Roadha Mihaaru
ފަރިވާ ފިހާރާގައި ރޯވުން:ސުޕްރީމްކޯޓުން ހުކުމާ ހަމައަށް

ފަރިވާ ފިހާރާގައި ރޯވުން: ސްޓެލްކޯއާ ދެކޮޅަށް ކުރާ ދައުވާ ހުކުމާ ހަމައަށް

29 މާޗް 2021

ފަރިވާ ފިހާރައިގައި ރޯވެ، އަނދައި ހުލިވި މައްސަލައިގައި ސްޓެލްކޯއާ ދެކޮޅަށް ކުރާ ދައުވާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފަރިވާ ފިހާރައިގައި ރޯވެ، އަނދައި ހުލިވި މައްސަލައިގައި ސްޓެލްކޯއާ ދެކޮޅަށް ކުރާ ދައުވާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފި އެވެ.

ޖެނުއަރީ، 2016 ގައި ފާމުލަދޭރި މަގުގައި ހުރި ފަރިވާ އިލެކްޓްރޯނިކްސް ފިހާރައިގައި ރޯވެ އެތަން އެއްކޮށް ވަނީ އަނދައިފަ އެވެ. އެ މައްސަލައިގައި އެ ފިހާރައިގެ ވެރިޔާ ހުސައިން ރަޝީދު ދައުވާކުރީ އެ ހާދިސާ ހިނގީ ސްޓެލްކޯ އިން ބަހައްޓާފައި ހުރި ކަރަންޓް ފޮށީގައި ރޯވެ، ފިހާރައާ ހަމައަށް އަލިފާން ދިއުމުގެ ސަބަބުން ކަމަށް ވާތީ ގެއްލުމުގެ ބަދަލަށް 33 މިލިއަން ރުފިޔާ ހޯދުމަށެވެ.

ސިވިލް ކޯޓާއި ހައި ކޯޓުން ވެސް ނިންމާފައި އޮތީ އެ ހާދިސާ ހިނގީ ސްޓެލްކޯގެ އިހުމާލުން ކަން ސާބިތުނުވާ ކަމަށެވެ.

އެ މައްސަލަ މަހުމާ ހުސައިން ރަޝީދުގެ ފަރާތުން އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުން މިއަދު ވަނީ އަޑުއެހުންތައް ނިންމާލައިފަ އެވެ. އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވި އެވެ.

އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.