Roadha Mihaaru
ރެސްޓޯރެންޓްތައް ފުރިއްޖެ، އަގުތައް އެއްވަރެއްގައި

ރެސްޓޯރެންޓްތައް ފުރިއްޖެ، އަގުތައް އެއްވަރެއްގައި

20 މެއި 2018

މިހާރުގެ ރޯދަ ސަގާފަތުގެ ތެރޭގައި ހިމެނޭ، ބޭރުން ރޯދަ ވީއްލުމުގެ ބައްދަލުވުންތަކުން މާލޭގެ ރެސްޓޯރެންޓްތައް ފުރެން ފަށައިފި އެވެ.

މިހާރުގެ ރޯދަ ސަގާފަތުގެ ތެރޭގައި ހިމެނޭ، ބޭރުން ރޯދަ ވީއްލުމުގެ ބައްދަލުވުންތަކުން މާލޭގެ ރެސްޓޯރެންޓްތައް ފުރެން ފަށައިފި އެވެ.

ބޭރުން ރޯދަ ވީއްލުން އާންމު ކަމަކަށް ވުމުން ކޮންމެ ރޯދަމަހަކަށް ވަރަށް ހާއްސަ މެނޫތައް ރެސްޓޯރެންޓްތަކުން ތައާރަފުކުރެ އެވެ. އެކަމަކު މި އަހަރުގެ އަގުތަކަށް ބަލާއިރު މިދިއަ އަހަރާ މާ ބޮޑު ތަފާތެއް ނެތެވެ.

މި އަހަރުގެ އަގުތައް އާންމުކޮށް އުޅެނީ ބޮލަކަށް 200ރ. އިން މަތީގަ އެވެ. މިދިޔަ އަހަރުގެ ރޯދަ މަހު ވެސް ރެސްޓޯރަންޓުތަކުގެ އަގު އުޅުނީ ގާތްގަނޑަކަށް އެ ވަރުގަ އެވެ.

މާލޭގެ މަޝްހޫރު ރެސްޓޯރަންޓްތަކަށް ބަލާއިރު ސީހައުސްގެ ރޯދަ ވީއްލުން ބޮލަކަށް 224ރ. އިން މަތީގައި އުޅޭއިރު، ޝެލް ބީންސްގެ އަގު ފެށެނީ 290ރ. އިންނެވެ.

ކާމް ހޮޓަލް އާއި މޫކައިގެ އަގުތައް އުޅެނީ 215ރ. ގަ އެވެ.

މާލޭގެ އެންމެ މަތީ ފެންވަރުގެ އެއް ރެސްޓޯރެންޓް ކަމަށްވާ ހޮޓެލް ޖެންގައި ރޯދަ ވީއްލުން އުޅެނީ ބޮލަކަށް 35 ޑޮލަރަށެވެ. ހުޅުލޭ އައިލެންޑް ހޮޓަލުގެ އުޑުވިލާ ރެސްޓޯރަންޓުގައި ރޯދަ ވީއްލުން 36 ޑޮލަރުގައި އުޅޭއިރު، އެތަނުގެ އެހެން ރެސްޓޯރެންޓެއް ކަމަށްވާ ފަރު ކޮފީހައުސްގައި އެ އަގު އުޅެނީ 27 ޑޮލަރުގަ އެވެ.

ދާދި ފަހުން މާލޭގައި ހުޅުވި މާގިރި ހޮޓަލުގައި ހުންނަ ރެސްޓޯރަންޓުގެ އަގުތައް އުޅެނީ 250-300ރ.ގެ ދެމެދުގަ އެވެ.

މަޝްހޫރު ސޯލްޓް ރެސްޓޯރަންޓުގައި ރޯދަ ވީއްލުމެއް ދެނީ 290ރ. އަށެވެ.

ހުޅުމާލޭގެ ރެސްޓޯރަންޓުގެ އަގުތައް ވެސް ހުރީ މާލޭގެ އަގުތަކާ ދާދި އެއްވަރެއްގަ އެވެ.

ބައެއް ރެސްޓޯރަންޓްތަކުން ބުނާ ގޮތުގައި އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ޑިމާންޑް އަދި ވަރަށް ބޮޑެވެ. އެގޮތުން ގިނަ ރެސްޓޯރެންޓްތައް ވަނީ ފުރިފަ އެވެ.

ހުޅުމާލޭ އޯޝަން ގްރޭންޑްގެ ރޯދަ ވީއްލުން: ރެސްޓޯރެންޓްތަކަށް ގިނަ ބަޔަކު ދޭ

ހުޅުމާލޭ އޯޝަން ގްރޭންޑްގެ ރޯދަ ވީއްލުން: ރެސްޓޯރެންޓްތަކަށް ގިނަ ބަޔަކު ދޭ

މާލެއާ ކައިރި ރިސޯޓްތަކަށް ވެސް ގިނަ ބަޔަކު މިހާރު ރޯދަ ވީއްލަން ދެ އެވެ. އެކަމަކު ރިސޯޓްތަކުގެ ރޯދަ ވީއްލުމުގެ އަގު މި އަހަރު އެވްރެޖްކޮށް 10 ޑޮލަރު ވަރު ވަނީ ބޮޑުވެފަ އެވެ. އެގޮތުން ރިސޯޓްތަކުން ބޮލަކަށް 55 ޑޮލަރު ނަގަ އެވެ.

"ފުރަތަމަ ވީކުގައި އާންމުކޮށް ތަންކޮޅެއް މަދުވާނެ މީހުން އަންނަލެއް. ދުވަސްކޮޅެއް ފަހުން ދެން އުޅޭނީ 70-80 ގައި،" ރިސޯޓަކުން ވާހަކަ ދެއްކެވި އިސް ވެރިޔަކު ވިދާޅުވި އެވެ.

"ރޯދައިގެ ފަހުކޮޅަށް އައިސް ވީކެންޑުތަކުގައި 120 އަށް ވުރެ ގިނަ ވާނެ އަންނަ މީހުން."

މިހާރު ރޯދަ ވީއްލަން ރެސްޓޯރެންޓްތަކުން ދޭ އަގަށް ވުރެ ކުޑަ އަގެއްގައި، ބޭރުން ރޯދަ ވީއްލަން ބޭނުން ނަމަވެސް އެ ފުރުސަތު އެބަ އޮތެވެ. އެގޮތުން މާލޭގެ ކާނިވާ ސަރަހައްދުގެ ކެފޭތަކުގައި ބޮލަކަށް ނަގަނީ 100-150ރ. އާ ދެމެދުގެ އަގެކެވެ.