Roadha Mihaaru
އެހީވާން އެންމެ ދުވަހަކުން 90،000 ރުފިޔާ ހޯދައިފި

ނިކަމެތިންނަށް އެހީވާން އެންމެ ދުވަހަކުން 90،000 ރުފިޔާ ހޯދައިފި!

16 އެޕްރީލް 2021

ކޮވިޑް-19ގެ ތެރޭގައި ހާލުގައި ޖެހިފައިވާ ދިވެހިންނަށް އެހީވާން، އަވަސްފުޑުން ކުރިއަށް ގެންދިޔަ ކެމްޕޭނުގައި އެންމެ ދުވަހެއްގެ ތެރޭގައި 90،000 އަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކޮވިޑް-19ގެ ތެރޭގައި ހާލުގައި ޖެހިފައިވާ ދިވެހިންނަށް އެހީވާން، އަވަސްފުޑުން ކުރިއަށް ގެންދިޔަ ކެމްޕޭނުގައި އެންމެ ދުވަހެއްގެ ތެރޭގައި 90،000 އަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.

މީހުންނަށް އެހީވުމުގެ މުހިއްމުކަމާ ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ ވެސް މަގްސަދުގައި، ޑެލިވަރީގެ ހިދުމަތްދޭ އަވަސްފުޑުން މި ކެމްޕޭން ފެށީ އިއްޔެ އެވެ. ކެމްޕޭން ކުރިއަށް ގެންދިޔައީ، އެ ކުންފުނީގެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުތައް ޝެއާކުރާ ކޮންމެ ފަހަރަކު، އެތަނުން ހިންގާ "ރޯދަ ފަންޑަށް" ތިން ރުފިޔާ ހަދިޔާކުރާ ގޮތަށެވެ. އަދި ހާލުގައި ޖެހިފައިވާ މީހުންނާއި މިސްކިތްތަކަށް އެ ފައިސާއިން ރޯދަ ވީއްލުން ގެންދިޔުމަށް ހަމަޖެހިފައިވެ އެވެ.

Thank you for the huge support! We have just reached our target, thanks to all of you. We pledge to donate MVR90,273 as...

Posted by Avas Food on Thursday, April 15, 2021

އަވަސްފުޑްގެ މަގްސަދަކީ މި މަހުގެ ނިޔަލަށް 30،000 ޝެއާ ހޯދުމެވެ. އެކަމަކު ކެމްޕޭން ވައިގައި ހިފައި، މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި ވަނީ ޓާގެޓަށް ހާސިލްވެފަ އެވެ. އަދި ވައުދުވި ގޮތަށް، 90،000 ރުފިޔާ، ރޯދަ ފަންޑަށް ހަދިޔާ ކުރާނެ ކަމަށް އެތަނުން ބުންޏެވެ.

އަވަސްފުޑުން ވަނީ، މީހުންނަށް އެހީވުމާ ގުޅޭގޮތުން ހިންގި މި ކެމްޕޭނަށް ދިން އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ލިބުނު ތަރުހީބަށް ބަލައި، މީހުންނަށް ފައިސާ ހަދިޔާ ކުރެވޭ ގޮތަށް ވެސް މި ފަދަ ކެމްޕޭނެއް ކުރިއަށް ގެންދާނެ ކަމަށް ވެސް ބުންޏެވެ.