05 އެޕްރީލް 2021
ފުލުހުންނާއި ރަށްރަށުގެ ކައުންސިލްތައް ގުޅިގެން މަސައްކަތްކުރާނެ އޮނިގަނޑެއް ތައްޔާރުކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ފުލުހުންނާއި ރަށްރަށުގެ ކައުންސިލްތައް ގުޅިގެން މަސައްކަތްކުރާނެ އޮނިގަނޑެއް ތައްޔާރުކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އެކަން ހާމަކުރެއްވީ އދ. އޮމަދޫ ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުއްވައިދެއްވައި ދެއްކެވި ވާހަކައިގަ އެވެ.
އިމްރާން ވިދާޅުވީ ފުލުހުންނާއި ކައުންސިލްތައް ގުޅިގެން މަސައްކަތްކުރާނެ އޮނިގަނޑު ތައްޔާރުކުރުމުގެ މަސައްކަތް އޮންނަ އުސޫލުތަކާއި ގަވާއިދުތަކުގެ ދަށުން މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ލަސްތަކެއް ނުވެ، އެ އޮނިގަނޑު ތައްޔާރު ކުރެވިގެންދާނެކަން ފާހަގަކުރައްވައި، އިމްރާން ވިދާޅުވީ އެ އޮނިގަނޑަކީ ރަށު ތެރޭގެ އަމާންކަން ގާއިމުކުރަން އެންމެ މުހިއްމު އެއް ކަންތައް ކަމަށެވެ.
އިމްރާން ވިދާޅުވި ގޮތުގައި އޮނިގަނޑު ތައްޔާރުކުރެވިގެންދާނީ ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ކައުންސިލްތަކުގެ އިތުރުން ފުލުހުން، އެކުގައި މަޝްވަރާކުރުމަށް ފަހު އެވެ.
މިފަހުން ފުލުހުންގެ އާ ގާނޫނަށް އަމަލުކުރަން ފަށާފައިވާއިރު މިނިސްޓަރު ވަނީ އެކަމަށް އަލިއަޅުއްވާލައްވާ ވެސް ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން އެ ގާނޫނަށް އަމަލުކުރަން ފެށުމަކީ ފުލުހުންގެ މުއައްސަސާއަށާއި, ރައްޔިތުންނަށް ލިބިގެންދިޔަ ހިތްހަމަޖެހުމެއް ކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން، ފުލުހުންގެ އާ ގާނޫނަކީ ފުލުހުންގެ ހިދުމަތް ފުޅާކުރުމަށްޓަކައި އެޅުނު އާ ބިންގަލެއް ކަމުން، އަތޮޅު ތެރޭގެ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ވަރަށް ބޮޑަށް އަމާޒު ހިފާފައިވާކަން ފާހަގަކުރެއްވި އެވެ.
"ކުރިއަށް މިއޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމްކުރުމަކީ ވަރަށްބޮޑު ޒިންމާއެއް, ވަރަށް ބުރަ މަސައްކަތެއް. މި މަސައްކަތް ކުރެވިގެންދާނީ ފުލުހުންގެ އެންމެ އިސް ސަފުން ފެށިގެން ހުރިހާ އޮފިސަރުންގެ އެހީތެރިކަމާއި, އެއްބާރުލުމާއެކުގައި،" މިނިސްޓަރު
ރަށްރަށަކީ އަމާން ރަށްތަކެއް ނަމަވެސް މަސްތުވާތަކެތީގެ ވަބާ ވަރަށް ބޮޑަށް ފެތުރި، ކުށްތައް އިތުރުވެ، އާންމުންގެ މެދުގައި ކަންބޮޑުވުމާއި ހިތްހަމަނުޖެހުން އުފެދިގެންދާ ކަމަށް ވިދާޅުވި އެވެ. އަދި އެފަދަ ކަންކަމުން މުޖުތަމައު ސަލާމަތްކުރުމުގައި އާންމުންގެ އެއްބާރުލުން ވެސް ބޭނުންްވާ ކަމަށް ވިދާޅުވި އެވެ.
ޕޮލިސް ސްޓޭޝަން މަޝްރޫއުގެ ފައިސާ އަދިވެސް ހަމަނުޖެހޭ
އަބްދުﷲ ރަޝީދުގެ މަރުގައި އިހުމާލެއް ނެތް: އިމްރާން
ހިދުމަތް ރަނގަޅު ކުރަން ފުލުހުންގެ ބޮޑު ކޮންފަރެންސެއް
އެއްޖިންސުން ގުޅުންހިންގި މައްސަލަ: އިމްރާންގެ ރައްދެއް
ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފަށައިފި
ޑްރަގް މައްސަލަތަކުގެ ފައިދާ ސިޔާސީ މީހުން ނަގާ
ފުލުހުންގެ އެސްޕީއާރުގައި ބޮޑެތި މަގުސަދުތަކެއް
ކުޅުދުއްފުށީގައި އަވަށްޓެރި ފުލުހުންގެ ހިދުމަތް ފަށައިފި
ފުލުހުންނަށް ކަނޑައަޅާފައި އޮތީ ރަނގަޅު ބަޖެޓެއް
ފުލުހުންގެ ޒިންމާ ހޯމް މިނިސްޓަރަށް އޮތީ ހަވާލުކޮށްފައި