23 ނޮވެމްބަރ 2020
ނޭޕްލްސް (ނޮވެމްބަރު 23) – ޒަލަޓާން އިބްރަހިމޮވިޗުގެ ދެ ގޯލާ އެކު ނަޕޯލީގެ ދަނޑުގައި އެ ޓީމު 3-1 އިން ބަލިކޮށް އޭސީ މިލާނުން އިޓާލިއަން ލީގުގެ އެއް ވަނަ އަށް އަލުން އަރައިފި އެވެ.
ނޭޕްލްސް (ނޮވެމްބަރު 23) – ޒަލަޓާން އިބްރަހިމޮވިޗުގެ ދެ ގޯލާ އެކު ނަޕޯލީގެ ދަނޑުގައި އެ ޓީމު 3-1 އިން ބަލިކޮށް އޭސީ މިލާނުން އިޓާލިއަން ލީގުގެ އެއް ވަނަ އަށް އަލުން އަރައިފި އެވެ.
މިއީ މިލާނަށް ލީގުގައި ނަޕޯލީ އަތުން އެ ޓީމުގެ ދަނޑުގައި 10 އަހަރަށް ފަހު މޮޅުވި ފުރަތަމަ ފަހަރެވެ.
ރޭ ހެލަސް ވެރޯނާ އަތުން 2-0 އިން ސަސުއޮލޯ މޮޅުވުމުން އެ ޓީމު ވަގުތީ ގޮތުން އެއް ވަނަ އަށް އެރި އެވެ. މިލާން އަލުން އެއް ވަނަ މަގާމަށް އެރީ 20 ޕޮއިންޓާ އެކު އެވެ. ސަސުއޮލޯ ދެ ވަނައިގައި އޮތީ 18 ޕޮއިންޓާ އެކު އެވެ. އަދި ރޭ ޕާމާ އަތުން 3-0 އިން މޮޅުވެ ރޯމާ ވަނީ 17 ޕޮއިންޓާ އެކު ތިން ވަނަ އަށް އަރައިފަ އެވެ. ތާވަލުގެ ހަތަރު ވަނައިގައި އޮތީ 16 ޕޮއިންޓާ އެކު ޔުވެންޓަސް އެވެ. ތާވަލުގެ ފަސް ވަނައިގައި 15 ޕޮއިންޓާ އެކު އޮތީ ރޭ ޓޮރިނޯ އަތުން ފަހަތުން އަރައި 4-2 އިން މޮޅުވި އިންޓަ މިލާނެވެ. ނަޕޯލީ އޮތީ 14 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ.
ނޭޕްލްސްގެ ސްޓޭޑިއޯ ސެން ޕައޮލޯގައި ކުޅުނު މެޗު ފަށައިގެން މިލާނުން ރަނގަޅަށް ކުޅެ އިބްރަހިމޮވިޗުގެ ގޯލުން 20 ވަނަ މިނެޓުގައި ލީޑު ނެގި އެވެ.
ތެއޯ ހެނާންޑޭޒް ނެގި ހުރަސް އިބްރަހިމޮވިޗް ބޮލުން ގޯލަށް ވައްދާލީ ނަޕޯލީގެ އިތުބާރު ޑިފެންޑަރު ކަލިދޫ ކުލިބާލީ ކައިރިން އަރަ އެވެ. މިލާނުގެ ގޯލާ އެކު ނަޕޯލީން ކުޅުން ރަނގަޅުކޮށް ކޮންޓްރޯލް ނެގި އެވެ. އެކަމަކު 54 ވަނަ މިނެޓުގައި އިބްރަހިމޮވިޗް ދެ ވަނަ ގޯލެއް ޖެހި އެވެ. އޭގެ ފަހުން 63 ވަނަ މިނެޓުގައި ނަޕޯލީ އަށް އުއްމީދެއް ގެނެސްދިނީ ޑްރިއެސް މާޓިންސްގެ ގޯލުންނެވެ. އެކަމަކު 65 ވަނަ މިނެޓުގައި ނަޕޯލީގެ ޓިމެޔޯ ބަޔަޔޯކޯ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑެއް ދެއްކުމުން އެ ޓީމަށް އުނދަގޫވި އެވެ. އެއާ އެކު އަނެއްކާ ވެސް މިލާނަށް ކޮންޓްރޯލް ލިބި، އިތުރު ވަގުތުގެ ތެރޭ ބަދަލު ކުޅުންތެރިޔާ ޖޭންސް ޕެޓާ ހޯގް ތިން ވަނަ ގޯލް ޖެހި އެވެ.
މެޗުގެ ފަހުބައިގައި އިބްރަހިމޮވިޗުގެ ފަލަމަސްގަނޑަށް އަނިޔާވެގެން ބާލަން ޖެހުނެވެ. ރޭގެ ދެ ލަނޑާ އެކު އުމުރުން 39 އަހަރުގެ ކުޅުންތެރިޔާ މި ވަނީ މި ސީޒަނުގައި 10 މެޗުން 11 ގޯލް ޖަހައިފަ އެވެ.
މިލާނަށް ނާކާމިޔާބު، އެކަމަކު އިބްރަހިމޮވިޗް ރެކޯޑެއް
"10 މިނެޓު ކުޅެން ޖެހޭ ނަމަ ހުންނާނީ ގޭގައި"
އިބްރަހިމޮވިޗް ދެ ގޯލް، މިލާން-ރޯމާ އެއްވަރު
އިބްރަހިމޮވިޗުގެ ދެ ގޯލުން މިލާނުން އިންޓަ ބަލިކޮށްފި
ރޮނާލްޑޯ އަށް ހެޓްރިކެއް، އިންޓަ ލީގުގެ ކުރީގައި
މިލާން އަތުން ފިއޮރެންޓީނާ މޮޅުކޮށްދިނީ ޑެހެއާ
ހަ މެޗަށް ފަހު އިންޓަގެ މައްޗަށް މިލާން ކުރި ހޯދައިފި
އިންޓަ އަތުން ވިދިވިދިގެން ފަސް މެޗުން މިލާން ބަލި
އަނިޔާވެ އިބްރަހިމޮވިޗުގެ ކެރިއަރު ނިމުމަކާ ގާތަށް
ނަޕޯލީ އަތުން މިލާނަށް ބޮޑު މޮޅެއް