Roadha Mihaaru
އިންޓަ އަށް 11 ޕޮއިންޓްގެ ލީޑެއް

އިންޓަ އަށް 11 ޕޮއިންޓްގެ ލީޑެއް

12 އެޕްރީލް 2021

އިޓާލިއަން ސީރިއާގައި ރޭ ކަގްލިއާރީ އަތުން 1-0 އިން މޮޅުވެ، ތާވަލްގެ އެއްވަނައިގައި އޮތް އިންްޓަ މިލާނުން 11 ޕޮއިންޓްގެ ލީޑެއް ހޯދައިފި އެވެ.

އިޓާލިއަން ސީރިއާގައި ރޭ ކަގްލިއާރީ އަތުން 1-0 އިން މޮޅުވެ، ތާވަލްގެ އެއްވަނައިގައި އޮތް އިންްޓަ މިލާނުން 11 ޕޮއިންޓްގެ ލީޑެއް ހޯދައިފި އެވެ.

މި މެޗުން މޮޅުވެ، ތާވަލްގެ އެއްވަނައިގައި އޮތް އިންޓަ އިން ވަނީ މިހާރު 74 ޕޮއިންޓް ހަމަކޮށްފަ އެވެ. ތާވަލްގެ ދެވަނައިގައި އޭސީ މިލާން އޮތީ 63 ޕޮއިންޓާއެކު އެވެ. ފާއިތުވި ނުވަ ސީޒަންގައި ޗެމްޕިއަންކަން ހޯދި ޔުވެންޓަސް ތިން ވަނައިގައި އޮތީ 62 ޕޮއިިންޓާއެކު އެވެ.

ލީގުގައި ބާކީ 8 މެޗު އޮތްއިރު، 2010 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދުމަށް އިންޓަ މިހާރު ބޭނުންވަނީ 16 ޕޮއިންޓެވެ.

އިންޓަގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ ޑިފެންޑަރު މަޓެއޯ ޑާމިއާނެވެ.

އިޓާލިއަން ލީގުގައި ރޭ ޖެނޮއާ އަތުން ޔުވެންޓަސް މޮޅުވީ 3-1 އިންނެވެ.