23 އެޕްރީލް 2021
މިލާން (23 އޭޕްރީލް) - އޭސީ މިލާންގެ ތަޖުރިބާކާރު ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗް އިތުރު އެއް އަހަރަށް މިލާންގައި މަޑު ކުރަން އެއްބަސްވެ ކޮންޓްރެކްޓް އާކޮށްފި އެވެ.
މިލާން (23 އޭޕްރީލް) - އޭސީ މިލާންގެ ތަޖުރިބާކާރު ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗް އިތުރު އެއް އަހަރަށް މިލާންގައި މަޑު ކުރަން އެއްބަސްވެ ކޮންޓްރެކްޓް އާކޮށްފި އެވެ.
އިބްރަހިމޮވިޗާއެކު ކުރިން މިލާންއިން ހެދި ކޮންޓްރެކްޓް ހަމަވާން އޮތީ މި ސީޒަންގެ ނިޔަލަށެވެ. އޮކްޓޯބަރުގައި 40 އަހަރު ފުރޭ އިބްރަހިމޮވިޗްގެ މިހާރުގެ ކޮންޓްރެކްޓް ހަމަ ވާނީ އަންނަ އަހަރު ޖޫން މަހު އެވެ. މާނަ އަކީ 40 އިން މައްޗަށް ދިޔަޔަސް ޔޫރަޕްގެ ޓޮޕް ލީގެއްގައި އޭނާ ދެމިހުންނާނެއެވެ.
ގައުމީ ޓީމުން ރިޓާޔާ ކުރިތާ ފަސް އަހަރުފަހުން، މިދިޔަ މަހު އަލުން ގައުމީ ޓީމަށް ކުޅެން ފެށި ސްވިޑެންގެ ފޯވަޑް ވަނީ މީގެ ކުރިން 2010-2012 އަށް މިލާންއަށް ކުޅެފަ އެވެ.
އެމެރިކާގެ އެލްއޭ ގެލެކްސީއަށް ކުޅުމަށް ފަހު ދެ ވަނަ ފަހަރަށް އެނބުރި ސެންސީރޯއަށް އިބްރަހިމޮވިޗް ބަދަލުވީ، ހިލޭ ޓްރާންސްފާއެއްގައި ޑިސެމްބަރު 2019 ގަ އެވެ. އެނބުރި މިލާނަށް ބަދަލުވެ މިއަހަރުގެ ޔޫރޮޕާ ލީގުން މިލާނަށް ފުރުސަތު ހޯދައި ދިނުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
އޭނާ ވެފައި ވަނީ އެއް ސީޒަންގެ ލީގުގައި 10 ގޯލް ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާ އަށެވެ. މި ސީޒަންގައިވެސް މިހާތަނަށް 17 ލަނޑު ވަނީ ޖަހައިފަ އެވެ. އަދި ލީގުގެ ދެ ވަނައިގައި އޮވެ ވާދަ ވެރި އިންޓަ މިލާންގެ ފަަހަތުން މިލާން ވާދަ ކުރަމުން ދާއިރު މިލާންގެ ގޭމްގައި އެންމެ މުހިންމު ކުޅުންތެރިޔަކީ އޭނާ އެވެ.
ފެބްރުއަރީ މަހު އިބްރަހިމޮވިޗް ވަނީ ކެރިއާގެ 500 ލަނޑު ހަމަކޮށްފަ އެވެ. އެކްޓިވް ކުޅުންތެރިންގެ ތެރެއިން 500 ލަނޑަށް ވުރެ އިތުރަށް ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓްގައި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނެލް މެސީގެ ފަހަތުން އޭނާ ވަނީ ތިން ވަނަ ހޯދައިފަ އެވެ.
އަސަރާ އެކު އިބްރަހިމޮވިޗް ފުޓްބޯޅައާ ދުރަށް
އަނިޔާވެ އިބްރަހިމޮވިޗުގެ ކެރިއަރު ނިމުމަކާ ގާތަށް
މިލާނަށް ނާކާމިޔާބު، އެކަމަކު އިބްރަހިމޮވިޗް ރެކޯޑެއް
"10 މިނެޓު ކުޅެން ޖެހޭ ނަމަ ހުންނާނީ ގޭގައި"
އިބްރަހިމޮވިޗް މިލާނާއެކު ކޮންޓްރެކްޓް އާކުރަނީ: ރިޕޯޓް
40 އަހަރުގައި ކަކުލުގެ އަނިޔާއާއެކުވެސް ޗެމްޕިއަނަކަށް
އިބްރަހިމޮވިޗުގެ ރީތިގޯލުން އޭސީ މިލާން ސަލާމަތްކޮށްދީފި
ބޮލޯނިއާ ބަލިކުރިއިރު އިބްރަހިމޮވި ދެ ޓީމަށް ގޯލު ޖެހި
ޖިރޫ މިލާންއާ ގުޅޭނެ، ޑޮނަރުއްމާ ނެތުމަކީ ދެރަ ކަމެއް
މިލާންގެ މާޗްމަހު މުސާރަ ނުނަގަން މަންޒޫކިޗް ނިންމައިފި