Roadha Mihaaru
ވިލާ ގޭހުން އީދަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

ވިލާ ގޭހުން އީދަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

08 މެއި 2021

ވިލާ ގޭހުން އީދަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ވިލާ ގޭހުން އީދަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަނުގައި ވިލާ ގޭސް ގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް އަލަށް ރަޖިސްޓްރީކުރާ މީހުންގެ މެދުގައި ލަކީޑްރޯއެއް ބާއްވާނެ އެވެ. އަދި ލަކީޑްރޯއިން ހޮވޭ 20 މީހަކަށް އެ ކުންފުނީގެ ވިލާ މާޓުގެ 100ރ. ގެ ގިފްޓް ވައުޗަރެއް ލިބޭނެ އެވެ.

މީގެ އިތުރުން މިހާރު ރަޖިސްޓްރީވެފައިވާ މީހުންނަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށް ވިލާ އިން ބުންޏެވެ. އެގޮތުން އެޕްލިކޭޝަން މެދުވެރިކޮށް ގޭސްފުޅިއަށް އޯޑަރު ކުރުމުން ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.

ފަރީދީ މަގު ފެންޓަސީ ކައިރީގައި ހުންނަ ވިލާ މާޓަކީ ކާބޯތަކެތި ވިއްކާ ފިހާރައެކެވެ.