Roadha Mihaaru
ފުރައްސާރައާ ދެކޮޅަށް އިންސްޓަގްރާމަށް އާ ޓޫލެއް

ފުރައްސާރައާ ދެކޮޅަށް އިންސްޓަގްރާމަށް އާ ޓޫލެއް ގެންނަނީ

22 އެޕްރީލް 2021

އިންސްޓަގްރާމުން ފޮނުވާ ޑައިރެކްޓް މެސެޖްތަކުގައި ހުންނަ ފުރައްސާރައިގެ ބަސްތަކާއި އިބާރާތްތަކާއި އެފަދަ އިމޯޖީތައް ފިލްޓަކުރެވޭ ޓޫލްއެއް ބޭނުންކުރަން ފަށަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންސްޓަގްރާމުން ފޮނުވާ ޑައިރެކްޓް މެސެޖްތަކުގައި ހުންނަ ފުރައްސާރައިގެ ބަސްތަކާއި އިބާރާތްތަކާއި އެފަދަ އިމޯޖީތައް ފިލްޓަކުރެވޭ ޓޫލްއެއް ބޭނުންކުރަން ފަށަން ނިންމައިފި އެވެ.

ފޭސްބުކްގެ ދަށުން ހިންގާ އިންސްޓަގްރާމުން ބުނީ އެ ފީޗާ ހާއްސައީ ސެލެބްރިޓީންނާއި ޕަބްލިކް ފިގާ ނުވަތަ އާންމުންގެ ތެރޭގައި އުޅޭ ހައި ޕްރޮފައިލް މީހުންނަށް ކަމަށެވެ. އަލަށް ތައާރަފުކުރާ ޓޫލް މަސައްކަތްކުރާނީ އިންސްޓަގްރާމަށް ގެންނަ "ހިޑެން ވޯޑްސް" ސެކްޝަނާ އެކީގަ އެވެ. އެ އިންނަނީ އޮން/އޮފްކުރެވޭ ގޮތަށެވެ. އޭގެ މާނަ އަކީ އޮންކޮށްފައި އިންނަ އިރު ޑީއެމް އަށް އަންނަ އެއްޗެހީގައި ފުރައްސާރައިގެ ބަހުރުވަ އެކުލެވޭ ނަމަ އެފަދަ މެސެޖްތައް ވަކި ފޯލްޑާއަކަށް ފޮނުވާލުމެވެ.

އެކަމަކު މެސެޖްތައް ކިޔަން ބޭނުން ނަމަ ކިޔުމުގެ ފުރުސަތާއި ޑިލީޓްކޮށްލުމާއި އަދި ރިޕޯޓްކުރުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

އިންސްޓަގްރާމުން ބުނީ އާ ޓޫލް، ކުރިއަށް އޮތް މަދު ހަފުތާތަކެއްގެ ތެރޭގައި ބައެއް ގައުމުތަކަށް ދިނުމަށް ފަހު، މާ ގިނަ ދުވަސްތަކެއް ނުވެ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކަށް ވެސް ލިބޭނެ ގޮތް ހަދާނެ ކަމަށެވެ.

މީގެ ކުރިން އިންސްޓަގްރާމުން ވަނީ ކޮމެންޓްކުރުމުގައި ވެސް ފަރުވާތެރިވާން ޖެހޭކަން އަންގައިދޭ ފީޗާތަކެއް ތައާރަފުކޮށްފަ އެވެ.