23 ފެބުރުއަރީ 2021
އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު ޑރ. އަބްދުﷲ ފައިރޫޝްއާ ބެހޭ ގޮތުން ގިނަ ވާހަކަތަކެއް ދެއްކި ނަމަވެސް އޭނާއާ ގުޅޭ އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށާއި އެހެންވެ އޭނާގެ ރިޓަޔަމަންޓް ހިފެހެއްޓޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގައި މިއަދު ވިދާޅުވެއްޖެ އެވެ.
އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު ޑރ. އަބްދުﷲ ފައިރޫޝްއާ ބެހޭ ގޮތުން ގިނަ ވާހަކަތަކެއް ދެއްކި ނަމަވެސް އޭނާއާ ގުޅޭ އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށާއި އެހެންވެ އޭނާގެ ރިޓަޔަމަންޓް ހިފެހެއްޓޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގައި މިއަދު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ ހިދުމަތުގައި 20 އަހަރު އުޅުއްވުމަށް ފަހު ފައިރޫޝް ރިޓަޔާކުރެއްވީ ޖެނުއަރީ 2، 2021 ގަ އެވެ. އޭނާއަކީ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވަން މެދުވެރި ފެބްރުއަރީ 7، 2012ގެ ހަމަނުޖެހުންތަކުގައި ފުލުހުންގެ ތެރޭގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އޭނާ ރިޓަޔާކުރެއްވީ އެ ދުވަހު ނުކުތް ފުލުހުންނާ މެދު ފިޔަވަޅު އެޅުމުގެ މަގުސަދު ބާއްވައިގެން އެކުލަވާލި ގާނޫނު ތަސްދީގުކުރެއްވިތާ ހަ ދުވަސް ފަހުންނެވެ.
ފައިރޫޝްއާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް އިމްރާން ހާޒިރުކޮށް މިއަދު ސުވާލުކުރި އެވެ. އިމްރާނަކީ ވެސް ފެބްރުއަރީ 7، 2012 ގައި އެމްޑީޕީ ސަރުކާރާ ދެކޮޅަށް ނުކުތް އިދިކޮޅު ފަރާތްތަކުގެ އިސް އެއް ލީޑަރެވެ.
ކޮމިޓީގައި އިމްރާން ވިދާޅުވީ ފައިރޫޝް ރިޓަޔަކުރައްވަން ތައްޔާރުވަމުން ގެންދެވިތާ ހަތް ވަރަކަށް މަސް ވެފައިވާ ކަމަށެވެ. އޭނާ ރިޓަޔަކުރައްވަން އުޅުއްވި އިރު ފުލުހުންގެ ގާނޫނަށް އެފަދަ އިސްލާހުތަކެއް ގެންނަން އުޅޭކަން އެނގިވަޑައިގެންފައި ނުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ ފައިރޫޝް ރިޓަޔަކުރެއްވިއިރު ރިކޯޑް ސާފުކުރާ ފޯމް ހުށަހެޅުން ފަދަ ހުރިހާ އިޖުރާއަތުތަކެއް ވެސް ފުރިހަމަ ކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑާއި ހޯމް މިނިސްޓްރީއަށް ވެސް އޭނާއާ ގުޅޭ މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ވާހަކަ ވަރަށް ބައިވަރު އެބަހުރި. ތިކަމަށް އިންކާރެއް ނެތް ކުރެވޭކަށް. އެކަމަކު ވާހަކަ އެކަންޏެއް ނޫން. ފުރިހަމަ ވާން ޖެހޭ ލިޔެކިޔުމެއް ވިޔަސް ނުވަތަ މައްސަލައެއް، ހުށަހެޅުމެއް ވިޔަސް އޮންނަން ޖެހޭނެ،" އިމްރާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލުހުންގެ ބިލުގައި އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެ އިސްލާހެއް ހިމަނައި، ފައިރޫޝްއާ މެދު ފިޔަވަޅު އަޅަން ޖެހޭ ފަދަ އިޝާރާތެއް ރައްޔިތުންގެ މަޖިލީހުންނާއި އެހެން އެއްވެސް ދިމާލަކުން ލިބިވަޑައިގެންފައިނުވާ ކަމަށެވެ. އަދި މިއަދާ ހަމަޔަށް އައިއިރު ވެސް ފައިރޫޝްއާ ގުޅޭ މައްސަލައެއް ލިބިވަޑައިގެންފައިނުވާ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. އެހެންކަމުން އޭނާ ވިދާޅުވީ އެ ރިޓަޔަމަންޓް ހުއްޓުވޭނެ ގޮތެއް ނެތް ކަމަށެވެ.
"އެ ހިސާބަށް އައިއިރު މައްސަލައެއް ހުށަހެޅިއެއް ނެތް. އަދި އަޅުގަނޑާ އެކަހަލަ އެއްވެސް ސުވާލެއް ކުރެވިފައި ނެތް ބޭފުޅެއްގެ ރިޓަޔަމަންޓް ހިފެހެއްޓުން އެއީ ކުރެވިދާނެ ކަމެއް ކަމަށް އަޅުގަނޑަށް އޭރަކު ގަބޫލެއްނުކުރެވޭ،" އިމްރާން ވިދާޅުވި އެވެ.
ޕޮލިސް ސްޓޭޝަން މަޝްރޫއުގެ ފައިސާ އަދިވެސް ހަމަނުޖެހޭ
ފުލުހުންނަށް އެފަހަރަކު ޖެހުނު ވަޒީރެއް!
އިންކުއަރީ އަށް އިމްރާން މަޖިލީހަށް ހާޒިރުކޮށްފި
މޭޑޭގެ މުޒާހަރާ:ދެ ފުލުހަކު ޓްރެއިނިން ފުރިހަމަނުކުރޭ
އެއްވުން ރޫޅާލި ގޮތާ މެދު ހޯމް މިނިސްޓަރާ ސުވާލުކުރަނީ
އެއްވެ އުޅުމުގެ ގާނޫނަށް ގެނައި ބަދަލު އިސްލާހުކުރަނީ
ހަސަންގެ ވިސްނުމަށް ނަޝީދު ވެސް ތާއީދު!
ހަމަނުޖެހުންތައް ބަލަން ނިންމުމުން މިނިސްޓަރު ގޯސްވެއްޖެ
ޕޮލިސް އެކަޑަމީގައި މިލިޓަރީ ކަމެއް ނުހިންގާނެ:އިމްރާން
ހައްމާދަށް ހަމަލާ ދިނީ އެކަކު: އިމްރާން