12 ޖެނުއަރީ 2023
ޗައިނާގެ އަސްކަރީ ގާބިލުކަން އިތުރުކޮށް އިރުމަތީ ސަރަހައްދުގައި ޗައިނާގެ ނުފޫޒު ފަތުރަމުން ދިއުމާއެކު، އެކަމުގެ ރައްދުގައި އެމެރިކާ އާއި ޖަޕާނުގެ އަސްކަރީ ގުޅުން އިތުރަށް ވަރުގަދަކޮށް ހަނގުރާމައިގެ ތައްޔާރީ ހާލަތު ވެސް މަތިކޮށްފި އެވެ.
ޗައިނާގެ އަސްކަރީ ގާބިލުކަން އިތުރުކޮށް އިރުމަތީ ސަރަހައްދުގައި ޗައިނާގެ ނުފޫޒު ފަތުރަމުން ދިއުމާއެކު، އެކަމުގެ ރައްދުގައި އެމެރިކާ އާއި ޖަޕާނުގެ އަސްކަރީ ގުޅުން އިތުރަށް ވަރުގަދަކޮށް ހަނގުރާމައިގެ ތައްޔާރީ ހާލަތު ވެސް މަތިކޮށްފި އެވެ.
ދެ ގައުމުގެ މެދުގައި އޮތް އަސްކަރީ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ނިންމައި އިއްޔެ، ދެ ގައުމުން ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން، ޗައިނާގެ އަސްކަރީ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ އާންމު ނިޒާމަށް ވަނީ ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވެފަ އެވެ. އެ ނުރައްކަލުން ސަލާމަތް ވެވެން އޮތީ، އެމެރިކާ އާއި ޖަޕާނުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހިކޮށްގެން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެމެރިކާ އާއި ޖަޕާނުން މިކަން މި އިއުލާން ކުރީ ދެ ގައުމުގެ ޚާރިޖީ ވަޒީރުންނާއި ދިފާއީ ވަޒީރުން، އެމެރިކާގެ ވެރިރަށް ވޮޝިންޓަންގައި މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ފަހު އެވެ.
ދެ ގައުމުގެ ހަތަރު ވަޒީރުން އެކުގައި ތިއްބަވައިގެން އާންމު ކުރެއްވި ބަޔާނުގައި ބުނެފައިވާ ގޮތުން، ޗައިނާގެ ޚާރިޖީ ސިޔާސަތު އަމާޒު ކޮށްފައި ހުރީ ހަމައެކަނި އެ ގައުމުގެ މަސްލަހަތު ރައްކާތެރިކުރެވޭ ގޮތަށް ބައިނަލްއަގުވާމީ އާންމު ނިޒާމު ބައްޓަންކުރުމަށެވެ. އަދި ސިޔާސީ ގޮތުންނާއި، އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން އަދި ޓެކްނޮލޮޖީގެ ގޮތުން ޗައިނާގެ ބާރު ގަދަކުރަމުން އަންނަނީ ވެސް، އެ މިސްރާބަށް އަމާޒު ހިފައިގެން ކަމަށް އެ ބަޔާނުގައިވެ އެވެ.
އެމެރިކާ އާއި ޖަޕާނުން މި އެއްބަސްވި އާ ގުޅުމުގެ ތެރެއިން، ދެކުނު ޖަޕާނުގައި ތިބޭ އެމެރިކާ ސިފައިންގެ އަދަދު އިތުރުކޮށް އަސްކަރީ ފެންވަރުވެސް މަތިކުރެވޭނެ އެވެ. އެ ގޮތުން މިހާރު ގެންގުޅޭ ހަތިޔާރަށް ވުރެ ބާރުގަދަ އަދި އަސްކަރީ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން މިހާރަށް ވުރެ ފެންވަރު ރަނގަޅު ހަތިޔާރު އެ ސަރަހައްދަށް ފޮނުވުމަށް އެމެރިކާ އިން ވަނީ އެއްބަސްވެފަ އެވެ.
އޭގެ އިތުރުން ޖަޕާނުގެ އޮކިނާވާ ޖަޒީރާގައި ތިބޭ އެމެރިކާ ސިފައިން ބޭނުންކުރުމަށް، އަސްކަރީ މަނަވަރުތަކާ ދެކޮޅަށް ބޭނުންކުރާނެ ޒަމާނީ ހަތިޔާރު ފޮނުވާނެ އެވެ. އެފަދަ ހަތިޔާރު ފޮނުވުމުގެ ބޭނުމަކީ، ޗައިނާ ސިފައިން ތައިވާނަށް އަރައިގަންނަ ހާލަތެއްގައި އެކަން ހުއްޓުވުމަށް އެފަދަ ހަތިޔާރު ބޭނުންކުރުމެވެ.
އެމެރިކާގެ ދިފާއީ ވަޒީރު އެންޓޮނޯ ބްލިންކެން ވިދާޅުވި ގޮތުގައި ޖައްވީ ދިރާސާތަކުގެ ރޮނގުން ދެ ގައުމުގެ މެދުގައި އެއްބާރުލުމުގެ އެއްބަސްވުމެއްގައި މާދަމާ، ޖަޕާނާއި އެމެރިކާ އިން ސޮއިކުރާނެ އެވެ. މި އެއްބަސްވުމުގެ ބޭނުމަކީ، ޖައްވީ ދިރާސާތަކާއި ސައިބަ ސެކިއުރިޓީގެ ރޮނގުން ދެ ގައުމުގެ މެދުގައި މައުލޫމާތު ބަދަލުކޮށް އެ ދާއިރާތައް ކުރިއެރުވުމެވެ.
ޗައިނާގެ އަސްކަރީ ތަމްރީންތައް ތައިވާން ކައިރީގައި
އަސްކަރީ ފުރައްސާރަ ނުކުރުމަށް ތައިވާނުން ގޮވާލައިފި
މަސްރަހު ފިނިކުރަން އެމެރިކާގެ މާލީ ވަޒީރު ޗައިނާ އަށް
ދުނިޔޭގެ އަސްކަރީ ހޭދަ ރެކޯޑް މިންވަރަކަށް މައްޗަށް
ޗައިނާ އެ ތައްޔާރުވަނީ އަރައިގަންނަން: ތައިވާން
ތައިވާންގެ އަމާޒުތަކަށް ހަމަލާ ދިނުމުގެ ތަމްރީންތަކެއް
ތައިވާނާއި ރަޝިޔާ އަށް ހަތިޔާރު ދިނުން ވެސް ހަމަހަމަ
ޗައިނާ ކަނޑުގެ ސިފައިން ތަމްރީންތަކެއް ބާއްވައިފި
ރަތް ރޮނގު ހުރަސް ނުކުރަން ދެންނެވިން: ރައީސް ޝީ
ތައިވާނާ މެދު އޮތް ދެނެގަތުން ޗައިނާ ދޫކޮށްލައިފި