Roadha Mihaaru
ފިޔަވަތި މަރާމާތު ކުރުމުގެ މަޝްރޫއު ނިންމާލައިފި

ފިޔަވަތި މަރާމާތު ކުރުމުގެ މަޝްރޫއު ނިންމާލައިފި

24 މާޗް 2021

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބައިތިއްބަން ހުޅުމާލޭގައި ހަދާފައިވާ "ފިޔަވަތި" އިމާރާތް މަރާމާތު ކުރުމުގެ މަޝްރޫއު ނިންމައި އެތަން އިފްތިތާހުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބައިތިއްބަން ހުޅުމާލޭގައި ހަދާފައިވާ "ފިޔަވަތި" އިމާރާތް މަރާމާތު ކުރުމުގެ މަޝްރޫއު ނިންމައި އެތަން އިފްތިތާހުކޮށްފި އެވެ.

ފިޔަވަތި މަރާމާތު ކުރުމުގެ މަޝްރޫއު ހިންގީ އިޖްތިމާއީ އަދި އިގްތިސާދީ ކަންކަމަށް އިންޑިއާ އިން ރާއްޖެއަށް ދިން 109 މިލިއަން ރުފިޔާގެ ތެރެއިން 1.9 މިލިއަން ރުފިޔާ ހޭދަކޮށްގެންނެވެ.

އެ މަޝްރޫއުގައި ފިޔަވަތީގެ ވެލްކަމިން އޭރިއާ ތަރައްގީ ކުރުމާއި އިމާރާތުގެ ސެކިއުރިޓީ ވަރުގަދަ ކުރުމާއި ކުދިން ކުޅިވަރު ކުޅޭ އޭރިއާއެއް ގާއިމްކުރަން ފެންޑާއެއް ހެދުމާއި ކޮމްޕިއުޓާ ސިސްޓަމްތަކާއި ގޭމް ސްޓޭޝަންތަކަށް ޚާއްސަ ކޮޓަރިތަކެއް ހެދުމުގެ އިތުރުން އިމާރާތަށް ބޭނުންވާ ފަރުނީޗަރު ވަނީ ފޯރުކޮށްދީފަ އެވެ.

މަޝްރޫއުގެ ނިމުން އިފްތިތާހުކުރަން ވާޗުއަލްކޮށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދީރާއި ޖެންޑާ މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ އިޖްތިމާއީ ގޮތުން ނާޒުކު ހާލަތުގައި ތިބޭ ކުދިންނަށް ޚާއްސަ ސަމާލުކަމެއް ދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި އެ މަޝްރޫއު ހިންގީ އެ ޒިންމާގެ ތެރެއިން ކަމަށެވެ.