްރަތު މަޑުޖައްސާލުން ރަނގަޅު
ބޫސްޓަޑޯޒް ނުޖަހާ ނަމަ ކަރަންޓީކުރަން މަޝްވަރާކުރަނީ
އުމުރުން 5-11 އަހަރުގެ ކުދިންނަށް ވެކްސިން ދެނީ
މާލެ ފިޔަވައި ކޭސްތައް ގިނައީ އައްޑު އާއި ތިނަދޫގައި