Roadha Mihaaru
ޑްރަގް ވިޔަފާރީގެ މީހަކު ދޫކޮށްލި މައްސަލަ އިސްތިއުނާފު

ޑްރަގް ނެޓްވޯކެއްގެ މީހަކު ދޫކޮށްލި މައްސަލަ އިސްތިއުނާފުކޮށްފި

24 މާޗް 2021

ގިނަ އަދަދެއްގެ ކެނަބިހާ އެކު މިދިޔަ އަހަރު ހައްޔަރުކުރި ނެޓްވޯކެއްގައި ހިމެނޭ އަފްސަލް ރަޝީދު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރުމުން ޕްރޮސެކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހުން ހައި ކޯޓުގައި އެ މައްސަލަ މިއަދު އިސްތިއުނާފުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގިނަ އަދަދެއްގެ ކެނަބިހާ އެކު މިދިޔަ އަހަރު ހައްޔަރުކުރި ނެޓްވޯކެއްގައި ހިމެނޭ އަފްސަލް ރަޝީދު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރުމުން ޕްރޮސެކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހުން ހައި ކޯޓުގައި އެ މައްސަލަ މިއަދު އިސްތިއުނާފުކޮށްފި އެވެ.

ރާއްޖެ އަށް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ބަޔަކު 6.8 ކިލޯގެ ކެނަބިހާއެކު ހައްޔަރުކުރީ ޖޫން 14، 2020 ގަ އެވެ. އެ މައްސަލައިގައި ހައްޔަރުކުރި ތިން ދިވެހިންގެ ތެރޭގައި ހިމެނޭ އަފްސަލް ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. ނަމަވެސް ކޯޓުގެ އެ ނިންމުން މުރާޖައާ ކުރަން ހުށަހަޅަން ޖެހޭ ގޮތަށް މިހާރު އޮންނަ އުސޫލާ އެއްގޮތަށް ދައުލަތުން ހުށަހެޅުމުން ކޯޓުން އަމުރުކުރީ އޭނާ ދޫކޮށްލުމަށެވެ.

މި މައްސަލައިގައި ހިމެނޭ އެހެން މީހަކު ވެސް ކޯޓުން ކުރިން ވަނީ ދޫކޮށްލައިފަ އެވެ. އެއީ އޭނާގެ ގެ ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ފެނިފައި ނުވާތީ އެވެ.

އެ މައްސަލައިގައި ފައިސަލް އަށް ވަނީ ކެނަބިސް ޓްރެފިކްކުރުމުގެ ދައުވާކޮށްފަ އެވެ. ނަމަވެސް، އެނގިފައިވާ ގޮތުގައި، ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ އިބްތިދާއީ އަޑުއެހުމެއް ނުބާއްވަ އެވެ.

މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ހިމެނޭ ބައެއް މީހުން މީގެ ކުރިން ވެސް ދަށު ކޯޓުން ދޫކޮށްލާފައި ވެ އެވެ. އޭގެ ތެރެއިން ބައެއް މައްސަލަތައް ހައި ކޯޓުގައި އިސްތިއުނާފުކުރުމުން، އެ މީހުން އަލުން ހައްޔަރުކުރަން އަމުރުކޮށްފައި ވެ އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރިން ވިދާޅުވީ ހުޅުމާލެއިން އަތުލައިގަތް ކެނަބިހުގެ މަގުމަތީ އަގު 5.6 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.