Roadha Mihaaru
149 ކިލޯ ޑްރަގްސް މައްސަލައިގެ ދައުވާ ފަސް މީހަކަށް

149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ފަސް މީހަކަށް ދައުވާކޮށްފި

01 ޖުލައި 2019

ގދ. ހުޅުވާރުލުގައި ވަޅުލާފައި ހުއްޓާ ފެނުނު 149 ކިލޯގެ މަސްތުވާތަކެއްޗާ ގުޅިގެން ފަސް މީހަކަށް ދައުވާކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގދ. ހުޅުވާރުލުގައި ވަޅުލާފައި ހުއްޓާ ފެނުނު 149 ކިލޯގެ މަސްތުވާތަކެއްޗާ ގުޅިގެން ފަސް މީހަކަށް ދައުވާކޮށްފި އެވެ.

މިިދިޔަ އޭޕްރީލް މަހު ފެނުނު މަސްތުވާތަކެތީގެ މައްސަލައިގައި ފަސް މީހަކު މީގެ ކުރިން ހައްޔަރުކުރި އެވެ. އޭގެ ތެރެއިން މިވަގުތު ފުލުހުންގެ ބަންދުގައި ތިބީ ހަތަރު މީހެކެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ހަތަރު މީހަކަށް އަދި ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ދައުވާ އެކެއްގެ މައްޗަށް މިދިޔަ ހަފުތާގައި ކޮށްފައިވާ ކަމަށެވެ.

ޑައިމޯފިން ޓްރެފިކްކުރުމާއި އެކަމުގައި ބައިވެރިވިކަމުުގެ ދައުވާ ސާބިތުވެއްޖެ ނަމަ 1 ލައްކަ ރުފިޔާ އާއި 10 މިލިއަން ރުފިޔާގެ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް އުމުރަށް ޖަލަށް ލާނެ އެވެ.

އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި، މަސްތުވާތަކެތީގެ މައްސަލައެއްގައި މީގެ ކުރިން އުމުރަށް ޖަލަށްލި މީހަކު ވެސް ހިމެނެ އެވެ.

ގދ. ގައްދު އާއި ގއ. ކަނޑުހުޅުދުއާ އެއް ފަޅެއްގައި އޮންނަ ހުޅުވާރުލުން ފެނުނު ހެރޮއިން އާއި ކެނަބިސްގެ މަގުމަތީ އަގު 260 މިލިއަން ރުފިޔާއަށް އަރަ އެވެ

ފަޅު ރަށުން މަސްތުވާތަކެތި ފެނުނު މައްސަލައިގައި ދައުވާކުރީ ގދ. ގައްދޫ، އެދުރުގެ، އަހުމަދު ހަލީލް 42، ގއ. ކޮނޑޭ، ރޮމޭންސް ޝަފީޒް މުހައްމަދު 35، ގއ. ނިލަންދޫ ފިރްޝާންވިލާ އަލީ ޝާކިރު 30، ގއ. ކޮނޑޭ ގަހާކޯޅި އަހުމަދު އަނިލް 34 އަދި ގދ. ގައްދޫ އެދުރުގެ ޔާމިހް ހާލިދު 23 އެވެ.