Roadha Mihaaru
އިންޑަސްޓްރިއަލް ޒޯނުގައި ވިލާގެ ޕެޓްރޯލް ޝެޑެއް

ރިބްރޭންޑްކޮށް ވިލާގެ ޕެޓްރޯލް ޝެޑެއް އިންޑަސްޓްރިއަލް ޒޯންގައި ހުޅުވައިފި

25 މާޗް 2021

މާލެ އިންޑަސްޓްރިއަލް ޒޯންގައި ވިލާ ހަކަތައިގެ ޕެޓްރޯލް ޝެޑެއް މިއަދު ހުޅުވައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މާލެ އިންޑަސްޓްރިއަލް ޒޯންގައި ވިލާ ހަކަތައިގެ ޕެޓްރޯލް ޝެޑެއް މިއަދު ހުޅުވައިފި އެވެ.

މި ޝެޑު ހުޅުވާފައިވަނީ "ވިލާ ފިޔުލް"އަށް ރިބްރޭންޑް ކުރުމަށްފަހު އެވެ. މި ޝެޑުގައި ޕެޓްރޯލް އަޅަން 12 ޕޮއިންޓު އަދި ޑީސަލް އަޅަން ހަތަރު ޕޮއިންޓް ހުންނާނެ އެވެ.

މި ޝެޑަކީ ވިލާއިން ކުރިން ހިންގި ޝެޑާ ތަފާތު ޝެޑެއް ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން ޖާގައިގެ ގޮތުން ބޮޑުވެފައި ޑިޒައިން ވެސް ތަފާތު ވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ވިލާގެ ޕެޓްރޯލް ޝެޑު ކުރިން ހުރީ ދަރުމަވަންތަ ހޮސްޕިޓަލާ ކައިރީ މިހާރު ބަސް ސްޓޮޕް ހަދާފައި ހުންނަ ތަނުގަ އެވެ.

ވިލާއިން ބުނީ އާ ޕެޓްރޯލް ޝެޑާއެކު ހިދުމަތްތައް އަވަސްވެފައި، ކޮލިޓީ ރަނގަޅު ޕެޓްރޯލާއި ޑީސަލް ލިބޭނެ ކަމަށެވެ.

މި ޝެޑުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 11:00އާ ހަމައަށް ހިދުމަތް ލިބޭނެ އެވެ. އަދި ކޮންމެ ހުކުރު ދުވަހެއްގެ މެންދުރު 2:00ން ރޭގަނޑު 11:00އަށް ހިދުމަތް ލިބޭނެ އެވެ.