ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.
15 އެޕްރީލް 2021
ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.
ތިމާވެށީގެ ގާނޫނުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި މަސް ހިފުމަކީ މަނާ ކަމެކެވެ. އަދި މަސްވެރިކަމުގެ އާންމު ގަވާއިދުގެ ދަށުން ބައެއް ބާވަތްތައް ހިފުން ވެސް މަނާކޮށްފައި ވެ އެވެ. ނަމަވެސް މި ދެ ކަންތައް ކުރުން އާންމުވެފައިވާ ކަމަށާއި އެކަމާ ގުޅިގެން އީޕީއޭ އަށް މީހުން ޝަކުވާކޮށް، ރިޕޯޓްކުރަމުންދާ ކަމަށް ބުނެފައި ވެ އެވެ.
މީގެ ތެރެއިން އެންމެ އާންމުވެފައި ކަމަށް ފާހަގަ ކުރެވެނީ 2010 ވަނަ އަހަރު ބޭނުން މަނާކޮށްފައިވާ މިޔަރުގެ މަސްވެރިކަމެވެ. ރާއްޖޭގެ ބައެއް ރަށްރަށުގައި މި މަސައްކަތް ފުޅާކޮށް ކުރެ އެވެ. އޭގެ ތެރޭގައި އދ. ދިގުރަށާއި އަދި އެތޮޅު ދަންގެތި ހިމެނެ އެވެ.
މީގެ އިތުރުން މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅު ރާއްޖެއިން ބޭރަށް 429 ކިލޯގެ މިޔަރު އުރަހަ ގެންދަން އުޅެނިކޮށް ހިފަހައްޓާފައި ވެ އެވެ. ކަސްޓަމްސް އިން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
މިއީ ރާއްޖޭގެ ތިމާވެށީގެ މުއްސަނދިކަމާއި ގުދުރަތީ ދިރުންތައް މުއްސަނދިކުރުމަށްޓަކައި ކޮށްފައިވާ ދެ ކަންތައް ކަމަށް އީޕީއޭގެ އިއުލާނުގައި ފާހަގަކޮށްފައި ވެ އެވެ. އަދި އެ ދެ ގާނޫނުން އީޕީއޭ އަށް ލިބިދޭ ބާރުގެ ދަށުން އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައި ވެ އެވެ.
ދުނިޔޭގެ ބާޒާރުގައި މިޔަރު އުރަހަ ކިލޯއެއް އާއްމުކޮށް އުޅެނީ 400 ޑޮލަރު (6،168ރ.) އަށެވެ. މި ރޭޓުން ބަލާނަމަ އެއާޕޯޓުން އަތުލައިގަތް 429 ކިލޯގެ މިޔަރު އުރަހައަށް ދުނިޔޭގެ ބާޒާރުގައި ގާތްގަނޑަކަށް 2.6 މިލިއަން ރުފިޔާ ލިބޭނެ އެވެ.
ވެލި ނެގުމަށް ހުއްދަ ދެވޭ ގޮތް ބަދަލުކޮށްފި
މިޔަރާއި މަޑީގެ އާބާދީ ދެނެގަތުމަށް ސާވޭކޮށްފި
ކަތުރުފަނީގެ މައްސަލަ ގޯސްވީ މަރާމާތު ކުރުން މަދުވުމުން
ތިމާވެށީގެ ޖޫރިމަނާތައް ނުދައްކާ ވިޔަފާރިތައް ހުއްޓުވަނީ
ތިމާވެށީގެ ޖޫރިމަނާތަކުން 825 މިލިއަން ރުފިޔާ ނުލިބޭ
ހިމާޔަތްކޮށްފައިވާ ދިރުންތަކަށް ގެއްލުންދޭ ވަރު އިތުރު
ފެހުރިހި ހިމާޔަތްކުރުމާ ގުޅޭ އާ އުސޫލެއް ހަދައިފި
އީޕީއޭ މިނިވަންކުރުމުގެ ވިސްނުމެއް އަދި ނެތް: ތޯރިގް
ގާހުދުވުން: ރިސޯޓެއްގެ މަސައްކަތް ނުހުއްޓި ކުރިޔަށް
އީޕީއޭގެ އެންގުމަށް ސަރުކާރުން އަމަލުކުރާނެ: މިނިސްޓަރު