27 އޮކްޓޯބަރ 2020
މިލާން (އޮކްޓޫބަރު 27) – އޭސީ މިލާނުގެ ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް ދެ ގޯލް ޖެހި ނަމަވެސް ރޭ އެ ޓީމާ ރޯމާ ކުޅުނު މެޗު 3-3 އިން އެއްވަރުވެއްޖެ އެވެ.
މިލާން (އޮކްޓޫބަރު 27) – އޭސީ މިލާނުގެ ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް ދެ ގޯލް ޖެހި ނަމަވެސް ރޭ އެ ޓީމާ ރޯމާ ކުޅުނު މެޗު 3-3 އިން އެއްވަރުވެއްޖެ އެވެ.
މިއީ އާ ސީޒަނުގައި މިލާން ކުޅުނު ނުވަ މެޗުގެ ތެރެއިން މޮޅެއް ނުލިބި ނިންމާލި ފުރަތަމަ މެޗެވެ. އެކަމަކު ރޭގެ މެޗާ އެކު އެ ޓީމު ވަނީ ބަލިނުވެ 26 މެޗު ފުރިހަމަކޮށްފަ އެވެ.
މި މެޗުން ލިބުނު ޕޮއިންޓާ އެކު މިލާން ތާވަލުގެ އެއް ވަނައިގައި އޮތީ 13 ޕޮއިންޓާ އެކު އެވެ. އެންމެ ގާތުގައި އޮތީ 11 ޕޮއިންޓް ހޯދާފައިވާ ނަޕޯލީ އެވެ. ރޯމާ އޮތީ އަށް ޕޮއިންޓާ އެކު ނުވަ ވަނައިގަ އެވެ. ޗެމްޕިއަން ޔުވެންޓަސް އޮތީ ނުވަ ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.
ސެން ސީރޯގައި ރޭގެ މެޗަށް މިލާން ނުކުތީ ކޮވިޑަށް ޕޮޒިޓިވްވެފައިވާ އެއް ވަނަ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ ނެތި އެވެ. މެޗުގެ ދެ ވަނަ މިނެޓުގައި އިބްރަހިމޮވިޗް މިލާނަށް ކުރި ހޯދައިދިނެވެ. ރޯމާ އަށް އެއްވަރުކޮށްދިނީ 14 ވަނަ މިނެޓުގައި އެޑިން ޖެކޯ އެވެ. މިލާނަށް އަލުން ލީޑު ނަގައިދިނީ ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި އެލެކްސިސް ސައެލެމައެކާސް އެވެ.
ރޯމާ އިން ދެ ވަނަ ފަހަރަށް އެއްވަރުކުރީ 71 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޖޯޑަން ވެރެޓޫ އެވެ. އޭގެ އަށް މިނެޓު ފަހުން މިލާނުން އަލުން ލީޑު ނެގީ އިބްރަހިމޮވިޗް ކާމިޔާބުކުރި ޕެނަލްޓީންނެވެ. މި ދެ ޕެނަލްޓީއާ މެދު ވެސް ސުވާލު އުފެދުނެވެ. އެކަމަކު ރެފްރީ ވީއޭއާރް އިން އިތުރަކަށް ނުބަލަ އެވެ. ރޯމާ އަށް ތިން ވަނަ ފަހަރަށް އެއްވަރުކޮށްދިނީ 84 ވަނަ މިނެޓުގައި މަރަޝް ކުމްބުލާ އެވެ.
އުމުރުން 39 އަހަރުގެ އިބްރަހިމޮވިޗް ވަނީ މި ސީޒަނުގައި އޭނާ އިޓާލިއަން ލީގުގައި ކުޅުނު ތިން މެޗުގައި ވެސް، ކޮންމެ މެޗެއްގައި ދެ ގޯލް ޖަހައިފަ އެވެ. މި ސީޒަނުގައި ޖުމްލަ ހަތް ގޯލް ވަނީ ޖަހައިފަ އެވެ.
މިލާނަށް ނާކާމިޔާބު، އެކަމަކު އިބްރަހިމޮވިޗް ރެކޯޑެއް
"10 މިނެޓު ކުޅެން ޖެހޭ ނަމަ ހުންނާނީ ގޭގައި"
އިބްރަހިމޮވިޗުގެ ދެ ގޯލުން މިލާން އަލުން އެއް ވަނަ އަށް
އިބްރަހިމޮވިޗުގެ ދެ ގޯލުން މިލާނުން އިންޓަ ބަލިކޮށްފި
ރޮނާލްޑޯ އަށް ހެޓްރިކެއް، އިންޓަ ލީގުގެ ކުރީގައި
މިލާން އަތުން ފިއޮރެންޓީނާ މޮޅުކޮށްދިނީ ޑެހެއާ
ހަ މެޗަށް ފަހު އިންޓަގެ މައްޗަށް މިލާން ކުރި ހޯދައިފި
އިންޓަ އަތުން ވިދިވިދިގެން ފަސް މެޗުން މިލާން ބަލި
އަނިޔާވެ އިބްރަހިމޮވިޗުގެ ކެރިއަރު ނިމުމަކާ ގާތަށް
ނަޕޯލީ އަތުން މިލާނަށް ބޮޑު މޮޅެއް