02 ޖޫން 2020
ވީނުވީއެއް ނޭނގި ގެއްލުވައިލާފައިވާ މީހުންނާއި ގޮތް ނޭނގޭ ގޮތަށް މަރާލާފައިވާ މީހުންގެ މައްސަލަތައް ނުނިމި ލަސްވަނީ ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބިގެން ނޫން ކަމަށާއި އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
ވީނުވީއެއް ނޭނގި ގެއްލުވައިލާފައިވާ މީހުންނާއި ގޮތް ނޭނގޭ ގޮތަށް މަރާލާފައިވާ މީހުންގެ މައްސަލަތައް ނުނިމި ލަސްވަނީ ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބިގެން ނޫން ކަމަށާއި އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ގައި އިމްރާން ވިދާޅުވީ އެ މައްސަލަތައް ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފެއްދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޮވެމްބަރު 17، 2018 ގައި ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ފުއްދެވި ވައުދު ކަމަށެވެ. އެކަމަށް ހޯމް މިނިސްޓްރީން ވަރަށް ބޮޑު އިސްކަމެއް ދެމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"ފުލުހުންގެ މައްޗަށް އޮތީ އެ ބޭފުޅުންނަށް އެހީތެރިވެ ދިނުން. އެގޮތުން އެ ބޭފުޅުން އެދުނު ހުރިހާ އެހީއެއް ފޯރުކޮށްދީފައި ވާނެ. ފުލުހުންގެ އަތުގައި ހުރި ހުރިހާ ހެކިތަކާއި މައުލޫމާތުތައް ވެސް ވާނީ ދީފައި. އަދި ދާދި ފަހުން ފޮރެންސިކް ޓީމުތައް ވެސް އެ ބޭފުޅުންނާ އެކު މައްސަކަތް ކުރުމަށް ހަމަޖައްސައި ދީފައި" އިމްރާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ފުލުހުންގެ ޓީމު އޮތީ އެ މަސައްކަތް ފުލުހުންނާ ހަވާލުކުރިޔަސް، ފުލުހުންގެ ދައުރެއް ކޮންމެ ހާލަތެއްގައި އޭގެ ތެރޭގައި އަޔަސް އެހީތެރިވާން ތައްޔާރަށް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ދާދި ފަހުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދާ އެއްގޮތަށް، ވީ އެންމެ އަވަހަކަށް އެ މައްސަލަތައް ބަލައި ނިންމާނެ ކަމުގެ ޔަގީންކަން އިމްރާން ދެއްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ނަޝީދުގެ އެ ވާހަކަފުޅަށް ރިއާޔަތް ކުރައްވައި މިނިސްޓަރު އިމްރާން ވިދާޅުވީ އެ މައްސަލައިގައި ފުލުހުންގެ ފަރާތުން ދޭންޖެހޭ ހުރިހާ އެއްބާރުލުން ދޭނެ ކަމާއި އެކަމުގައި ފަސް ނުޖެހޭނެ ކަމުގެ ޔަގީންކަން ނަޝީދަށް އަރުވާފައިވާނެ ކަމަށެވެ.
މިދިޔަ އަހަރުތަކުގެ ތެރޭގައި ހިންގާފައިވާ ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ކޮމިޝަނެއް އެކުލަވާލާފައިވާއިރު، އެ ކޮމިޝަނުގެ އިހްތިސާސްގައި ހިމެނޭ ބައެއް މުހިންމު މައްސަލަތުގެ ތެރޭގައި ޑރ. އަފްރާޝީމް އަލީގެ މަރާއި ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވައިލުމުގެ އިތުރަށް ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ހިމެނެ އެވެ.
މި މައްސަލަތައް ތަހުގީގުކޮށް، ނެރެފައިވާ ރިޕޯޓުގައިވާ ގޮތުން، ރިލްވާން ވަނީ މަރާލައިފަ އެވެ. ޑރ. އަފްރާޝީމާއި ރިލްވާންގެ މަރުގެ ފަހަތުގައި ވެސް ވަނީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ ބައެއް ކަމަށް ފުލުހުން ބުނެފައި ވެ އެވެ.
ހިޔާނާތުގެ މައްސަލަތައް ބެލުމަށް ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަނުން ބަލާ އެންމެ މުހިންމު އެއް ކަމަކީ އެމްއެމްޕީއާރުސީގެ ހިޔާނާތެވެ. އެމްއެމްޕީއާރުސީގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތަހުގީގު ހިންގައި އެ މަނިކުފާނަށް އެކަނި ހުކުމްކޮށް، ޖަލަށް ލާފައިވާއިރު، 1.3 ބިލިއަން ރުފިޔާގެ ހިޔާނާތް ވެފައިވާ ކަމަށް ރަސްމީ އިދާރާތަކުން ވަނީ ބުނެފަ އެވެ.
މަރުތަކަށް އިންސާފު ނުލިބެނީ ނުފޫޒު ވަންނާތީ:މިނިސްޓަރު
މަރުތަކުގެ ހަގީގަތް ހޯދޭނެކަން ޔަގީން: ސީޕީ ހަމްދޫން
އަފްރާޝީމް، ރިލްވާން، ޔާމީންގެ މައްސަލަ ރިވިއުކުރަނީ
ރިލްވާން ގެއްލުނުތާ ތިން އަހަރު، ޖަވާބެއް ނެތް!
ދޫކޮށްލި އަހަނދު ފައިގައި ޓެގް އަޅުވައިފި
އެއްޖިންސުން ގުޅުންހިންގި މައްސަލަ: އިމްރާންގެ ރައްދެއް
އިމްރާން މަޖިލީހުގައި ހެދީ ދޮގު، މަގާމުގައި ނުހުރެވޭނެ
ސަފާރީ ކޭހަކީ އަޑު އެރި ވަރުގެ ކަމެއް ނޫން: އިމްރާން
އެއްވެ އުޅުމުގެ ގާނޫނަށް ގެނައި ބަދަލު އިސްލާހުކުރަނީ
ވެރިކަން ހޯދީ ރިލްވާންގެ ނަން ބޭނުންކޮށްގެން: އާއިލާ