Roadha Mihaaru
ކްރެއިގްގެ "ނައިވްސް އައުޓް" ފްރެންޗައިޒަކަށް

ޑެނިއަލް ކްރެއިގްގެ "ނައިވްސް އައުޓް"ގެ އިތުރު ދެ ފިލްމެއް

04 އެޕްރީލް 2021

ދެހާސް ނަވާރައިގައި ރިލީޒްކުރި އެކްޓަރު ޑެނިއަލް ކްރެއިގްގެ ކާމިޔާބު މިސްޓްރީ ފިލްމު "ނައިވްސް އައުޓް" ފްރެންޗައިޒަކަށް ބަދަލުކޮށް، އޭގެ އިތުރު ދެ ފިލްމެއް ގެނެސްދޭން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދެހާސް ނަވާރައިގައި ރިލީޒްކުރި އެކްޓަރު ޑެނިއަލް ކްރެއިގްގެ ކާމިޔާބު މިސްޓްރީ ފިލްމު "ނައިވްސް އައުޓް" ފްރެންޗައިޒަކަށް ބަދަލުކޮށް، އޭގެ އިތުރު ދެ ފިލްމެއް ގެނެސްދޭން ނިންމައިފި އެވެ.

ކުރީގެ ފިލްމު ވެސް ޕްރޮޑިއުސްކޮށް، ޑައިރެކްޓްކުރި ރިއަން ޖޯންސަނާއި ނެޓްފްލިކްސް ގުޅިގެން އިތުރު ދެ ފިލްމު ހަދަން ނިންމި އިރު އޭގެ ބަޖެޓަކަށް ނެޓްފްލިކްސްދެ ފިލްމުގެ ރައިޓްސް އަށް ނެޓްފްލިކްސް އިން 400 މިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ.

ނޮވެމްބަރު 27، 2019 ގައި ރިލީޒްކުރި "ނައިވްސް އައުޓް" އަކީ 40 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދައި، ބޮކްސް އޮފީހުގައި 311.4 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.

ޖޭމްސްގެ ބޮންޑްގެ ކުޅޭ ކްރެއިގާ އެކު ފިލްމުން އޭ ލިސްޓް ބޮޑު ކާސްޓެއް ފެނިފައިވެ އެވެ. އޭގެ ތެރޭގައި ކްރިސް އިވަންސް، އަނާ ޑި އާމަސް، މައިކަލް ޝެނަން، ކްރިސްޓޯފާ ޕްލަމާ، ޖެމީ ލީ ކާޓިސް، ޑޮން ޖޯންސަން، ލެކީތު ސްޓީންފީލްޑް އަދި ކެތެރީން ލޭންގްފޯޑް ހިމެނެ އެވެ.

"ނައިވްސް އައުޓް" އަކީ މުއްސަނދި ނުފޫޒު ގަދަ އާއިލާއެއްގެ އެންމެ އިސް މީހާ އޭނާގެ 85 ވަނަ އުފަން ދުވަހު ކުއްލި ގޮތަކަށް މަރުވުމާ ގުޅިގެން އެ ހާދިސާގެ ސިއްރުން ފުރިގެންވާ ހަގީގަތް ހޯދަން ކުރާ މަސައްކަތްް ދައްކުވައިދޭ ފިލްމެކެވެ.

މި ފިލްމަކީ 92 ވަނަ އޮސްކާ އެވޯޑްސްގައި އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭ އަށް ނޮމިނޭޓް ވެސް ވި ފިލްމެކެވެ.

ޑެޑްލައިނުން ބުނި ގޮތުގައި ރިއަން ޕްރޮޑިއުސަރު ރަމް ބާގްމަން މިހާރު އަންނަނީ "ނައިވްސް އައުޓް" ގެ ކުރިއަށް އޮތް ދެ ބައިގެ ތައްޔާރީތައް ވަމުންނެވެ. އަދި ދެ ފިލްމުން ވެސް ޑެނިއަލް އޭނާ ކުޅުނު ބެނޮއިޓް ބްލޭންކްގެ ކެރެކްޓާ އިން ފެންނާނެ އެވެ.

ކްރެއިގްގެ ބޮންޑްގެ ރޯލުން ފެންނާނެ ފަސް ވަނަ ފިލްމު އަދި ފަހު ފިލްމު "ނޯ ޓައިމް ޓު ޑައި" މި އަހަރުގެ އޮކްޓޯބަރު 8 ގައި ސިނަމާތަކަށް އަންނާނެ އެވެ.