Roadha Mihaaru
ސުޕަ މާރިއޯ ބްރޮސް ގޭމަކަށް ރެކޯޑް އަގެއް

ސުޕަ މާރިއޯ ބްރޮސް ގޭމަކަށް ރެކޯޑް އަގެއް

05 އެޕްރީލް 2021

މީގެ 35 އަހަރު ކުރިން ގަނެ ބޭނުން ނުކޮށް އޮތް ނިންޓެންޓޯގެ ސުޕަ މާރިއޯ ބްރޮސް ގޭމްގެ ކޮޕީއެއް ރެކޯޑް އަގަކަށް ނީލަމެއްގައި ވިކިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ 35 އަހަރު ކުރިން ގަނެ ބޭނުން ނުކޮށް އޮތް ނިންޓެންޓޯގެ ސުޕަ މާރިއޯ ބްރޮސް ގޭމްގެ ކޮޕީއެއް ރެކޯޑް އަގަކަށް ނީލަމެއްގައި ވިކިއްޖެ އެވެ.

ހެރިޓޭޖް އޮކްޝަންސް އިން އިންތިޒާމުކޮށްގެން ހުކިރު ދުވަހު އެމެރިކާގެ ޑަލަސްގައި ބޭއްވި ނީލަމުގައި ގޭމްގެ ވިކުނީ 660،000 ޑޮލަރަށެވެ. މިއާ އެކު ގޭމް ވެގެން ދިޔައީ މިހާތަނަށް އެންމެ ބޮޑު އަގެއްގައި ވިކުނު ސުޕަ މާރިއޯ ބްރޮސް ގޭމަށެވެ.

ކުރިން އެ ރެކޯޑް އޮތީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެ ގޭމްގެ އެމެރިކާ ވާޝަންގެ މިންޓް ކޮޕީއަކަށެވެ. އެ ނީލަމުގައި ވިކުނީ 114،000 ޑޮލަރަށެވެ. އޭގެ ކުރިން އެންމެ ބޮޑު އަގަކަށް ވިކުނު ސުޕަ މާރިއޯ ބްރޮސްގެ ރެކޯޑް އޮތީ 2019 ގެ ފެބްރުއަރީގައި 100،150 ޑޮލަރަށް ވިކުނު ގޭމަށެވެ.

ހެރިޓޭޖް އޮކްޝަންސް އިން ބުނި ގޮތުގައި ހުކުރު ދުވަހު ނީލަމުގައި ވިއްކައިލި ސުޕަ މޯރިއާ ބްރޮސް އަކީ އެ ގަތް މީހާ ކްރިސް ހަދިޔާއަކަށް ގަތް ގޮތަށް ބޭނުން ނުކޮށް މިހާތަނަށް ވައްގަނޑެއްގެ ތެރެއަށް ލާފައި އޮތް އެއްޗެކެވެ. އެކަމަމު އެ ގޭމްގެ ނިސްބަތްވާ މީހާ އާއި ގަތް މީހާގެ ނަމެއް ހާމައެއްނުކުރެ އެވެ.

ހެރިޓޭޖް އޮކްޝަންސްގެ ވީޑިއޯ ގޭމް ސްޕެޝަލިސްޓް ވެލަރީ މެކްލެކީ ވިދާޅުވި ގޮތުގައި ރެކޯޑް އަގަކަށް ވިއްކައިލި ގޭމަކީ މިހާތަނަށް ނީލަމެއްގައި ވިއްކައިލި ދުވަސްވީ ގޭމެއްގެ އެންމެ ރައްކާތެރި ކޮޕީ އެވެ.

ސުޕަ މާރިއޯ ބްރޮސް އަކީ ޖަޕާންގެ ނިންޓެންޑޯ އިން 1985 ގައި ނެރުނު ގޭމެކެވެ. އެއީ 1983 ގެ އާކޭޑް ގޭމް މާރިއޯ ބްރޮސްގެ އާ ވާޝަނެއްގެ ގޮތުގަ އެވެ.