02 ނޮވެމްބަރ 2021
ރާއްޖޭގެ އިގްތިސާދަށް ނޭދެވޭ އަސަރެއް ކޮށްފައިވާ މި ދަތި ދުވަސްވަރު ވެސް ދައުލަތުން ފުލުހުންނަށް އަންނަ އަހަރަށް ކަނޑައަޅާފައި ވަނީ ވަރަށް ރަނގަޅު ބަޖެޓެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އިގްތިސާދަށް ނޭދެވޭ އަސަރެއް ކޮށްފައިވާ މި ދަތި ދުވަސްވަރު ވެސް ދައުލަތުން ފުލުހުންނަށް އަންނަ އަހަރަށް ކަނޑައަޅާފައި ވަނީ ވަރަށް ރަނގަޅު ބަޖެޓެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ ރޭންކާއި ގްރޭޑްގެ ކުރިއެރުން ދިނުމަށް މާލެ އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ފުލުހުންނާ މުހާތަބުކުރައްވައި، އިމްރާން ވިދާޅުވީ ޒަމާނީ ގޮންޖެހުންތަކާ ފައިހަމަކުރެވޭ ވަރުގެ މުއައްސަސާއަކަށް ފުލުހުން ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ބޮޑު އިސްކަންދެއްވާ ކަމަށާއި އިގުތިސާދު މިހާ ދަތި ދުވަސްވަރެއްގައި އަންނަ އަހަރަށް ފުލުހުންނަށް ކަނޑައަޅާފައިވާ ބަޖެޓަކީ އޭގެ ހެއްކެއް ކަމަށެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގައި ފުލުހުންނަށް 1.8 ބިލިއަން ރުފިޔާ ހާއްސަކޮށްފައިވެ އެވެ. މި އަހަރު ފުލުހުންގެ ބަޖެޓަކީ 1.6 ބިލިއަނެވެ.
"ރާއްޖޭގެ އިގުތިސާދު މިއޮތީ އަޅުގަނޑުމެން އެންމެ އެދޭ ހިތްހަމަޖެހޭ ގޮތަކަށް ނޫން. މުޅި ދުނިޔޭގެ އިގުތިސާދަށް ވަނީ ނޭދެވޭ އަސަރުކޮށްފައި. މި ހާލަތުގައި ވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން، ރައްޔިތުންގެ އުފާވެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުންގެ މުއައްސަސާ އަށް ދެވިފައިވާ ބަޖެޓަކީ މިކަމުގެ ހެއްކެއްކަން އަޅުގަނޑު ގަބޫލުކުރަން،" އިމްރާން ވިދާޅުވި އެވެ.
ފުލުހުންގެ ބަޖެޓް ކޯޑްކޮށް ތަރުތީބުކުރެވިފައިވާ ގޮތުން އެ މުއައްސަސާ ހަރުދަނާކުރުމުގެ ތެރެއިން ހާއްސަކޮށް ތަމްރީނާއި ހުނަރަށް ހޭދަކުރެވޭ މިންވަރު ވެސް އިތުރުކަން ފާހަގަކުރައްވައި، އިމްރާން ވިދާޅުވީ މުޖުތަމައު އަމާން ސުލްހަވެރި ތަނަކަށް ހެދުމަށްޓަކައި ކުށްކުރާ މީހުންނާއި ކުށްވެރިންގެ ވިސްނުމާއި ފިކުރަށް އަދި ކުށްވެރިން ކަންކަން ބައްޓަންކުރާ ގޮތާއި ކުށްކުރުމުގެ މުޅި މާހައުލަށް އަންނަ ބަދަލުތަކާ އެއްވަރަށް ފުލުހުން ފައިހަމަކޮށްގެން ނޫނީ، ރާއްޖެ އަމާން ވެއްޓަކަށް ނުހެދޭނެ ކަމަށެވެ.
ފުލުހުންގެ ރޭންކާއި ގްރޭޑްގެ ކުރިއެރުން ދިނުމަށް އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ހޯމް މިނިސްޓްރީ
އިމްރާން ވިދާޅުވީ ދައުލަތުގެ ތެރެއިން ފުލުހުންގެ މުއައްސަސާ އަށް ލިބިދޭން ޖެހޭ ކަރާމަތާއި ޝަރަފް ހޯދައިދިނުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށާއި މިނިސްޓަރު ހައިސިއްޔަތުން އޭނާ އަށް ލިބިފައިވާ ފުރުސަތާއި ވަސީލަތްތައް ބޭނުންކޮށްގެން ވެސް އެ ކަމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
"ފުލުހުންނަކީ އަމިއްލަ ނަފްސަށާއި އެމީހެއްގެ އާއިލާގެ މައްޗަށް، އަދި މުޅި މުޖުތަމައުގެ މައްޗަށް އަބަދު ވެސް އަދުލުވެރި، އިންސާފުވެރި، ހަމަހަމަކަން ފޯރުކޮށްދޭ ބައެއް. އަޅުގަނޑުމެންގެ ތެރެއިން އެކަން ނެތިގެން ހިނގައްޖެ ކޮންމެ ހިނދެއްގައި އޭގެ ހިތި ނަތީޖާ އާއި އަސަރު މުޅި ގައުމަށް ކުރާނެ،" އިމްރާން ވިދާޅުވި އެވެ.
ގާނޫނީ ވާޖިބާއި ޒިންމާ އަށް ވުރެ ބޮޑަށް އިޖުތިމާއީ އަމިއްލަ ފަރުދީ ޒިންމާ ބޮޑު ކަމަށާއި ފުލުހަކަށް ވީތީ އެ ޒިންމާ އަދާކުރަން ޖެހޭ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. މުޖުތަމައު އަށް ނުރައްކަލެއް ނުވަތަ ގޮންޖެހުމެއް ކުރިމަތިވެދާނެ ކޮންމެ ކަމަކުން ހަމަޖެހުމާއި ހިމޭންކަން ގެއްލިގެން ހިނގައިދާނެ އަދި ފަރުދަކަށް ދެރަކަމެއް ލިބިދާނެ ކޮންމެ ކަމަކުން ސަލާމަތްކޮށްދިނުމުގައި ފުލުހުން ފަރުދީ ޒިންމާ އަދާކުރަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޕޮލިސް ސްޓޭޝަން މަޝްރޫއުގެ ފައިސާ އަދިވެސް ހަމަނުޖެހޭ
އަބްދުﷲ ރަޝީދުގެ މަރުގައި އިހުމާލެއް ނެތް: އިމްރާން
ހިދުމަތް ރަނގަޅު ކުރަން ފުލުހުންގެ ބޮޑު ކޮންފަރެންސެއް
އެއްޖިންސުން ގުޅުންހިންގި މައްސަލަ: އިމްރާންގެ ރައްދެއް
ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފަށައިފި
ޑްރަގް މައްސަލަތަކުގެ ފައިދާ ސިޔާސީ މީހުން ނަގާ
ފުލުހުންގެ އެސްޕީއާރުގައި ބޮޑެތި މަގުސަދުތަކެއް
ކުޅުދުއްފުށީގައި އަވަށްޓެރި ފުލުހުންގެ ހިދުމަތް ފަށައިފި
ފުލުހުންގެ ޒިންމާ ހޯމް މިނިސްޓަރަށް އޮތީ ހަވާލުކޮށްފައި
އިމްރާންގެ ތަފާތު ވާހަކައެއް: ގޮންޖެހުން ކުރިމަތިވާނެ