Roadha Mihaaru

އެއްވުން ރޫޅާލިގޮތާ ބެހޭ ގޮތުން ހޯމް މިނިސްޓަރާ ސުވާލުކުރަނީ

މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާ ދެކޮޅަށް ރޭ ކުރި މުޒާހަރާ ރޫޅައިލި ގޮތާ ބެހޭ ގޮތުން ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ރައްޔިތުންގެ މަޖިލީހުން ސުވާލުކުރަން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީީޕީ މެމްބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ހުށަހަޅުއްވައިފި އެވެ.

އެއްވުން ރޫޅާލި ގޮތާ މެދު ހޯމް މިނިސްޓަރާ ސުވާލުކުރަނީ
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

02 މެއި 2021

މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާ ދެކޮޅަށް ރޭ ކުރި މުޒާހަރާ ރޫޅައިލި ގޮތާ ބެހޭ ގޮތުން ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ރައްޔިތުންގެ މަޖިލީހުން ސުވާލުކުރަން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީީޕީ މެމްބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި މީކާއީލް އެދިވަޑައިގެންނެވީ ފަސް ސުވާލެއް އިމްރާނަށް ފޮނުއްވައި، ލިއުމުން ޖަވާބު ހޯއްދަވައިދެއްވުމަށެވެ. އެ ސުވާލުތަކަށް ޖަވާބު ހޯއްދަވައިދެއްވަން އޭނާ އެދިވަޑަައިގަތީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 80 ވަނަ މާއްދާގެ ދަށުންނެވެ.

ސުވާލުތައް

1- މުޒާހަރާ ރޫޅައިލުމުގައި ފުލުހުން، ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައި ވާއިރު، މިހައިތަނަށް މިކަމާ ގުޅިގެން އެއްވެސް ފުލުހަކަށް ފިޔަވަޅެއް އެޅިފައިވޭތޯ؟ އަދި އެޅިނަމަ އެޅީ ކޮން ފިޔަވަޅެއްތޯ؟

2- މުޒާހަރާ ރޫޅައިލަން ދިޔަ ފުލުހުން ޔުނިފޯމް އަޅައިގެން ތިބީ ފުލުހުންގެ ގާނޫނުގެ ދަށުންް އެ މީހުންގެ ސާވިސް ނަމްބަރު ފެންނަ ގޮތަށްތޯ؟

3- މުޒާހަރާ ރޫޅައިލަން ހަރަކާތްތެރިވީ އެކަމާ ގުޅޭ، އެކަށީގެންވާ ޓްރެއިނިން ލިބިފައިތިބި ފުލުހުންތޯ؟

4- މުޒަހާރަތަކާއި އެކިއެކި އެއްވުންތައް ރޫޅައިިލުމުގައި ފުލުހުން ހަރަކާތްތެރިވާއިރު ބޮޑީ ކެމެރާ ބޭނުންނުކުރަނީ ކީއްވެތޯ؟

5- ބޮޑެތި ތުހުމަތުކުރެވިގެން އެ ތުުހުމަތުކުރެވޭ ފަރާތްތަކުގެ ވަނަވަރު ހާމަކުރާ އިރު ހުރިހާ ފަހަރަކު އެއް އުސޫލަކުން އަމަލުނުކުރަނީ ކީއްވެތޯ؟

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް، މަޖިލިހުގެ ކޮމިޓީއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. މުޒާހަރާ ރޫޅައިލި ގޮތާ ބެހޭ ގޮތުން ހޯމް މިނިސްޓަރު އިމްރާނާ ސުވާލުކުރައްވަން އޭނާ ހުށަހެޅުއްވި. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރޭ ބޭއްވި މުޒާހަރާ ރޫޅައިލުމުގައި ފުލުހުން އަަމަލުކުރި ގޮތާއި މުޒާހަރާތައް ރޫޅައިލުމުގައި އާއްމުކޮށް އަމަލުކުރާ ގޮތާއި ބެހޭ މި ސުވާލުތައް އިމްރާނަށް ފޮނުއްވަން މީކާއީލް ހުށަހަޅުއްވާފައި މިވަނީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފައިވާ ވަގުތެއްގަ އެވެ.

ޒުވާނުންތަކެއް އިސްވެ ފަށާފައިވާ "ރައިޒް އަޕް އެމްވީ" މޫވްމަންޓުން ބޭއްވި އިހުތިޖާޖު ފެށީ ރަސްފަންނު ސަރަހައްދުންނެވެ. އެ ތަނުގައި ތިބެގެން އަޑުގަދަކުރާ ބޭނުންކޮށްގެން ޝުއޫރު ފާޅުކުރުމަށް ފަހު މަޖީދީ މަގު ސަންފްރޮންޓް ފިހާރައާ ހަމައަށް ދިޔަތަނާހެން ފުލުހުން ވަނީ ހުރަސް އަޅަން ފަށައިފަ އެވެ.

އެގޮތުން މުޒާހަރާއަށް ހުރަސް އެޅި އިރު، ޒުވާނުންގެ ގަޔަށް ޕެޕަސްޕްރޭ ޖަހާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯގައި ފެންނަ ގޮތުގައި ފުލުހުން ވަނީ ވަރަށް ގަދަ އަށް ޕެޕާ ސްޕްރޭ ޖަހައިފަ އެވެ. އަދި އަނިޔާވެރިކަމާ އެކު، މީހުން ދުރުކުރަމުން ދާތަން އެ ވީޑިއޯގައި ފެނެ އެވެ.

ކަމުގައި ހާލަތާ ނުބައްދަލު ބޭނުންކޮށްފައިވާ ކަމަށް އިހުތިޖާޖުގެ ބައިވެރިން ދެކެ އެވެ. އަދި އެ އިހުތިޖާޖުގެ ފޮޓޯތައް އާންމުވުމާ އެކު، އާންމުންގެ ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް ވެސް ފުލުހުންނަށް ވަނީ އަމާޒުވެފަ އެވެ.