Roadha Mihaaru
އެއްވެ އުޅުމުގެ ގާނޫނަށް ގެނައި ބަދަލު އިސްލާހުކުރަނީ

އެއްވެ އުޅުމުގެ ގާނޫނަށް ކުރީ ސަރުކާރުން ގެނައި ބަދަލު އުވާލުމުގެ ވިސްނުމެއް ނެތް

18 އޯގަސްޓް 2020

އެއްވެ އުޅުމުާއި ޚިޔާލުފާޅުކުރުމުގެ މިނިވަން ކަމަށް ބޮޑެތި ހުރަސްތައް އެޅޭ ގޮތަށް، ސުލްހަވެރިކަަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ގެނައި ބަދަލު މުޅިން އުވައިލުމުގެ ބަދަލުގައި އިސްލާހުތަކެއް ގެންނަން ހުށަހަޅުއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އެއްވެ އުޅުމުާއި ޚިޔާލުފާޅުކުރުމުގެ މިނިވަން ކަމަށް ބޮޑެތި ހުރަސްތައް އެޅޭ ގޮތަށް، ސުލްހަވެރިކަަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ގެނައި ބަދަލު މުޅިން އުވައިލުމުގެ ބަދަލުގައި އިސްލާހުތަކެއް ގެންނަން ހުށަހަޅުއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީގުޅުންތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން، މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިމްރާންް ވިދާޅުވީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނު މިހާރު އޮތް ގޮތަށް ބޭއްވުމުގެ ބަދަލުގައި އެ ގާނޫނަށް އިސްލާހު ގެންނަން ޖެހޭ ކަމަށެވެ. ކުރީގެ ސަރުކާރުން ގެނައި ބަދަލުތަކާ އެކު މިހާރު އެ ގާނޫނު އޮތީ ގާނޫނުއަސާސީން ލިބިދޭ ހައްގަށް ހުރަސް އެޅޭ ގޮތަށް ގަބޫލުކުރައްވާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގާނޫނުއަސާސީން ލިބިދީފައިވާ ހައްގަށް އުނިކަން ލިބޭ ފަދަ ގޮތަކަށް އެމާއްދާ ބަދަލުކުރެވިފައި މިއަދު އޮތްކަން އަޅުގަނޑު ގަބޫލުކުރަން. އެއާ އެކުގައި އަޅުގަނޑު ހިތުން ހަމަ ހުރިހާ އެންމެން އެއްްބަސްްވެވަޑައިގަންނަވާނެ ބަދަލެއް ގެންނަ އިރު ނުވަތަ އިސްލާހެއް ގެންނަ އިރު އެ ގެނެވޭ އިސްލާހަކީ އޭގެ އެންމެ ފައިދާ ބޮޑު ނުވަތަ އެންމެ ރަނގަޅަށް ބޭނުންކުރެވޭނެ އިސްލާހަކަށް ހެދުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ވާނެ ކަމަށް،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވި ގޮތުގައި ފައިދާ ހުރި ގޮތަކީ އެއްވެ އުޅުމުގެ ފުރިހަމަ މިނިވަންކަން ރައްޔިތުންނަށް ގެނެސްދިނުމާއި އެކުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަަވަރުކުރުމާއި ދިމާވެދާނެ ބޮޑެތި ދަތިތަކުން މިންޖުވާނެ ގޮތަކަށް އެ ގާނޫނު ބައްޓަން ކުރުން ކަމަށެވެ.

އެގޮތުން ގެންނަ ބަދަލުގައި ހިމެނިދާނެ ކަންތައްތައްކެއް ވެސް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް އެއީ ހޯމް މިނިސްޓްރީން އެކުލަވާލާ އިސްލާހުގައި ހިމަނާނެ ކަންތައްތަކެއް ކަމެއްް ނުވަތަ ނޫންކަމެއް ވިދާޅެއް ނުވެ އެވެ.

"ގްރީން ޒޯނެއް ކަނޑައެޅުން އެއީ އެއް ކަމަކަށް ވެދާނެ. ކޮންމެވެސް ކަހަލަ ވަގުތުތަކެއް ކަނޑައެޅުން އެއީ އެއްކަމަކަށް ވެދާނެ. އެހެންވީމާ އަޅުގަނޑުވެސް ނެތިން ސީދާ ވަކި ގޮތެއް ކުއްލިއަކަށް މިހެން ދަންނަވާކަށް. އެހެން ނަމަވެސް އިސްލާހުކުރެވެން ވާނެ ކަަމަށް އަޅުގަނޑު ގަބޫލުކުރަން. މިހާރު މިއޮތީ ވަރަށް ބޮޑަށް ހިފެހެއްޓިފައި. ވަރަށް ބޮޑަށް ހަނިކުރެވިފައި،" އިމްރާން ވިދާޅުވި އެވެ.

ފުލުހުން ބުނަނީ ދޫކޮށްލައިިފިއްޔާ ދަތިވާނެ ކަަމަށް

ފުލުހުންގެ އިސް ދެ ބޭފުޅަކާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ނަޒީރު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި މިއަދު ބައިވެރިވެވަޑައިގަންނަވަނީ.

ފުލުހުންގެ އިސް ދެ ބޭފުޅަކާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ނަޒީރު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި މިއަދު ބައިވެރިވެވަޑައިގަންނަވަނީ.

ފުލުހުންގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނަށް (2016 ވަނަ އަހަރު) ގެނައި ބަދަލު އުވައިލުމުގެ ބަދަލުގައި މުޒާހަރާ ކުރެވޭ ތަންތަން އިތުރުކުރުން ފަދަ ބަދަލުތައް ގެނެވިދާނެ ކަމަށެވެ. އެކަމަކު އެ ބަދަލު މުޅިން ދޫކޮށްލަައިފި ނަމަ ދިމާވާ ދަތިތަކެއް އެބަހުރި ކަމަށާއި އެގޮތުން ވަރަށް ގިނަ ހައްގުތައް ގެއްލޭ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެގޮތުން ކުޑަކުދިންގެ ހައްގު އެބަ ގެއްލޭ. މަގުމަތީ ހިނގާބިނގާވާ މީހުންގެ ހައްގު އެބަ ގެއްލޭ. ދުއްވާ އެއްޗެހި ދުއްވުމުގެ ހައްގު އެބަ ގެއްލޭ. އެމްބިއުލާންސްގެ ހައްގު އެބަ ގެއްލޭ. ވިޔަފާރިވެެރިންގެ ހައްގު އެބަ ގެއްލޭ. އެހެންވީމާ އެނޫން ގޮތަކަށް އެކަން ކުރެވޭނެ އެހެން ގޮތަަކަށް މި ގާނޫނަށް އިސްލާހުތަކެއް ގެނެވިއްޖެ ކަމަށް ވަންޏާ އެއީ އެންމެ ރަަނގަޅު ގޮތް ކަމަށް ވުން އެކަށީގެންވޭ،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލުހުންނަށް އަންގައިގެން އެއްވުންތައް ބޭއްވުމާއި ނާންގާ ބޭއްވުމަކީ މުޅިން ތަފާތު ދެ ކަމެއް ކަމަށާއި ހުއްދަ ނުނަގައި ބާއްވާ އެއްވުންތައް ރޫޅާލާއިރު އެހެން ރައްްޔިތުންނަށް ވެސް އޭގެ ގެއްލުން ކުރިމަތިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންވެ ފުލުހުން އެދެނީ ބަދަލު އެއްކޮށް އުވައިލުމުގެ ބަދަލުގައި އިސްލާހުތަކެއް ގެންނަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި އިމްރާން އެއްބަސްވެވަޑައިގެންނެވީ އިސްލާހެއް ޑްރާފްޓްކޮށް ކުރިއަށް އޮތް ތިން ހަފްތާގެ ތެރޭގައި މަޖިލީހަށް ފޮނުއްވުމަށެވެ. އެހާ ދުވަސް އެކަމަށް ބޭނުން ވަނީ ކޮވިޑްގެ ހާލަތު އޮތުމުން މުވައްޒަފުން އައިސޮލޭޓްވާން ޖެހޭ ހާލަތު ގިނަ ގިނައިން ކުރިމަތިވާތީ އެވެ.

ބައެއް މެމްބަރުންގެ ކަންބޮޑުވުން

ހޯމް މިނިސްޓަރާއި ފުލުހުން އެގޮތަށް ވާހަކަ ދެއްކެވުމުން ކޮމިޓީގެ ބައެއް މެމްްބަރުން އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި އެ ކަންބޮޑުވުންތަކުގެ ސުވާލުތައް ކުރިމަތިކުރެއްވި އެވެ. އެގޮތުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް (2016 ވަނަ އަހަރު) ގެނައި ބަދަލު އުވައިލުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއް ކަމަށެވެެ. އެއީ އަމަލުކުރަން ނުޖެހޭ ބަދަލެއް ކަމަށް އެމަނިކުފާނު ކުރިން ވިދާޅުވެފައިވާ ކަމަށް ވެސްް އުޝާމް ވިދާޅުވި އެވެ.

"ރައީސުލް ޖުމްހޫރިއްޔާ ވެފައި އޮތް ވައުދެއް މި އިސްލާހާ އެއްގޮތަށް އަމަލުނުކުރުން އެއީ. އެހެންވީމާ އަޅުގަނޑުގެ ތިން ވަނަ ސުވާލަކީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ ކުރިމަތީގަައި ވެފައި އޮތް އެ ވައުދާ އެއްގޮތަށް ތިޔަ ބޭފުޅުން މިކަން ނުކުރައްވަން ތިޔަ އުޅުއްވާ ސަބަބަކީ ކޮބައިތޯ؟" އުޝާމް ވިދާޅުވި އެވެ.

އުޝާމްގެ އެ ސުވާލަށް ކޮމިޓީގެ ރިޔާސަތުން މުގައްރިރު އަދި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވީ އެއީ ހޯމް މިނިސްޓަރާއި ފުލުހުން ޖަވާބު ދެއްވަން ޖެހިވަޑައިގަންނަވާ ސުވާލެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ އެ ގާނޫނު ފާސްކޮށްފައި އޮތީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި އެއީ ހޯމް މިނިސްޓްރީ އާއި ފުލުހުންނާ ވެސް ބެހޭ ކަމެއްް ނޫން ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ނިންމަވާ ނިންމެވުމަކަށް ފުލުހުންނަށް އިންކާރުކުރެވިދާނެ ކަމަކަށް ނުފެނޭ. އެހެން ނަމަވެސް ފުލުހުންނަކީ ގާނޫނަށް އަމަލުކުރަން ޖެހޭ ބައެއް. އެހެންވީމާ ގާނޫނުގައި އޮތް ގޮތަކަށް،" ޝަރީފް ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުުމުގައި އިމްރާން ވިދާޅުވީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ގެންނަ ބަދަލުތަކުގެ ޑްރާފްޓެއް ކުރިއަށް އޮތް ތިން ހަފްތާ ތެރޭގައި މަޖިލީހަށް ފޮނުއްްވާނެ ކަަމަށެވެ.