19 މާޗް 2023
އުދިނޭޒީ އަތުން 3-1 އިން ބަލިވެ، އިޓާލިއަން ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުމުގެ މަސައްކަތުގައި އޭސީ މިލާނަށް އިތުރު ގޮންޖެހުމަކާ ރޭ ކުރިމަތިވި މެޗުގައި، ލަނޑު ޖަހައި އެ ޓީމުގެ ޒަލަޓާން އިބްރަހިމޮވިޗް، ލީގުގައި ގޯލެއް ޖެހި އެންމެ ދޮށީ ކުޅުންތެރިޔާގެ ރެކޯޑް ހަދައިފި އެވެ.
އުދިނޭޒީ އަތުން 3-1 އިން ބަލިވެ، އިޓާލިއަން ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުމުގެ މަސައްކަތުގައި އޭސީ މިލާނަށް އިތުރު ގޮންޖެހުމަކާ ރޭ ކުރިމަތިވި މެޗުގައި، ލަނޑު ޖަހައި އެ ޓީމުގެ ޒަލަޓާން އިބްރަހިމޮވިޗް، ލީގުގައި ގޯލެއް ޖެހި އެންމެ ދޮށީ ކުޅުންތެރިޔާގެ ރެކޯޑް ހަދައިފި އެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅެއް ނުލިބޭ މިލާން އޮތީ 48 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. އެކަމަކު ފަސް ވަނައިގައި 47 ޕޮއިންޓާ އެކު އޮތް ރޯމާ މިރޭ ލާޒިއޯ އަތުން މޮޅުވެއްޖެ ނަމަ މިލާނަށް އެ މަގާމް ގެއްލޭނެ އެވެ.
އަނެއްކޮޅުން ދެ ވަނައިގައި 50 ޕޮއިންޓާ އެކު އޮތް އިންޓަ މިލާނާއި 49 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތް ލާޒިއޯ އަށް ވެސް މިލާނާ ތަފާތު ބޮޑުކުރުމުގެ ފުރުސަތު އެބައޮތެވެ. އެއް ވަނައިގައި 68 ޕޮއިންޓާ އެކު އޮތީ ނަޕޯލީ އެވެ.
އުދިނޭޒީގެ ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގެ ނުވަ ވަނަ މިނެޓުގައި ރޮބާޓޯ ޕެރޭރާގެ ލަނޑުން އެ ޓީމު ކުރި ހޯދި އެވެ. މިލާނަށް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެއްވަރުކޮށްދިނީ ޕެނަލްޓީއަކުން އިބްރަހިމޮވިޗެވެ. އެކަމަކު އޭގެ މިނެޓެއް ފަހުން ބެޓޯ ވަނީ އުދިނޭޒީ އަށް އަލުން ލީޑު ނަގައިދީފަ އެވެ. އުދިނޭޒީގެ ތިން ވަނަ ލަނޑު 70 ވަނަ މިނެޓުގައި ޖެހީ ކިންގްސްލީ އެވެ.
ލީގުގައި ލަނޑެއް ޖެހި އެންމެ އުމުރުންދުވަސްވީ ކުޅުންތެރިޔާގެ ރެކޯޑް އިބްރަހިމޮވިޗް މި ހެދީ އުމުރުން 41 އަހަރުގަ އެވެ. ކުރިން މި ރެކޯޑް 2007 ގައި އުދިނޭޒީ ކޮޅަށް ލަނޑު ޖެހި މިލާނުގެ އޭރުގެ ޑިފެންޑަރު ބިލީ ކޮސްކަކޫޓާ އަތުގަ އެވެ. އިބްރަހިމޮޮވިޗަށް ވުރެ އޭނާ ހަގީ ހަތަރު މަހެވެ.
މިދިޔަ މޭ މަހު ކުރި ކަކުލުގެ އޮޕަރޭޝަނަކަށް ފަހު ފާދި ފަހުން ކުޅެން ނުކުމެ ފުރަތަމަ އެގާރައިގައި ހިމެނިގެން އިބްރަހިމޮވިޗް ކުޅުނު ފުރަތަމަ މެޗުގައި އޭނާ ވަނީ ކެޕްޓަން ބޭންޑް އަޅައިފަ އެވެ. އެއާ އެކު އޭނާ ވެފައިވަނީ މިލާނުގެ ކެޕްޓަންކަން ކުރި އެންމެ ދުވަސްވީ ކުޅުންތެރިޔާ އަށެވެ.
"10 މިނެޓު ކުޅެން ޖެހޭ ނަމަ ހުންނާނީ ގޭގައި"
އިބްރަހިމޮވިޗުގެ ދެ ގޯލުން މިލާން އަލުން އެއް ވަނަ އަށް
އިބްރަހިމޮވިޗް ދެ ގޯލް، މިލާން-ރޯމާ އެއްވަރު
އިބްރަހިމޮވިޗުގެ ދެ ގޯލުން މިލާނުން އިންޓަ ބަލިކޮށްފި
ރޮނާލްޑޯ އަށް ހެޓްރިކެއް، އިންޓަ ލީގުގެ ކުރީގައި
މިލާން އަތުން ފިއޮރެންޓީނާ މޮޅުކޮށްދިނީ ޑެހެއާ
ހަ މެޗަށް ފަހު އިންޓަގެ މައްޗަށް މިލާން ކުރި ހޯދައިފި
އިންޓަ އަތުން ވިދިވިދިގެން ފަސް މެޗުން މިލާން ބަލި
އަނިޔާވެ އިބްރަހިމޮވިޗުގެ ކެރިއަރު ނިމުމަކާ ގާތަށް
ނަޕޯލީ އަތުން މިލާނަށް ބޮޑު މޮޅެއް