Roadha Mihaaru
ފިހާރަ/ ކެފޭތައް ހުޅުވާފައި ބެހެއްޓޭ ގަޑި އިތުރުކޮށްފި

ފިހާރަތައް ރޭގަނޑު 11 އަށް، ކެފޭ/ރެސްޓޯރެންޓް 11:30 ވަންދެން ހުޅުވާފައި ބެހެއްޓޭނެ

08 ނޮވެމްބަރ 2020

ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކަށް ދެމުން އަންނަ ލުއިތަކާ އެކު، ފިހާރަތަކާއި ކެފޭ/ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓޭ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން މިއަދު އިތުރު ކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކަށް ދެމުން އަންނަ ލުއިތަކާ އެކު، ފިހާރަތަކާއި ކެފޭ/ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓޭ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން މިއަދު އިތުރު ކޮށްފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ ފިހާރަތައް މިއަދުން ފެށިގެން ފަތިހު 5:00 އިން ރޭގަނޑު 11:00 އަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ. ސައި ހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން މިއަދުން ފެށިގެން ހުޅުވާފައި ބެހެއްޓޭނީ އިކޮނޮމިކް މިނިސްޓްރީން ބުނިގޮތުގައި، ފަތިހު 4:30 އިން ރޭގަނޑު 11:30 ވަންދެންނެވެ.

ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރަންޓު ފަދަ ތަންތަނުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

ކޮވިޑް-19ގެ ސަބަބުން މާލެ ސަރަހައްދުގައި އަޅާ ފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް އެޗްޕީއޭއި ން ވަނީ ރެއިން ފެށިގެން ލުއި ދީފަ އެވެ، މި ލުޔާއެކު، ކާފިއު ގަޑި ވަނީ ދަންވަރު 12 އިން ފަތިހު ހަތަރަކަށް ބަދަލުކޮށްފަ އެވެ. މިހާތަނަށް ކާފިއު ގަޑިއަކީ ރޭގަނޑު 11 އިން ފަތިހު ހަތަރަކަށެވެ.