Roadha Mihaaru
މިފަހަރު ރޯދަ ވީއްލަން ދާނީ ކޮން ތާކަށް؟

މިފަހަރު ރޯދަ ވީއްލަން ދާނީ ކޮން ތާކަށް؟

08 ޖޫން 2016

ދިވެހިންނާއި ކާތަކެއްޗާ އޮންނަނީ އާދައިގެ ގުޅުމެއް ނޫނެވެ. އޮފީސް ގަޑިތަކުގައި ވައި ޖައްސާލައި، ހިތްހަމަ ޖައްސާލުމަށް ވެސް އެންމެ ގިނަ ބަޔަކު ހިޔާރު ކުރަނީ ކެފޭތަކެވެ. ރޭގަނޑުގެ ވަގުތުތަކުގައި ފޫހި ފިލުވާލުމުގެ ގޮތުން ވެސް ރެސްޓޯރަންޓުތަކާއި ކެފޭތައް ފަޅު ފިލުވާލަދޭ އެކި އުމުރުފުރައިގެ މީހުންގެ އަދަދު ވަކި މަދެއް ނުވާނެ އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

ދިވެހިންނާއި ކާތަކެއްޗާ އޮންނަނީ އާދައިގެ ގުޅުމެއް ނޫނެވެ. އޮފީސް ގަޑިތަކުގައި ވައި ޖައްސާލައި، ހިތްހަމަ ޖައްސާލުމަށް ވެސް އެންމެ ގިނަ ބަޔަކު ހިޔާރު ކުރަނީ ކެފޭތަކެވެ. ރޭގަނޑުގެ ވަގުތުތަކުގައި ފޫހި ފިލުވާލުމުގެ ގޮތުން ވެސް ރެސްޓޯރަންޓުތަކާއި ކެފޭތައް ފަޅު ފިލުވާލަދޭ އެކި އުމުރުފުރައިގެ މީހުންގެ އަދަދު ވަކި މަދެއް ނުވާނެ އެވެ.

މި ހާއްސަ ގުޅުން އެންމެ ބޮޑަށް ފާހަގަ ވެގެން ދަނީ ކޮންމެ އަހަރެއްގެ ވެސް ރޯދަމަހެވެ. ރޯދަމަސް ފެށުމުގެ އެތައް ދުވަހެއް ކުރިން، ކާތަކެތި ތައްޔާރު ކުރުމަށް ބޭނުންވާ ސާމާނު ގެ އަށް ޖަމާކޮށް، އެ މަސް ނިމެންދެން ހުސްނުވެ ހުންނާނެ ވަރު ކުރުމަކީ ދިވެހިންގެ ޒަމާންވީ އާދައެކެވެ. ރޯދަ ވީއްލުމުގެ ވައްޓަފާޅި ބަދަލުވަމުން އައިސް، ގެއިން ބޭރުން ރޯދަ ވިއްލާ މީހުން ހިތްކިޔާ ފަދަ ހިދުމަތްތަކެއް ފޯރު ކޮށްދިނުމަށް ހުރިހާ ތަނަކުން ވެސް ގިނަ މަސައްކަތްތަކެއް ކުރެ އެވެ.

ޝެލްބީންސް އަށް ނުދެވުނަސް ހަމަ އެރަހަތައް ގޭގައި!

ޝެލްބީންސްގެ މެނޫ މި އަހަރު ވެސް ވަރަށް ހިތްގައިމެވެ. މި އަހަރުގެ މެނޫ ތައްޔާރު ކުރުމުގައި ވެސް އެ ރެސްޓޯރަންޓުން ވަނީ ދިވެހިވަންތަ ރަހަތަކުގެ އިތުރުން އޭޝިއަން އަދި ވެސްޓަން ޑިޝްތައް ހިމަނާފަ އެވެ. ކޮންމެ ދުވަހެއްގެ މެނޫގައި ވެސް ދިވެހިންގެ މެދުގައި މަގުބޫލު ގާތްގަނޑަކަށް 15 ޑިޝް ހިމަނާފައިވެ އެވެ. އެކަމަކު ހުރިހާ މެނޫތަކެއް ވެސް ހުރީ އަތްފޯރާ ފަށުގަ އެވެ.

ޝެލެބީންސުން ރޯދަ ވިއްލަން ބޭނުންވާ ނަމަ 24 ގަޑިއިރު ކުރިން ބުކިން ހަދަން ޖެހޭ އިރު، 10 މީހުންނަށް ވުރެ ގިނަ އިން ހިމެނޭ ގޮތަށް ބުކިން ހަދައިފި ނަމަ 10 ޕަސެންޓް ޑިސްކައުންޓް ވެސް ލިބޭނެ އެވެ.

ޝެލްބީންސްގެ މެނޫގައި ހުންނަ ބައެއް ކެއުންތައް. ޝެލްބީންސުން ރޯދަ އަށް ހާއްސަ ޑެލިވަރީ ހިދުމަތެއް ވަނީ ފަށާފަ. -- ފޮޓޯ ޓްރިޕް އެޑްވައިޒާ

ޝެލްބީންސްގެ މެނޫގައި ހުންނަ ބައެއް ކެއުންތައް. ޝެލްބީންސުން ރޯދަ އަށް ހާއްސަ ޑެލިވަރީ ހިދުމަތެއް ވަނީ ފަށާފަ. -- ފޮޓޯ ޓްރިޕް އެޑްވައިޒާ

ނަމަވެސް، އެއް ދުވަސް ކުރިން ބުކިން ހަދަން ޖެހޭކަން ހަނދާން ނެތިއްޖެ ނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އެންމެ ފަހު ވަގުތު އުޅެއުޅެ ވެސް މޭޒެއް ނުލިބިއްޖެ ނަމަ ދެން ހެދޭނެ މާ ބޮޑު ގޮތެއް މީގެ ކުރިއަކުން ނޯވެ އެވެ. އެކަމަކު ޝެލްބީންސުން މި ފަހަރު އަމާޒު ހިފާފައި ވަނީ އެކަން ބަދަލު ކޮށްލާށެވެ.

ޝެލްބީންސުން މި އަހަރު ރޯދަ މަހަށް ހާއްސަ ކޮށްގެން ފަށާ "ބްރެކްފާސްޓް ޑެލިވަރީ ބޮކްސް"ގެ ހިދުމަތް މެދުވެރިކޮށް އެ ދުވަހެއްގެ މެނޫގައި ރޯދަ ވިއްލަން ހުރި ކާތަކެތި ގޭގެ ސުފުރާ މައްޗަށް ފޯރު ކޮށްދޭނެ އެވެ. ބުފޭގައި ހިމެނޭ ހުރިހާ އެއްޗެއް "ޑެލިވަރީ ބޮކްސް" މެދުވެރިކޮށް ކަސްޓަމަރުންނަށް ނުލިބުނަސް އެއީ މާ ބޮޑު މައްސަލައެއް ނޫނެވެ. ރެސްޓޯރަންޓަށް ދިއުމަށް ވުރެ ހުރިހާ ގޮތަކުން ވެސް އަގު ހެވެވެ. މި ހިދުމަތް އެންމެ ހިތްގައިމު ކަމަކީ ވެސް އެއީ އެވެ.

"އަޅުގަނޑުމެންނަށް ލިބިފައި އޮތް ޖާގައިގައި ހިދުމަތް ދެވޭ ވަރަށް ވުރެ ގިނަ ކަސްޓަމަރުން ކޮންމެ އަހަރަކު ވެސް ލިބޭ. އެހެންވެ މި އަހަރު ފަށާ މި ހިދުމަތުގައި ހުރިހާ ކަސްޓަމަރުންނަށް ވެސް ހިދުމަތް ފޯރުކޮށްދެވޭނެ" ޝެލްބީންސްގެ މާކެޓިން މެނޭޖަރު ހަމީދު ފަރީދު ވިދާޅުވި އެވެ.

"ޑެލިވަރީ ބޮކްސް"ގެ ހިދުމަތް ބޭނުންވާ މާލޭގައި ދިރިއުޅޭ ކަސްޓަމަރުން ކޮންމެ ދުވަހަކު ވެސް މެންދުރުފަހު 1:30 އިން ހަވީރު 4:00 އާ ދެމެދު އޯޑަރު ކުރައްވަންވީ އެވެ. އަދި ހުޅުމާލޭގައި ދިރިއުޅޭ ކަސްޓަމަރުންނަށް މެންދުރު 12:00 އިން 3:00 އާ ދެމެދުގެ ގަޑިތަކުގައި އޯޑަރު ކުރެވޭނެ އެވެ.

އަގު: 215ރ. (ބުފޭ)، 168ރ. (ޓޭކްއަވޭ /ޑެލިވަރީ)

ބުކިން ހެދުމަށް: މާލެ - 7986907، ހުޅުމާލެ - 3350779

ޑެލިވަރީ އަދި ޓޭކްއަވޭ އަށް: މާލެ - 3333559 / 7979038 / 9797038، ހުޅުމާލެ - 3350779 / 7989038

ސީހައުސް ކެފޭ. ސީހައުސްގެ މެނޫގައި ހިމަނާފައި ވަނީ ކަސްޓމަރުންނަށް އެންމެ ކަމުދާ ޑިޝްތައް. -- ފޮޓޯ: ޓްރިޕް އެޑްވައިޒާ

ސީހައުސް ކެފޭ. ސީހައުސްގެ މެނޫގައި ހިމަނާފައި ވަނީ ކަސްޓމަރުންނަށް އެންމެ ކަމުދާ ޑިޝްތައް. -- ފޮޓޯ: ޓްރިޕް އެޑްވައިޒާ

ސީހައުސްގެ މެނޫގައި ކަސްޓަމަރުންގެ އޯލް ޓައިމް ފޭވަރިޓްސް

ސީހައުސްގެ މި ފަހަރުގެ މެނޫ އެކުލަވާލާފައި ވަނީ ކަސްޓަމަރުން އެންމެ ބޮޑަށް ބޭނުންވާ ޑިޝްތަކަކީ ކޮބައިތޯ ޓްވިޓާ އަދި ފޭސްބުކް މެދުވެރިކޮށް އަހައިގެން ލިބުނު ޖަވާބުތަކަށް ބަލައިގެންނެވެ. ހަފުތާގެ ހަތް ދުވަހަށް ހަތް މެނޫ ތައްޔާރު ކޮށްފައިވާ އިރު މި މެނޫތަކުގައި ހިމެނެނީ ދިވެހި، ތައި، އިންޑިއަން އަދި ވެސްޓަން ޑިޝްތަކެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް ކުކުޅު، ގެރިމަސް ނުވަތަ ސީފުޑްގެ ކޮންމެވެސް ވައްތަރަކާއި ރޮށި، ބަތް ނުވަތަ ޕާސްތާގެ އައިޓަމްތައް ވެސް މެނޫތަކުގައި ހިމަނާފައިވެ އެވެ.

ސީހައުސް އިން ބުނި ގޮތުގައި މާލޭގައި ހުންނަ ސީހައުސް ކެފޭ އާއި އައްޑޫގައި ހުންނަ އައުޓްލެޓުގައި އޮންނާނީ ބުފޭ އެވެ. ނަމަވެސް ސީހައުސް ބްރަސަރީގައި އޮންނާނީ ސެޓް މެނޫތަކެވެ. ގިނަ ޗޮއިސްތައް ކަސްޓަމަރުންނަށް ލިބޭ މި ސެޓް މެނޫތައް ހުންނަނީ ހަތަރު ބަޔަކަށް ބަހާލައިފަ އެވެ. މެޑިޓެރޭނިއަން (އަރަބި)، ވެސްޓާން، އިންޑިއަން އަދި ދިވެހި ރަހަތައް ހިމެނައިގެންނެވެ. މިއީ ތަންކޮޅެއް ޕްރައިވެޓްކޮށް ރޯދަ ވިއްލަން ބޭނުންވާ މީހުންނަށް ހާއްސަ ކޮށްގެން ހަމަޖެއްސި ގޮތެއް ކަމަށް އެ ރެސްޓޯރަންޓުން ބުނެ އެވެ.

އާންމުކޮށް ރޯދަމަހާ ދިމާކޮށް ބާޒާރުގައި ތަކެތި އަގުބޮޑުވެ އެވެ. އެކަމަކު، ސީހައުސްގެ މި ފަހަރުގެ މެނޫތަކުގެ އަގު މިދިޔަ އަހަރާ މާ ބޮޑަށް ތަފާތު ކޮށްފައި ނުވާ އިރު، އަގުތައް ހުންނާނީ އަތް ފޯރާ ފަށުގަ އެވެ. އެ ރެސްޓޯރަންޓުން ފާހަގަ ކުރާ ގޮތުގައި އަގަށް ބަދަލު އައި ކަމުގައި ވިޔަސް ކަސްޓަމަރުންގެ ފަރާތުން ލިބޭ ތަރުހީބަށް އެއްވެސް ބަދަލެއް ނާދެ އެވެ. އަހަރުން އަހަރަށް ދަނީ ރަނގަޅުވަމުންނެވެ.

ބުފޭ މެނޫ އާއި ސެޓް މެނޫތަކުގެ އިތުރުން މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ސީހައުސް އިން ޑެލިވަރީގެ ހިދުމަތް ދެ އެވެ. ޑެލިވަރީ އަށް އޯޑަރު ނަގަން ފަށާނީ ކޮންމެ ދުވަހަކު ވެސް މެންދުރު ފަހު 1:00 އިން ފެށިގެންނެވެ. ޖާގަ އޮތް ވަރަކުން އެންމެ ފަހު ވަގުތު ވެސް ބުކިން ހެދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބުނު ކަމުގައި ވިޔަސް ކުރީގެ ތަޖުރިބާ އަށް ބަލާއިރު ދެތިން ދުވަސް ކުރިން މޭޒުތައް އޮންނަނީ ފުލްވެފަ އެވެ.

އަގު: 224ރ. އިން ފެށިގެން

ބުކިން ހެދުމަށް: 3332957

ސޯލްޓް ކެފޭގެ ރޯދަ މެނޫ. -- ފޮޓޯ: ސޯލްޓް

ސޯލްޓް ކެފޭގެ ރޯދަ މެނޫ. -- ފޮޓޯ: ސޯލްޓް

ސީގަލް، ސޯލްޓްގައި މުއްސަނދި މެނޫތަކެއް

މާލޭގައި ހުރި އެންމެ ހިތްގައިމު ރެސްޓޯރަންޓުތަކުގެ ތެރޭގައި ސީގަލް އާއި ސޯލްޓް ކެފޭ ހިމެނެ އެވެ. އެ ދެ ތަނުން ލިއްބައިދޭ ހިތްހަމަޖެހުމަށް އިތުރު ފުރިހަމަކަމެއް ގެނެސް ދެނީ ތަފާތު ރަހަތަކުން މުއްސަނދި ކޮށްފައިވާ ރޯދަ މެނޫންނެވެ. އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މި ފަހަރު ވެސް ސީގަލް އާއި ސޯލްޓުގެ ރޯދަ މެނޫ ތައްޔާރު ކޮށްފައި ވަނީ ހުރިހާ ވައްތަރުތަކެއް ކޮންމެ ދުވަހަކު ވެސް ލިބޭ ގޮތަށެވެ. އާއްމުކޮށް ރޯދަ ވީއްލަން ބޭނުން ކުރާ ދިވެހި ކެއުންތައް ކަމަށްވާ ރޮށްޓާއި ތަފާތު ވައްތަރުތަކުގެ މަސްހުންޏާއި ހެދިކާ ވެސް ހިމަނާފައިވެ އެވެ.

ސީގަލްގެ އިތުރުން ސޯލްޓުގެ ވެސް އެންމެ ހާއްސަ އެއް ކަމަކީ ބޭރުގެ ރަހަތައް ހިމެނުމުގައި ދިވެހިންގެ ތެރޭގައި މަގުބޫލު ނޫނަސް މީރު ރަހަތައް އެކުލެވިގެންވާ ގޮތަށް ރޯދަ މެނޫ ހަދާފައި ވުމެވެ. އޭގެ ތެރޭގައި މެދުއިރުމަތީގެ ކެއުންތައް ފާހަގަކޮށްލެވެ އެވެ.

އަގު: ބޮލަކަށް 258ރ. (ސީގަލް)، ބޮލަކަށް 270ރ. (ސޯލްޓް)

ބުކިން ހެދުމަށް: ސީގަލް - 3323332، ސޯލްޓް - 3336669

ބްރޭކްވޯޓާ ރެސްޓޯރަންޓުގެ ރޯދަ މެނޫ. އެ ތަނުން ރޯދަ ވީއްލާ މީހުންގެ ތެރެއިން ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް ލިބޭނެ. -- ފޮޓޯ: ބްރޭކްވޯޓާ

ބްރޭކްވޯޓާ ރެސްޓޯރަންޓުގެ ރޯދަ މެނޫ. އެ ތަނުން ރޯދަ ވީއްލާ މީހުންގެ ތެރެއިން ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް ލިބޭނެ. -- ފޮޓޯ: ބްރޭކްވޯޓާ

ބްރޭކްވޯޓާ އިން ބޮޑު ހަދިޔާއެއް

ގުދުރަތީ މާހައުލަކުން ލިބޭނެ ހުރިހާ ހިތްހަމަޖެހުމެއް އެއް ތަނަކުން ހޯދަން ބޭނުން ނަމަ ދާން އެންމެ ރަނގަޅު ރެސްޓޯރަންޓަކީ ބްރޭކްވޯޓާ އެވެ. އާޓިފިޝަލް ބީޗުގައި އެކި އުމުރުފުރައިގެ މީހުން އެއްވެ ސަކަރާތް ޖަހައި ކުރާ މަޖަލުން ހިތަށް ލިބޭ ފިނިކަމުގެ އިތުރަށް އެ ސަރަހައްދުގެ ފެހިކަން ވެސް ފާހަގަކޮށްލެވެ އެވެ.

ބްރޭކް ވޯޓާ އިން މި ރޯދަ މަހަށް ނެރެފައި ވަނީ އެންމެ ގިނަ ވައްތަރުތައް ހިމެނޭ އެއް މެނޫ އެވެ. ރޯދަ ވީއްލަން އެންމެ ގިނަ މީހުން ބޭނުން ވާނެ ތަފާތު ވައްތަރުތައް ހިމަނާފައިވެ އެވެ. އެ ގޮތުން، ދިވެހި ރަހަތަކާއި މި ސަރަހައްދުގެ އެކި ގައުމުތަކުގެ ކެއުންތައް ފާހަގަ ކޮށްލެވެ އެވެ.

އެހެން ރެސްޓޯރަންޓްތަކާއި ކެފޭތަކާ ހިލާފަށް ބްރޭކްވޯޓާ އިން ރޯދަ ވީއްލައިގެން ބޮޑު ހަދިޔާއެއް ލިބުމުގެ ފުރުސަތު ވެސް އެބަ އޮތެވެ. އެ ތަނުން ރޯދަ ވީއްލާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް ލިބޭނެ އެވެ.

އަގު: ބޮލަކަށް 235ރ.

ބުކިން ހެދުމަށް: 3309595 / 7419559

ހޮޓެލް ޖެންގެ އަޒުރް ރެސްޓޯރަންޓް. -- މިއަހަރު ޖެންގެ ރޯދަ ވިއްލުމަކީ ރަހަތަކުގެ ދަތުރެއް ކަމަށް އެ ހޮޓަލުން ބުނޭ. -- ފޮޓޯ: ޖެން

ހޮޓެލް ޖެންގެ އަޒުރް ރެސްޓޯރަންޓް. -- މިއަހަރު ޖެންގެ ރޯދަ ވިއްލުމަކީ ރަހަތަކުގެ ދަތުރެއް ކަމަށް އެ ހޮޓަލުން ބުނޭ. -- ފޮޓޯ: ޖެން

ޖެން އިން ދުނިޔޭގެ އެކި ހިސާބުތަކުގެ ރަހަތައް!

އެހެން ތަންތަނަށް ވުރެ އެކަހެރި މާހައިލެއްގައި ރޯދަ ވީއްލަން ބޭނުންވާ ފަރާތްތަކަށް ޖެން ވަރެއް ހަމަ ނޯންނާނެ އެވެ. ނަން ހުސްކޮށް ކާތަކެތި ލިބުމުގެ އިތުރަށް ޖެންގެ އެންމެ ހާއްސަ ކަަމަކީ އެތަނުން ލިބޭ އެއްޗެހީގެ ރަހައާ މެދު އޮންނަ އިތުބާރެވެ. މި ފަހަރު ވެސް ޖެން އިން އަމާޒު ހިފާފައި ވަނީ އެކަން ދެމެހެއްޓުމަށެވެ.

މިއަހަރުގެ މެނޫ އެކުލަވާލާފައި ވަނީ މިދިޔަ އަހަރުގެ މެނޫ އާއި އެ ހޮޓެލުގައި ކޮންމެ ހަފުތާއަކު އޮންނަ "ތީމް ބުފޭ"ތަކުން ކަސްޓަމަރުންގެ މަގުބޫލުކަން ހޯދާފައިވާ ޑިޝްތައް ހިމަނައިގެނެވެ. އަދި މީގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަަކުގެ ޑިޝްތައް މިއަހަރުގެ މެނޫގައި ހިމަނާފައިވާނެ ކަމަށް ޖެން އިން ބުނެ އެވެ.

"މިއަހަރު ޖެންގެ ރޯދަ ވިއްލުމަކީ ރަހަތަކުގެ ދަތުރަކަށް ވެގެންދާނެ. ހަފުތާގެ ހަތް ދުވަހަށް ހަތް މެނޫ ތައްޔާރު ކޮށްފައިވާ އިރު އަޅުގަނޑުމެން ވާނީ އޭޝިއާ، ވެސްޓަން އަދި މިޑްލްއީސްޓްގެ ޑިޝްތަކެއް ހިމަނާފައި" ޖެންގެ އެސިސްޓަންޓް މާކެޓިން އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު ނީނާ މުހައްމަދު ވިދާޅުވި އެވެ.

އޭގެ އިތުރުން ޖެން އިން ވަނީ މިހާރު ވެސް އެ ހޮޓަލުގެ މެނޫގައި ހިމެނޭ، ކަސްޓަމަރުންނަށް އެންމެ ކަމުދާ ޖެންސް ފްރައިޑް ޗިކަން (ޖޭއެފްސީ) ގެ ހާއްސަ ރަހައެއް ތައާރަފް ކޮށްފަ އެވެ. މެންދުރު 3:00 އިން މެންދަމު 3:00 އަށް ޖޭއެފްސީ ސްޕެޝަލް އެޑިޝަން، ޖެންގައި ކެއުމަށާއި ޓޭކްއަވޭ ގޮތުގައި ލިބޭނެ އެވެ. ނީނާ ވިދާޅުވީ ޖޭއެފްސީ ސްޕެޝަލް އެޑިޝަން ލިބޭނީ ހަމައެކަނި މި ރޯދަ މަހު ކަމަށެވެ.

އަގު: 538ރ.

ބުކިން ހެދުމަށް: 3005260

ކޮންމެ ރޯދަ މަހެއްގައި ވެސް ކެފޭތަކާއި ރެސްޓޯރަންޓުތައް އޮންނަނީ ފުރިފަ އެވެ. އާއިލާގެ އެންމެން އެއްކޮށް ނުވަތަ ރައްޓެހި ރަހުމަތްތެރިކަމުގެ ގުޅުން ބަދަހި ކޮށްލަން ވެސް އެއީ ލިބޭ ފުރުސަތެކެވެ. ރޯދަ ވީއްލުމުގެ އަގު މިދިޔަ އަހަރުތަކުގެ ތެރޭގައި މައްޗަށް ގޮސް، 200 އެއްހާ ރުފިޔާގައި ހިފެހެއްޓިފައި ވިޔަސް ރޯދަ ކެފޭތަކާއި ރެސްޓޯރަންޓުތަކަށް ލިބޭ ތަރުހީބު ވަކި ކުޑައެއް ނޫނެވެ. މި ފަހަރު ވެސް އެކަން އެ ގޮތުގައި ދެމިއޮންނާނެ ކަމަށް ބެލެވެ އެވެ.