ކޮރޯނާވައިރަސް ކޮންޓްރޯލްކުރުމަށް އަޅަމުން އަންނަ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، މާދާމާ މެންދުރު 12:00 އިން މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ މަގުމައްޗަށް ވަކި ވަގުތުތަކެއްގައި ނުކުމެ އުޅުން މަނާކޮށް، އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނައިން ބޭރުގައި އުޅުން އެޗްޕީއޭ އިން މަނާކޮށްފި އެވެ. ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ގާނޫނުން ލިބިދޭ ބާރުގެ ދަށުން އެ ކަންކަން މަނާކުރީ ވަކި ގޮތެއް އަންގަވަންދެނެވެ.
ކޮރޯނާވައިރަސް ކޮންޓްރޯލްކުރުމަށް އަޅަމުން އަންނަ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، މާދާމާ މެންދުރު 12:00 އިން މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ މަގުމައްޗަށް ވަކި ވަގުތުތަކެއްގައި ނުކުމެ އުޅުން މަނާކޮށް، އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނައިން ބޭރުގައި އުޅުން އެޗްޕީއޭ އިން މަނާކޮށްފި އެވެ. ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ގާނޫނުން ލިބިދޭ ބާރުގެ ދަށުން އެ ކަންކަން މަނާކުރީ ވަކި ގޮތެއް އަންގަވަންދެނެވެ.
ރާއްޖޭން ވެސް މިހާތަނަށް 18 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައި ވާއިރު، މި ވައިރަސް ފެތުރުން ކޮންޓްރޯލްކުރަން ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާނުކޮށް، ބޭރުގައި މީހުން އުޅުން މަދުކުރުމާއި ރާއްޖޭން ބޭރުން އަންނަ މީހުން މަދުކޮށް ކަރަންޓީނުކުރުމަށް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ.
ރޭ ފަތިހު މައިމޫނާ ނެރުއްވި އެންގުމުގައި ވަނީ ވަކި ގޮތަކަށް ކަނޑައަޅަންދެން، މާދަމާ މެންދުރު 12:00 އިން ފެށިގެން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ މަގުތަކުގައި އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނައިން އުޅެގެން ނުވާނެ ކަމަށާއި ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް ބޭރުގައި އުޅެގެން ވެސް ނުވާނެ ކަމަށެވެ.
މި ނިންމުމާ އެކު، ބޭރުގައި އުޅުން މަނާވާ ވަގުތުތަކުގައި އެއްގަމު އުޅަނދު ދުއްވުމާއި ބަހާއި ފެރީ ވެސް ހިމެނޭ ގޮތުން ޕަބްލިކް ޓްރާންސްޕޯޓް ވެސް ހުއްޓާލަންޖެހޭނެ ކަމަށް އެންގުމުގައިވެ އެވެ.
މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗަށް ނިކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ވަގުތު ކަނޑައެޅުން pic.twitter.com/sMVfxFGptM
— Health Protection Agency (@HPA_MV) March 31, 2020
މި އެންގުމުގައި އިސްތިސްނާކޮށްފައިވަނީ ސަލާމަތީ ހިދުމަތްތަކުގެ ޑިއުޓީކުރާ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ ވެހިކަލާއި ސިއްހީ ހިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި ކުނި އުކާލުމުގެ ހިދުމަތްދޭ ތަންތަނުގެ މުވައްޒަފުންނާއި އުޅަނދުތަކާއި އުރީދޫ އާއި ދިރާގާއި އެސްޓީއޯ އާއި ސްޓެލްކޯ އާއި އެމްޑަބްލިޔު.އެސް.ސީގެ ޔުނިފޯމް އެޅި ޑިއުޓީ މުވައްޒަފުންނާއި އެ މީހުންގެ އުޅަނދުތަކާއި ޖީ ބޯޑު ހަރުކުރި ސަރުކާރުގެ ވެހިކަލްތަކާއި ޑިޕްލޮމެޓިކް އުޅަނދުތަކާއި އެމްބިއުލާންސާއި ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއޯސީ)ގެ ފާސް އޮންނަ ފަރާތްތަކާއި ފާމަސީތަކުގެ މުވައްޒަފުންނާއި އެޗްޕީއޭގެ ސްޓިކާ ޖަހާފައިވާ އުޅަނދުތަކެވެ.
ބޭރުގައި އުޅުން މަނާ ވަގުތު ކަނޑައެޅުމުގެ އިތުރުން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ހިންގާ ފިހާރަތައް މާދަމާ އިން ފެށިގެން ރޭގަނޑު 11:00 ން ހެނދުނު 6:00 އަށް ބަންދުކުރަން ވެސް އެޗްޕީއޭ އިން މިހާރު ވަނީ އަންގައިފަ އެވެ. އަދި ކެފޭ/ރެސްޓޯރަންޓް ފަދަ ތަންތަނުން ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތް ވެސް ރޭގަނޑު 12:00 އިން ހެނދުނު 6:00 އަށް ހުއްޓާލަން ޖެހެ އެވެ.
މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ވަކި ވަގުތެއްގައި ފިހާރަތައް ބަންދުކުރުމާއި، ޓޭކްއަވޭގެ ޚިދުމަތް ދޭ ވަގުތާއި، ޢިމާރާތްކުރުމުގެ މަސައްކަތް ކުރާ ވަގުތަށް ބަދަލުގެނައުން pic.twitter.com/flKxdlXv3m
— Health Protection Agency (@HPA_MV) March 31, 2020
މީގެ ކުރިން ވަނީ ކެފޭ/ރެސްޓޯރަންޓްތަކުގައި ތިބެގެން ކެއުންބުއިން މަނާކޮށް ހަމައެކަނި ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތް ދޭން އަންގައިފަ އެވެ.
ފިހަރާތަކާއި ކޭފަތަކުން ހިދުމަތް ދޭ ވަގުތަށް ބަދަލު ގެނެސް އަލަށް ކުރި އަމުރުގައި މާލެ ސަރަހައްދުގައި ހިންގާ އިމާރާތްކުރުމުގެ މަސައްކަތްތައް ވެސް ހަވީރު 5:00 އިން ހެނދުނު 6:00 އާ ދެމެދު ކުރިއަށް ނުގެންދަން ވަނީ އަންގައިފަ އެވެ.
ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސް ފެތުރުނަ ނުދިނުމަށް އެންމެ މުހިންމީ ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން ކަމަށް ވާތީ މީގެ ދެ ހަފުތާ ކުރިން ފެށިގެން ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ވަނީ ބަންދުކޮށްފަ އެވެ. އަދި ރިސޯޓްތަކާއި ރަށްރަށާ ދެމެދު ދަތުރުކުރުން މަނާކޮށް ރިސޯޓްތަކުގެ މުވައްޒަފުން އެހެން ތަނަކަށް ދިއުމުގެ ކުރިން ކަރަންޓީނު މުއްދަތެއް ފުރިހަމަކުރަން ޖެހުމާއި ގެސްޓް ހައުސްތަކަށް ބިދޭސީން ޗެކިންވުން ހުއްޓާލަން ވަނީ އަންގައިފަ އެވެ.
މިދިޔަ މާޗް މަހުގެ 7 ވަނަ ދުވަހުން ފެށިގެން ރާއްޖެ އިން މިހާތަނަށް ވަނީ 18 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 13 މީހަކު ރަނގަޅުވެފައި ވާއިރު އެ އެންމެންނަކީ ވެސް ރާއްޖޭން ބޭރު މީހުންނެވެ. އަދި ދެ މީހަކު ފިޔަވައި އެންމެންނަކީ ވެސް ޓޫރިސްޓުންނެވެ. ރާއްޖޭގައި މިހާރު ތިބި ޕޮޒިޓިވް ތިން މީހުންނަކީ ދިވެހިންނެވެ. ޕޮޒިޓިވްވި އިޓަލީގެ ދެ ޓޫރިސްޓަކު ވަނީ ނަތީޖާ ލިބުމުގެ ކުރިން ރާއްޖޭން ފުރައިގެން ގޮސްފަ އެވެ.
މާލެ ސަރަހައްދުގެ ކާފިއު މި މަހުގެ 25 އާ ހަމައަަށް
މާލެ ނޫން އެހެން ރަށްރަށުގެ ފިޔަވަޅުތައް އުވާލައިފި
އަންނަ މަހުން ފެށިގެން ކެފޭ/ރެސްޓޯރެންޓްތައް ހުޅުވާނެ
ލޮކްޑައުންގެ މުއްދަތު އިތުރު 14 ދުވަހަށް ދަންމައިފި
ލޮކްޑައުން އުވާލެވޭ ހާލަތަކަށް އަދި ނާދޭ: އަމީން
ހަފުތާއަކަށް ފަހު ކާފިއު އުވާލައިފި
ފުރަތަމަ ކުޑަ ކާފިއު: އެންމެން ވެސް ސަމާލުވޭ!
ޖިމްތަކާއި ކަސްރަތު ކްލާސްތައް މެދުކަނޑާލަން އަންގައިފި
މާލޭގެ ހަރުކަށި ފިޔަވަޅުތަކުގެ މުއްދަތު އިތުރުކޮށްފި
މާލެ ސަރަހައްދުގެ ކާފިއުގަޑި ދަންވަރު 12 އިން 4އަށް