ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ދިން ބޮޑު ލުޔާއެކު، "ނިއު ނޯމަލް" ގެ ޚާއްސަ އުސޫލުން ޚިދުމަތްތައް އާންމުންނަށް ހުޅުވާލައިފައިވީ ނަމަވެސް ގިނަ ތަންތަނުން އަމަލުކުރަނީ އެޗްޕީއޭގެ އުސޫލުތަކާ ޚިލާފަށް ކަމަަށް އެ އިދާރާ އިން މިއަދު ބުނެފި އެވެ.
12 ޖުލައި 2020
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ދިން ބޮޑު ލުޔާއެކު، "ނިއު ނޯމަލް" ގެ ޚާއްސަ އުސޫލުން ޚިދުމަތްތައް އާންމުންނަށް ހުޅުވާލައިފައިވީ ނަމަވެސް ގިނަ ތަންތަނުން އަމަލުކުރަނީ އެޗްޕީއޭގެ އުސޫލުތަކާ ޚިލާފަށް ކަމަަށް އެ އިދާރާ އިން މިއަދު ބުނެފި އެވެ.
މާލެ އިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ގެ މީހަކު މިދިޔަ އޭޕްރީލް 15 ގައި ފެނުމުން އެ ދުވަހުން ފެށިގެން ތިން މަހެއްހާ ދުވަހަށް މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ ލޮކްޑައުން ކުރުމަށް ފަހު، އާންމުކޮށް ޚިދުމަތްތައް ހުޅުވައިލީ މި މަހުގެ 1 ގަ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ އޮފީސްތަކާއި ކެރޭ/ރެސްޓޯރަންޓުތަކާއި ސެލޫން ފަދަ ތަންތަން ހިމެނެ އެވެ. ނަމަވެސް އެ ތަންތަނުން އާންމުންނަށް ޚިދުމަތް ދޭން ޖެހެނީ އެޗުޕީއޭ އިން ކަނޑައަޅާފައިވާ، ރައްކާތެރިކަމުގެ މިންގަނޑުގެ ތެރޭގަ އެވެ.
ނިއު ނޯމަލްގެ އުސޫލުތަކާ އެއްގޮތަށް، ފުޑް ކޯޓުގައި ހުރި ރެސްޓޯރަންޓެއްގެ ދޮރުމަތީގައި ޑިސްއިންފެކްޓަންޓް ފުޅިއެއް ބަހައްޓާފައި.--- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެ އުސޫލުތަކާ އެއްގޮތަށް އަމަލު ކުރަމުންދޭތޯ ބެލުމަށް އެޗުޕީއޭ އިން މިއަދު ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވާއިރު، ގިނަ ތަންތަނުގެ މިންގަނޑުތައް ހުރީ ހިތްހަމަޖެހޭ ގޮތަށް ނޫން ކަމަށް އެ އިދާރާ އިން ބުންޏެވެ.
އާންމުންނަށް ޚިދުމަތް ދެނީ އެޗުޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ތޯ ބެލުމަށް ދެ މީހަކު ހިމެނޭ ގޮތަށް، އެ އިދާރާގެ 20 ޓީމަކުން މާލެ އާއި ހުޅުމާލޭގައި މިއަދު ހަރަކާތްތެރިވި އެވެ.
އެ އިންސްޕެކްޝަންގައި ބައިވެރިވި އެއް ޓީމަކުން ބުނީ، ގިނަ ތަންތަނުން އަމަލުކުރަނީ އުސޫލުތަކާ އެއްގޮތަށް ނޫން ކަމަށެވެ.
"އެކި ތަންތަނުން އެކި އެއްޗެހި، މިސާލަކަށް ގައިދުރުކަމާއި އަތް ސެނިޓައިޒް ކުރުން ކަހަލަ ތަފާތު ކަންކަން ފާހަގަކުރެވޭ [އުސޫލާ އެއްގޮތަށް އަމަލުނުކުރާ ކަން]،" އެ ޓީމުން ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވި އެވެ.
"މިހާރު" އާ ވާހަކަ ދެއްކި ޓީމުން މިއަދު ހެނދުނު 11 ޖަހާކަންހާއިރު އިންސްޕެންޝަން ފަށައި، މެންދުރުފަހު ތިނެއް ޖެހުމާ ހަމައަށް 18 ތަނެއް ބެލި އެވެ.
އެ ޓީމުގެ އޮފިޝަލް ވިދާޅުވި ގޮތުގައި، ކަސްޓަމަރުންގެ އަތް ސެނިޓައިޒް ކޮށްދޭނެ ހާއްސަ މުވައްޒަފެއް ގިނަ ފިހާރަތަކުގައެއް ނެތެވެ. އެހެންވެ، ސެނިޓައިޒް ފުޅި އެކަނި ބެހެއްޓިޔަސް އޭގެ ބޭނުމެއް ނުހިފޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ނިއު ނޯމަލްއާގެ އުސޫލުތަކާ އެއްގޮތަށް، ފުޑް ކޯޓުގެ މުވައްޒަފަކު ސަލާމަތީ ފިޔަވަޅުތައް އަޅައިގެން މަސައްކަތްކުރަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
މިއީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި މާލޭ ސިޓީ ކައުންސިލާއި އިކޮނޮމިކް މިނިސްޓްރީ އާއި ފުލުހުންނާއި މޯލްޑިވްސް ރެޑް ކްރެސެންޓާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ވެމްކޯއާ ގުޅިގެން އެޗްޕީއޭ އިން ހިންގާ އިންސްޕެކްޝަނެކެވެ. ރީޓެއިލް ފިހާރަތަކާއި މާރުކޭޓުތަކާއި ކެފޭ އަދި ރެސްޓޯރަންޓްގެ އިތުރުން ސެލޫންތަކާއި ޖިމްތައް މި އިންސްޕެކްޝަންގައި ބަލާނެ އެވެ.
އިންސްޕެކްޝަން ކުރިއަށް ގެންދާ ޓީމުތަކުން އެއްކުރާ މައުލޫމާތު، އެ ކަމަކާ ގުޅޭ އިދާރާއަކާ ހިއްސާކުރާނެ އެވެ. ގަވާއިދާ ހިލާފަށް މަސައްކަތް ކުރާ ނަމަ ފިޔަވަޅު އަޅާނީ އެ އިދާރާތަކުންނެވެ.
"އަޅުގަނޑުމެން އޮންލައިން ފޯމެއް މި ފުރިހަމަ ކުރަނީ. މައުލޫމާތު ފޮނުވީމާ އެ ތަންތަނުން ފިޔަވަޅު އަޅާނީ،" އެ ޓީމުން ބުންޏެވެ.
ކޮންމެ ދުވަހެއްގެ ދެ ދަންފަޅިއަކަށް ބަހާލައިގެން މި އިސްޕެކްޝަން ކުރިއަށް ގެންދާނެ އެވެ. އެއީ ހެނދުނު 9:00 ން މެންދުރު 12:00 އަށް، މެންދުރު 2:00 ން ހަވީރު 6:00 އަށެވެ. މާލެ ސަރަހައްދުގައި މި އިންސްޕެކްޝަން މިއަދު ފެށި ނަމަވެސް، މި ހަފުތާ ތެރޭގައި އަތޮޅުތެރޭގައި ވެސް ކުރިއަށް ގެންދާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ކޮވިޑް-19 ގެ މީހުން ރާއްޖެ އިން ފެންނަ މިންވަރަށް ބަލައި، ދިން ލުޔާ އެކު، އާންމު ޚިދުމަތްތަކަށް ތަންތަން ހުޅުވާލިއިރު، އެއްފަހަރާ ފިހާރަތަކަށް ކަސްޓަމަރުން ވައްދަން ޖެހެނީ ވަކި އަދަދަކަށެވެ. ޚިދުމަތް ދޭ އެހެނިހެން ތަންތަނުގައި ވެސް ބޮނޑިވެގެން ތިބެގެން ޚިދުމަތް ހޯދުމުގެ ފުރުސަތު ހަނިކުރުމަށް އެޗުޕީއޭގެ ގައިޑްލައިންގައި ވަނީ އުސޫލުތަކެއް ކަނޑައަޅައިފަ އެވެ. މީގެ އިތުރުން މާސްކް އަޅައިގެން ތިބުމާއި އަތް ސެނިޓައިޒް ކުރެވޭނެ ގޮތް ހަމަޖައްސަން ވެސް ޖެހެ އެވެ.
ރާއްޖެ އިން މިހާތަނަށް 2،264 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، 13 މީހަކު ވަނީ މަރުވެފަ އެވެ. ބަލިން ރަނގަޅުވީ 2،268 މީހެކެވެ. މިހާރު ފަރުވާ ހޯދަމުން އަންނަނީ 378 މީހެކެވެ.
އެޗްޕީއޭގެ އުސޫލާ ޚިލާފުވާ ތަންތަން ޖޫރިމަނާ ކުރަނީ
މާލެ ސަރަހައްދުގެ ކާފިއު މި މަހުގެ 25 އާ ހަމައަަށް
ހެނދުނު 6 އިން ފެށިގެން ދެން ފިހާރަތައް ހުޅުވޭނެ
ފިހާރަ/ކެފޭތަކުގެ ހިދުމަތް 9:30 ވަންދެން ލިބޭނެ
ފިހާރަ/ކެފޭތައް ހުޅުވޭނީ ރޭގަނޑު 10 އާ ހަަމައަށް
ތިން މަހަށް ފަހު ކެފޭ/ރެސްޓޯރަންޓް މާދަމާ ހުޅުވާލަނީ
އަންނަ މަހުން ފެށިގެން ކެފޭ/ރެސްޓޯރެންޓްތައް ހުޅުވާނެ
ކޮންމެ ދުވަހަކު 3 ގަޑިއިރުގެ ކާފިއުއެއް ހިންގަނީ
މާލޭގެ ހަރުކަށި ފިޔަވަޅުތަކުގެ މުއްދަތު އިތުރުކޮށްފި
މާލެ ސަރަހައްދުގެ 37 މިސްކިތެއްގައި ނަމާދުކުރެވޭނެ