ޕަރިނީތީ ޗޯޕްރާގެ އާ ފިލްމު "ދަ ގާލް އޮން ދަ ޓްރެއިން" އަންނަ މަހުގެ 26 ގައި ނެޓްފްލިކްސް އިން ޕްރިމިއާކުރާ ގޮތަށް ނިންމައި، އޭގެ ޓީޒާ ޓްރެއިލާއެއް ދައްކާލައިފި އެވެ.
15 ޖެނުއަރީ 2021
ޕަރިނީތީ ޗޯޕްރާގެ އާ ފިލްމު "ދަ ގާލް އޮން ދަ ޓްރެއިން" އަންނަ މަހުގެ 26 ގައި ނެޓްފްލިކްސް އިން ޕްރިމިއާކުރާ ގޮތަށް ނިންމައި، އޭގެ ޓީޒާ ޓްރެއިލާއެއް ދައްކާލައިފި އެވެ.
ދެހާސް ނަވާރަ އަހަރު އިނގިރޭސިވިލާތުގައި ޝޫޓްކުރި މި ފިލްމަކީ 2016 ގެ ހޮލީވުޑްގެ ސައިކޮލޮޖިކަލް ތުރިލާ "ދަ ގާލް އޮން ދަ ޓްރެއިން" ގެ ރިމެކެކެވެ. އޭގައި އެމިލީ ބްލަންޓް ކުޅުނު ރޯލުން ހިންދީ ފިލްމުން ފެންނާނީ ޕަރިނީތީ އެވެ.
ރިބޫ ސެންގުޕްތާ ޑައިރެކްޓްކުރި "ދަ ގާލް އޮން ދަ ޓްރެއިން" ގެ ހިންދީ ރިމެކްގެ ކާސްޓްގައި އަދިތީ ރާއޯ ހައިދްރީ އާއި ކްރިތީ ކުލްހާރީ އަދި މިދިޔަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން "ބުލްބުލް" ގެ ބަތަލު އަވިނާޝް ތިވާރީ ހިމެނެ އެވެ.
•THE GIRL ON THE TRAIN• ?? LETS DO THIS!
— Parineeti Chopra (@ParineetiChopra) January 13, 2021
26th Feb, only on Netflix. #TGOTT@aditiraohydari @IamKirtiKulhari @avinashtiw85 @tota_rc @SHAMAUN @ribhudasgupta @Shibasishsarkar @RelianceEnt @amblin @ZeeMusicCompany @NetflixIndia pic.twitter.com/sXBcCmkPA3
ޕަރިތީނީ ބުނި ގޮތުގައި "ދަ ގާލް އޮން ދަ ޓްރެއިން" އަކީ އޭނާގެ ކެރިއަރުގައި މިހާތަނަށް ކުޅެން ޖެހުނު އެންމެ އުނދަގޫ އަދި އެންމެ ބުރަކޮށް މަސައްކަތްކުރަން ޖެހުނު ރޯލެވެ.
އޭނާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ 2019 ގެ "ޖަބަރިޔާ ޖޯޅީ" އާއި "ކޭސަރީ" އިންނެވެ.
ބަތަލާ ޕްރިޔަންކާ ޗޯޕްޅާއާ ދެބޭންގެ ދެދަރި ޕަރިނީތީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އިންޑިއާގެ ބެޑްމިންޓަން ތަރި ސައިނާ ނެހްވާލްގެ ބައޮގްރަފިކަލް ޑްރާމާ "ސައިނާ" އާއި ރަންބީރް ކަޕޫރްގެ "އެނިމަލް" ގެ އިތުރުން ރިލީޒްނުކުރެވި ދިގުލައިގެން ގޮސްފައި އޮތް ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ސަންދީޕް އޯރް ޕިންކީ ފަރާރް" ހިމެނެ އެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ސޮނާކްޝީގެ "ބުލްބުލް ތަރަން" ނަހަދަން ނިންމައިފި
ނެޓްފްލިކްސްގެ "ލަސްޓް ސްޓޯރީޒް" ގެ ދެވަނަ ބައެއް
ކާތިކް 10 ދުވަހުން ނިންމި ފިލްމު އަންނަ މަހު
ކަންގަނާގެ "ތަލައިވީ" ނެޓްފްލިކްސް އަށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"މިމީ" އަކީ ކްރިތީގެ އެންމެ މޮޅު ފިލްމު
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް