Roadha Mihaaru
"ސްޓްރޭންޖަ ތިންގްސް 4" އަންނަ އަހަރަށް

"ސްޓްރޭންޖަ ތިންގްސް 4" އަންނަ އަހަރަށް

08 އޯގަސްޓް 2021

ނެޓްފްލިކްސްގެ ކާމިޔާބު ސުޕަނެޗްރަލް ސީރީޒް "ސްޓްރޭންޖަ ތިންގްސް" ގެ ހަތަރު ވަނަ ސީޒަނަށް މި އަހަރު ދެން އިންތިޒާރުކުރުމުގެ މާނައެއް ނެތެވެ. ނެޓްފްލިކްސް އިން މިހާރު ވަނީ އެ ގެނެސްދޭނީ އަންނަ އަހަރުކަން އާ ޓީޒާއަކާ އެކު އިއުލާންކޮށްފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ނެޓްފްލިކްސްގެ ކާމިޔާބު ސުޕަނެޗްރަލް ސީރީޒް "ސްޓްރޭންޖަ ތިންގްސް" ގެ ހަތަރު ވަނަ ސީޒަނަށް މި އަހަރު ދެން އިންތިޒާރުކުރުމުގެ މާނައެއް ނެތެވެ. ނެޓްފްލިކްސް އިން މިހާރު ވަނީ އެ ގެނެސްދޭނީ އަންނަ އަހަރުކަން އާ ޓީޒާއަކާ އެކު އިއުލާންކޮށްފަ އެވެ.

އެކަމަކު "ސްޓްރޭންޖަ ތިންގްސް 4" ގެނެސްދޭނެ ސީދާ ތާރީހެއް ހާމައެއް ނުކުރެ އެވެ. އަންނަ އަހަރަށް މި ފަސްކުރަން ޖެހުނީ މިދިޔަ އަހަރުގެ ފެބްއަރީ މަހުގެ ކުރީކޮޅު ޝޫޓިން ފެށިތާ މާ ގިނަ ދުވަސްތަކެއް ނުވެ، ކޮވިޑް-19 އާ ހެދި ޝޫޓިން ގިނަ ދުވަސްތަކެއް ވަންދެން މަޑުޖައްސައިލަން ޖެހުމެވެ. އެހެންވެ އަލުން ޝޫޓިން ފެށޭވަރުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. މި ސަބަބާ ހުރެ "ސްޓްރޭންޖާ ތިންގްސް 4" މި އަހަރު ގެނެސްދެވޭ ގޮތް ނުވި ނަމަވެސް، އަންނަ އަހަރަކީ ހަތަރު ވަނަ ސީޒަނާ އެކު މި ނިންމައި ވެސް ލާނެ ކަމަށް ބެލެވޭ އަހަރެވެ.

މި ސީރީޒް އަކީ ނެޓްފްލިކްސް އިން 2016 ގައި ގެނެސްދޭން ފެށި އެއްޗެކެވެ. އަށް އެޕިސޯޑާ އެކު "ސްޓްރޭންޖަ ތިންގްސް 3" ގެނެސްދިނީ 2019 ގެ ޖުލައިގަ އެވެ. މީގެ ފުރަތަމަ ސީޒަނުގައި ވެސް އަށް އެޕިސޯޑް ގެނެސްދިން އިރު، 2017 ގައި ގެ ދެވަނަ ސީޒަނުގައި ނުވަ އެޕިސޯޑް ހިމެނެ އެވެ.

މިހާތަނަށް "ސްޓްރޭންޖަ ތިންގްސް" ގެ ޖުމްލަ 25 އެޕިސޯޑް ގެނެސްދީފައިވެ އެވެ.

ބޮޑު ކާސްޓަކާ އެކު ގެނެސްދޭ ސީރީޒްގައި ޑޭވިޑް ހާބާ، ވިނޯނާ ރައިޑާ އަދި މިލީ ބޮބީ ބްރައުން ފަދަ މަޝްހޫރު ތަރިން ވެސް ހިމެނެ އެވެ.