ވިމެން އިން ޓެކް މޯލްޑިވްސްގެ "މާސްޓަ ކްލާސް: ޑިޖިޓަލް ކޮމިއުނިކޭޝަން 101" ޕްރޮގްރާމްގެ ގޯލްޑް ޕާޓްނަރެއްގެ ގޮތުގައި އޫރީދޫން ބައިވެރިވެއްޖެ އެވެ.
01 އެޕްރީލް 2021
ވިމެން އިން ޓެކް މޯލްޑިވްސްގެ "މާސްޓަ ކްލާސް: ޑިޖިޓަލް ކޮމިއުނިކޭޝަން 101" ޕްރޮގްރާމްގެ ގޯލްޑް ޕާޓްނަރެއްގެ ގޮތުގައި އޫރީދޫން ބައިވެރިވެއްޖެ އެވެ.
ވިޔަފާރި ނުވަތަ ބްރޭންޑް ކުރިއަރުވަން ކޮންޓެންޓް ތައްޔާރުކޮށް ކަސްޓަމަރުންނާއި މުއާމަލާތުކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ މިޕްރޮގްރާމަކީ މީސްމީޑިއާ ބޭނުންކޮށްގެން ކަސްޓަމަރުންނާއި ފުރިހަމަ ގޮތެއްގައި މުއާމަލާތު ކުރާނެ ގޮތްތައް ދަސްކޮށްދޭނެ ޕްރޮގްރާމެކެވެ.
މިޕްރޮގްރާމްގައި ޓުވިޓާ، އިންސްޓަގްރާމް ފަދަ ޕްލެޓްފޯމްތަކުގައި ބޭނުންކުރާނެ ކޮންޓެންޓް ތައްޔާރުކުރުމާއި ކޮންޓެންޓް ކަސްޓަމަރުންނަށް އެންމެ ފުރިހަމައަށް ފޯރުކޮށްދޭނެގޮތް ކިޔައިދެވޭނެ އެވެ. އޫރީދޫގެ ޕާޓްނަޝިޕްގެ ދަށުން 12 ސްޓާޓްއަޕް ނުވަތަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މި ޕްރޮގްރާމްގައި ހިލޭ ބައިވެރިވުމުގެ ފުރުސަތު ހުޅުވިފައިވެ އެވެ.
އޭޕްރިލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ފަސް ސެޝަނަކަށް ބަހާލައިގެން ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި މެންޓަރިން ސަޕޯޓުގެ ބައެއް ވެސް ހިމެނޭނެ އެވެ. ޕްރޮގްރާމް ކުރިއަށްދާއިރު ކޮންމެ މައުލޫއަކުން ކޮންޓެންޓް އުފެއްދުމުގެ ޕްރެކްޓިކަލް ހަރަކާތްތަކެއް ކުރިއަށް ގެންދާނެ އެވެ. ބައިވެރިން ތައްޔާރުކުރާ ކޮންޓެންޓް އިތުރަށް ފުރިހަމަ ކުރުމަށް ވަކިވަކިން ބައިވެރިންނަށް އިރުޝާދު ވެސް ދޭނެ އެވެ.
މި ޕްރޮގްރާމް ފެސިލިޓޭޓް ކޮށްދޭނީ ތަޖުރިބާކާރެއް ކަމަށްވާ ވިނީތީ ސިންގް އެވެ. އެމްޕަވަރިން ބްރޭންޑްސް އަކީ ކޮމިޔުނިކޭޝަން އަދި ސޯޝަލް މީޑިއާ ސްޓްރެޓެޖީ އުފެއްދުމުގެ އެކި ޓްރެއިނިން ޕްރޮގްރާމްތައް ދުނިޔޭގެ 30 އަށް ވުރެ ގިނަ ގައުމެއްގައި ކުރިން ހިންގާފައިވާ ބައެކެވެ.
އުރީދޫގެ އީ ސީމް އާ އެކު އެއްފަހަރާ ނުވަ ސިމް
އުރީދޫން އިންޓަ ރިސޯޓު އީސްޕޯޓްސް ނިންމާލައިފި
އުރީދޫގެ ހިދުމަތް ދިނުމުގައި ކުޑަކުދިން ބައިވެރިވެއްޖެ
އުރީދޫ، އެމްއެމްޕީއާރުސީން ރާއްޖެ އިޝްތިހާރު ކުރަނީ
އުރީދޫން ހުޅުމާލެ ބޮޑު މިސްކިތް އޭސީކުރަނީ
އުރީދޫގެ ދައުވަތަކަށް ޕީއެސްޖީގެ ލެޖެންޓް އޮކޯޗާ ރާއްޖެއަށް
ޓެލެކޮމް ދާއިރާގެ ހާއްސަ އެވޯޑެއް އުރީދު އަށް
އުރީދޫގެ "ފަން ރަން" ލ. ގަމުގައި ބާއްވަނީ
އުރީދޫގެ ޑިޖިޓަލް އައިލެންޑަކަށް ނ.ލަންދޫ
އުރީދޫން ހިއްސާއަކަށް 3.27ރ. ބަހަން ފާސްކޮށްފި