19 އެޕްރީލް 2021
ލަންޑަން (18 އޭޕްރީލް ) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބާންލީ އަތުން 3-1 އިން މެންޗެސްޓާ ޔުނައިޓަޑް މޮޅުވިއިރު، ފުލަމް އާއި އާސެނަލް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެނެވެ.
ލަންޑަން (18 އޭޕްރީލް ) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބާންލީ އަތުން 3-1 އިން މެންޗެސްޓާ ޔުނައިޓަޑް މޮޅުވިއިރު، ފުލަމް އާއި އާސެނަލް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެނެވެ.
ޔުނައިޓަޑްގެ ދަނޑުގައި މިރޭ ބާންލީ އަތުން އެ ޓީމު މޮޅުކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ޒުވަން ފޯވަޑް މޭސަން ގްރީންވުޑެވެ. އޭނާ ވަނީ މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ. މެޗުގެ އިތުރު ވަގުތުގައި ޔުނައިޓަޑްގެ ތިން ވަނަ ލަނޑު ޖެހީ އުރުގުއޭގެ ފޯވަޑް އެޑިސަން ކަވާނީ އެވެ.
ބާންލީ އަށް މެޗުގައި ލަނޑު ޖަހައިދިނީ ޖޭމްސް ޓަރަވޮވްސްކީ އެވެ.
މި މެޗުން މޮޅުވެ، ޔުނައިޓަޑުން ވަނީ ތާވަލްގެ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާދެމެދު އޮތް ފަރަގު 8 ޕޮއިންޓަށް ކުޑަކޮށްފަ އެވެ. އެކަމަކު ލީގުގައި ހަ މެޗު ބާކީ އޮތްއިރު، ޔުނައިޓަޑަށް ސިޓީ އަތުވާނެކަމުގެ މާބޮޑު އުންމީދެއް ނެތެވެ.
މެޗަށް ފަހު ޔުނައިޓަޑްގެ ކޯޗު އޮލޭ ގަނާ ސޮލްސަޔާ ވަނީ ގްރީންވުޑަށް ތައުރީފްކޮށްފަ އެވެ.
"ގްރީންވުޑް ދަނީ ރަނގަޅު ތަޖުރިބާތަކެއް ހޯދަމުން. އޭގެ ފައިދާ އޭނާ އަށް ކުރާނެ،" ސޮލްސަޔާ ބުންޏެވެ.
އަމިއްލަ ދަނޑުގައި ފުލަމް އަތުން އާސެނަލް ސަލާމަތްވީ މެޗުގެ ފަހު ވަގުތެވެ. ފުލަމްގެ ޖޯޝް މާހާ ދެވަނަ ހާފުގައި ޖެހި ލަނޑާއެކު އެ ޓީމު މެޗުން މޮޅުވާން ދަނިކޮށް، މެޗުގެ އިތުރު ވަގުތުގައި އާސެނަލް އިން ނަތީޖާ ހަމަހަމަކުރީ ނިކޭޓިއާ ޖެހި ލަނޑުންނެވެ.
މި މެޗުގެ ނަތީޖާއާއެކު، ރެލިގޭޝަނުން ސަލާމަތްވުމަށް މަސައްކަތްކުރަމުންދާ ފުލަމް އަށް ވަނީ އިތުރު ގޮންޖެހުމެއް ކުރިމަތިވެފަ އެވެ.
އާސެނަލް އަށް ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމަށް އުނދަގޫވެފައިވާއިރު، އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުމަށް އާސެނަލް އަށް މިހާރު އޮތް އެންމެ ފަހި ފުރުސަތަކީ ޔޫރޮޕާ ލީގު ކާމިޔާބުކުރުމެވެ. އާސެނަލް އޮތީ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލްގަ އެވެ. -- އޭއެފްޕީ
ޕްރިމިއާ ލީގު ކަށަވަރުކުރުން އަންނަ ހަފުތާ އަށް
އާސެނަލްގެ ފަހަތުން ލިވަޕޫލް ވިއްދައިފި
އަމޯރިމްގެ ފުރަތަމަ ބަލި، ސިޓީއަށް ހަމަނޭވާއެއް
ޔުނައިޓެޑްގައި އަމޯރިމްވެސް ބުނީ ވަގުތު ބޭނުންވާ ކަމަށް
އަމޯރިމަށް ވިސާ ނުލިބޭ، މަސައްކަތް ފެށުން ލަސްވެދާނެ
ޗެލްސީގައި އެއް ކޯޗަކު ދެމިހުންނަން ޖެހޭ: މަރެސްކާ
ޔުނައިޓެޑްގައި ކަމެއް ސާބިތުކޮށްދޭން އަމޯރިމް ބޭނުންވޭ
ޑިލިޓް ދަނޑުން ފޮނުވާލުމުން ޓެން ހަގް ރަތަށް
ޔުނައިޓެޑް ބަލިވުމުގެ ޒިންމާ ކަސެމީރޯ ބޮލަށް
އަގުވަަޒަން ނުކުރިޔަސް ފަރުވާލެއް ނެތް: ޓެން ހަގް