ބަންގްލަދޭޝްގެ ފިރިހެނަކާއެކު އެއްޖިންސުން ގުޅުން ހިންގަނިކޮށް، އާންމުވި ވީޑިއޯތަކުގެ މައްސަލަ ދޫކޮށް ނުލައްވާނެ ކަމަށާއި އެ މައްސަލައާ ގުޅިގެން ގާނޫނުގެ ތެރެެއިން އެޅެން އޮތް ފިޔަވަޅެއް އަޅާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ނުސީދާ ގޮތެއްގައި މިއަދު ވިދާޅުވެއްޖެ އެވެ.
20 ޖުލައި 2022
ބަންގްލަދޭޝްގެ ފިރިހެނަކާއެކު އެއްޖިންސުން ގުޅުން ހިންގަނިކޮށް، އާންމުވި ވީޑިއޯތަކުގެ މައްސަލަ ދޫކޮށް ނުލައްވާނެ ކަމަށާއި އެ މައްސަލައާ ގުޅިގެން ގާނޫނުގެ ތެރެެއިން އެޅެން އޮތް ފިޔަވަޅެއް އަޅާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ނުސީދާ ގޮތެއްގައި މިއަދު ވިދާޅުވެއްޖެ އެވެ.
މީގެ ގާތްގަނޑަކަށް މަސް ދުވަސް ކުރިން އާންމުވި، އެއްޖިންސުން ގުުޅުން ހިންގާ ވީޑިއޯތަކުގައި ތުހުމަތުވާ މީހުންނާ މެދު މާބޮޑު ފިޔަވަޅެއް ނާޅައި ދޫކޮށްލާފައި ތިބި މައްސަލައާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އިމްރާނަށް ވަނީ އަމާޒުވެފަ އެވެ.
ގިނަ ދުވަސްތަކެއް ވަންދެން އެ މައްސަލައާ ގުޅިގެން ހަނު ހުންނެވުމަށް ފަހު، އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާތްﷲ ގެ ކޯފާއަކަށް ގައުމު ހުށަހެޅޭ ފަދަ ހަޑިހުތުރު، ހަޑިމުޑުދާރު ފާހިޝް އަމަލުތައް ލޯކުރިމައްޗަށް ތަކުރާރުވާން ފެށުމުން ގާނޫނީ ހަމަތަކުގެ މަތިން އަޅަންވާ ފިޔަވަޅެއް އެޅުމަކީ ނުކޮށް ދޫކޮށްލައްވާނެ ކަމެއް ނޫން ކަމަށެވެ.
"ދީނީ ހުދޫދު ނެތިކޮށް ގައުމުގެ އިޖުތިމާއީ ފޭރާން ވީދާއި ﷲ ގެ ކޯފާއަށް ގައުމު ހުށަހެޅޭ ފަދަ ހަޑިހުތުރު މުޑުދާރު ފާހިޝް އަމަލުތައް ލޯމައްޗަށް ތަކުރާރުވާން ފެށީމަ ގާނޫނީ ހަމަތަކުގެ މަތިން އަޅަންވާ ފިޔަވަޅެއް އެޅުމަކީ އަޅުގަނޑު ނުކޮށް ދޫކޮށްލާނެ ކަމެއް ނޫން،" މި ސަރުކާރު ހިންގާ ކޯލިޝާންގެ އެއް ބައިވެރިޔާ އަދާލަތު ޕާޓީގެ ރައީސްގެ މަގާމު ވެސް ފުރުއްވާ އިމްރާންގެ ޓްވީޓުގައިވެ އެވެ.
Dheenuge hudhoodhu nethikoh, Qaumuge ijuthimaaee feyraan veedhai, Allah ge kofa ah qaumu hushahelheyfadha hadihuthuru mudhudhaaru faahish amaluthah lomachah thakuraaruvaan fesheemaa qaanoonee hamathakugemathin alhanvaa fiyavalhu elhumakee,IA alhugandu nukohdhookollane kamehnoon.
— Imran Abdulla (@ShimranAb) July 20, 2022
އެއްޖިންސުން ގުޅުން ހިންގި މައްސަލަ އެ ޓުވީޓްގައި އޭނާ ފާހަގަނުކުރެއްވިޔަސް ބެލެވޭ ގޮތުގައި އެ ޓްވީޓުގައި އިޝާރާތް ކުރެއްވީ އެ މައްސަލަ އަށެވެ.
ބައެއް ސިޔާސީ މީހުންނާއި މުޖުތަމައުގައި ނަން ހިނގާ ގިންތީގައި ތިބި ބައެއް މީހުންނާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ވީޑިއޯތަކުން ފެންނަ ބަންގްލަދޭޝްގެ އަލަމްގީރު ހައްޔަރުކޮށް، ފުލުހުން ތަހުގީގު ކުރިޔަސް އެ ވީޑިއޯތަކުން ފެންނަ ދިވެހިން މިހާތަނަށް ހައްޔެއް ނުކުރެ އެވެ. އެހެންވެ، އަދުލު އިންސާފު ހިންގަނީ ވަކި ބައެއްގެ މައްޗަށްތޯ ބުނެ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރާ މައްސަލަ އާއި މި އަހަރުގެ ޔޯގާ ހަރަކާތަށް ހުރަސްއެޅި ދީނީ އިލްމުވެރިންތަކެއް ހައްޔަރުކޮށް، އެ މީހުންގެ ބަންދުގެ އިތުރުކުރުމާ ގުޅިގެން ވެސް އިމްރާން ހަނު ހުންނެވުމުން ގިނަ ބަޔަކު އަންނަނީ އިމްރާނަށް ފާޑު ކިޔަމުންނެވެ.
ދީނީ ޕާޓީއެއްގެ ގޮތުގައި އަދާލަތު ޕާޓީ ވަކާލަތުކުރަމުން އަންނައިރު ސަރުކާރު ކޯލިޝަންގައި އޮވެ، ސަރުކާރުން ހިންގާ ކަމަށް ތުހުމަތުކުރާ ދީނީ ހިލާފު ކަންކަމަށް ހިމޭނުން އޮންނަ ކަމުގެ ތުހުމަތު ކުރިޔަސް މީގެ ދެތިން ދުވަހެއް ކުރިން އެ މައްސަލައާ ގުޅިގެން ވެސް އިމްރާން ވާހަކަ ދެއްކެވި އެވެ. އޭނާ ވިދާޅުވަނީ އިލްމުވެރިންނަށް އަނިޔާ ނުކުރައްވާނެ ކަމަށެވެ.
ބިދޭސީ ފިރިހެނަކާ އެކީ އެކި މީހުން އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ދައުރުވަމުންދާއިރު އަދި އާންމު ނުވާ އެތައް ބައެއްގެ ވީޑިއޯ ހުރި ކަމަށް ވަނީ އެނގިފަ އެވެ. އޭގެ ތެރޭގައި ސިޔާސީ މީހުންނާއި ވިޔަފާރިވެރިންނާއި ޖިންމާދާރު އެކި މަގާމުތަކުގައި އުޅޭ މީހުން ހިމެނޭ ކަމަށް ވެ އެވެ.
ފުޅާ ދާއިރާއެއްގައި އެއްޖިންސުން ގުޅުން ހިންގުމާއި ބްްލެކްމެއިލް ކުރުމުގެ މައްސަލައިގެ ވީޑިއޯތައް މި ފަހުން އާންމުވިޔަސް ފުލުހުން ބުނީ މިދިޔަ މާޗު މަހުން ފެށިގެން އޭގެ ރިޕޯޓް ލިބިގެން، އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އެއްޖިންސުން ގުޅުން ހިންގުމަކީ ބޮޑު އަދަބެއް ކަނޑައަޅާފައިވާ ކުށެއް ކަމަށާއި ތަހުގީގީ އިޖުރާއަތްތަކާ އެއްގޮތަށް މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ކުރިން ފުލުހުން ބުނެފައިވާ ގޮތުގައި އެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ލީކުކުރަމުންދާ މީހުން ވެސް ވަނީ ދެނެގަނެވިފަ އެވެ.
ސަފާރީ ކޭހަކީ އަޑު އެރި ވަރުގެ ކަމެއް ނޫން: އިމްރާން
އެއްވެ އުޅުމުގެ ގާނޫނަށް ގެނައި ބަދަލު އިސްލާހުކުރަނީ
ހަސަންގެ ވިސްނުމަށް ނަޝީދު ވެސް ތާއީދު!
ހަމަނުޖެހުންތައް ބަލަން ނިންމުމުން މިނިސްޓަރު ގޯސްވެއްޖެ
އިމްރާން ވިދާޅުވީ ޒިންމާ ނަގަންޖެހޭނީ ކޮމިޝަނުން ކަމަށް
މޮނިކަން އަމުރު ނެރެ، ޓެގް އެޅުވީ އެއް އަހަރަށް
5 ފުލުހަކަށް މިހާތަނަށް ކޮވިޑް ޖެހިފައިވޭ: އިމްރާން
ހަރުކަށި ފިކުރުގެ 8މީހެއްގެ ފައިގައި ޓެގް އަޅުވަނީ
މިނިސްޓަރު އިމްރާނާއި ސީޕީ ހަމީދު އިންޑިއާ އަށް
ހަރުކަށި ފިކުރުން ދީފާނެ ގެއްލުމަކަށް ތިބީ ތައްޔާރަށް