19 މެއި 2022
މިދިޔަ މާޗު މަހު ފުލުހުން ހިންގި އޮޮޕަރޭޝަނެއްގައި އަތުލައިގަތް 12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ދެ މީހަކަށް ދައުވާނުކުރަން ނިންމައި، ބަންދުން ދޫކޮށްލައިފި އެވެ.
މިދިޔަ މާޗު މަހު ފުލުހުން ހިންގި އޮޮޕަރޭޝަނެއްގައި އަތުލައިގަތް 12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ދެ މީހަކަށް ދައުވާނުކުރަން ނިންމައި، ބަންދުން ދޫކޮށްލައިފި އެވެ.
ރާއްޖެ އަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާޗު 14 ގައި ހިންގި އޮޕަރޭޝަނުގައި ތިން މީހަކު ހައްޔަރުކުރީ ލޯންޗެއްގައި ދަތުރުކުރަމުން ދަނިކޮށެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ ނ. ވެލިދޫ، މަރިޔާޒް, މުހައްމަދު އަބްދުއްލަތީފާއި އިންޑިއާގެ މީހެއް ކަމަށްވާ ސްމޭޝް ކޭއޭ ކްރިޝްނާން ކުޓީ އާއި ބަންގްލަދޭޝްގެ ކަވްސަރު އަލަމް އެވެ.
އެ ތިން މީހުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދަން ކޯޓުން ދިން މުއްދަތު ހަމަވީ އިއްޔެ ކަމަށް ވާއިރު، އޭގެ ތެރެއިން މުހައްމަދު އަބްދުއްލަތީފާއި ކަވްސަރު އަލަމް ކޯޓަށް ހާޒިރުނުކޮށް ވަނީ ދޫކޮށްލައިފަ އެވެ.
އިންޑިއާގެ މީހާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން އިއްޔެ 15 ދުވަސް އިތުރުކޮށްދިނެވެ. އެ މީހާގެ އަމުރުގައި ބުނީ، އޭނާގެ މައްޗަށް ތުހުމަތުކުރާ ކުށްކުރި ކަމަށް އެކަށީގެންވާ ވަރަށް ހެކި ލިބިފައި ނެތް ކަމަށާއި އޭނާއާ އެ ހާދިސާއާ ގުޅޭ ގޮތެއް ދައުލަތުން ސާފުކޮށްދީފައި ނެތް ކަމަށެވެ. އެހެންވެ، ޝަރުތާއެކު އޭނާ ދޫކޮށްލަން ދިފާއީ ވަކީލު އެދުނު ކަމަށް އަމުރުގައި ވެ އެވެ.
ދައުލަތާ ހަވާލާދީ، ކޯޓު އަމުރުގައި ބުނީ، މެރިޖް ވިސާގައި ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ އެ މީހާއާއެކު، ކުށުގެ އަމަލުގައި ބައިވެރިވި ކަމަށް ބެލެވޭ އިތުރު މީހުންގެ މައްޗަށް ޖިނާއީ ބޮޑު ކުށެއްގެ ދައުވާ ކުރެވޭނެ ކަމަށް ނުބެލެވޭތީ އެ މީހުން ބަންދުން ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ.
މި މަހުގެ 11 ވަނަ ދުވަހު ފުލުހުން ޕީޖީ އޮފީހަށް ހުށަހެޅި މި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދައުވާ ނުކުރަން ނިންމިއިރު، ފުލުހުން ކުރިން ކޯޓުގައި ބުނެފައިވާ ގޮތުން، ތުހުމަތު ކުރެވޭ ތިން މީހުން ދަތުރުކުރި ލޯންޗު ދުއްވަން އިނީ މުހައްމަދު އަބްދުއްލަތީފެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުންނާއި މޮބައިލް އެކްސްޓްރެކްޝަން ރިޕޯޓުގައި ހުރި މެސެޖުތަކަށް ބަލާއިރު، އޭނާ މަސްތުވާތަކެތި ބަލާދާކަން އެނގޭ ކަމަށް ބެލެވޭ ފަދަ މެސެޖުތަކެއް ވެސް ވަނީ ފެނިފަ އެވެ.
ފުލުހުން ބުނީ، އިންޑިއާ މީހާ ހުއްޓުވަން އުޅުމުން ކޮނޑުގައި އޮތް ދަބަސް އެއްލާލުމަށް ފަހު ފިލަން މަސައްކަތް ކުރި ކަމަށެވެ. އެ ދަބަހުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރި ކަމަށް ވެސް ފުލުހުން ބުނެފައި ވެ އެވެ.
އަދި މުހައްމަދު އަބްދުއްލަތީފު ވެސް ފިލަން މަސައްކަތް ކުރި ކަމަށާއި އޭނާގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ނަމަވެސް އޭނާއަކީ ހަމައެކަނި ލޯންޗު ދުއްވާ މީހާ ކަމަށާއި އެ އުޅަނދުގައި ގެންދަނީ ކޮން އެއްޗެއްކަން ނޭނގޭ ކަމަށް ކޯޓުގައި އޭނާ ބުނެފައި ވެ އެވެ. ފުލުހުން ބުނި ގޮތުގައި މުހައްމަދު އަބްދުއްލަތީފަކީ ވައްކަމާއި މާރާމާރީ އާއި މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެކެވެ.
މި ކޭސްގައި އެންމެ އިސްކޮށް ހަރަކާތްތެރިވިކަމަށް ބެލެވޭ އިންޑިއާގެ މީހާއަކީ ކުރިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރަލާއެކު ހައްޔަރުކޮށްފައި ވަނިކޮށް، ކޯޓުން ދޫކޮށްލާފައިވާ މީހެކެވެ. އެ މައްސަލަ މިހާރު އޮތީ ކޯޓުގައި ކަމަށާއި އޭނާއަކީ މަސްތުވާތަކެއްޗާއި މާރާމާރީގެ ކުށުގެ ރެކޯޑު އޮތް މީހެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ކުށް ސާބިތުނުވުމުން ވީޑިއޯ ރިޕޯޓް ހަދާތީ ފާޑުކިޔުން
42 ކިލޯގެ ޑްރަގް: ނަޝީދުގެ ބަންދަށް 10 ދުވަސް
100 ކިލޯގެ ޑްރަގްސްގެ މައްސަލައިގައި ދައުވާކޮށްފި
72 ކިލޯގެ ޑްރަގްސް އެތެރެކުރި މީހުންނަށް ދައުވާކޮށްފި
އޮފިސަރުންގެ މައްސަލަ:އެންމެން ދޫކޮށްލަން ޕީޖީން އެދެފި
ޑްރަގް އެތެރެކުރި ތިން މީހަކަށް ދައުވާކޮށްދޭން އެދިއްޖެ
ޑްރަގު މައްސަލާގައި ހުކުމެއް އަޔަސް އަދަބެއް ނެތް
އޯވަޑޯޒްވެ ދެ މީހަކު މަރުވުން: ދައުވާއެއް ބާތިލުކޮށްފި
72 ކިލޯ ޑްރަގް: ހަތް މީހަކަށް ކުރި ދައުވާ ނަގައިފި
ބައިކިލޯ ޑްރަގް: އުމުރު ދުވަހުގެ އަދަބު 12 އަހަރަށް