Roadha Mihaaru
100 ކިލޯގެ ޑްރަގްސްގެ މައްސަލައިގައި ދައުވާކޮށްފި

100 ކިލޯގެ ޑްރަގްސްގެ މައްސަލައިގައި ހިމެނޭ މީހުންނަށް ދައުވާކޮށްފި

21 ޑިސެމްބަރ 2021

ސަފާރީއެއްގައި ރާއްޖެ އަށް އެތެރެކޮށް، އދ. ބޮޑުކާށިހުރާ ނަމަކަށް ކިޔާ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓާ ފެނުނު 100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ މީހުންނަށް އިއްޔެ ދައުވާކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސަފާރީއެއްގައި ރާއްޖެ އަށް އެތެރެކޮށް، އދ. ބޮޑުކާށިހުރާ ނަމަކަށް ކިޔާ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓާ ފެނުނު 100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ މީހުންނަށް އިއްޔެ ދައުވާކޮށްފި އެވެ.

ފުލުހުންނާއި ކަމާގުޅޭ އިދާރާތަކުން މިދިޔަ އޮކްޓޯބަރު 13 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި 10 މީހަކު ހައްޔަރުކުރި އެވެ.

އެކަމަކު، އެ އެއްޗެހި އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުވާ ދެ މީހުންގެ ބަންދުގެ މުއްދަތު ވެސް އިތުރުނުކޮށް ކޯޓުން އޭރު ދޫކޮށްލި އެވެ. ނަމަވެސް އެ މައްސަލައިގައި އެ ދެ މީހުންގެ މައްޗަށް ދެ ދައުވާ އުފުލާފައިވެ އެވެ. އެއީ، މ. ކޮޅުފުށި، ޒަހީރާމަންޒިލް، އަހުމަދު ސިރުހާން ޝަމީމް އަދި ކ. މާފުށީ، ސްވީޓްމީޑް، އަހުމަދު މާހިރެވެ.

އެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ 100 ކިލޯގެ މައްސަލައިގައި ހިމެނޭ 10 މީހުންގެ މައްސަލަ އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މީހުންނަށް ކޮށްފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމާއި ކެނެބިސް ބޭނުންކުރުމާއި ޑައިމޯފިން ޓްރެފިކްކުރުން އަދި ޑައިމޯފިން ބޭނުންކުރުމުގެ ދައުވާ އެވެ.

ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާ

- ހދ. ކުމުންދޫ، ޑިއާފްރެންޑު، އިބްރާހިމް ސިނާން،، 24

- ގއ. ކޮލަމާފުށި، ސޯސަންގެ، އިބްރާހިމް ޒައިދު ހަބީބް، 25

- ކ. މާފުށީ، ސްވީޓްމީޑް، އަހުމަދު މާހިރު

- ނ. ވެލިދޫ، ބީޗްހެވަން، ޖުމާން މުސްތަފާ، 19

- ލ. ކަލައިދޫ ، ޖަނަވަރީމާގެ، މުހައްމަދު އަހުމަދު، 32

- ދ. ބަނޑިދޫ، ޕޮލަރިސް، މުހައްމަދު ހުސެއިން، 61

- ބަންގްލަދޭޝްގެ ޑީއެމް މޮބިން، 24

- ބަންގްލަދޭޝްގެ އެމްޑީ ރަފީގުލް އިސްލާމް، 35

ކެނެބިން ބޭނުންކުރުމުގެ ކުށުގެ ދައުވާ

- ގއ. ދެއްވަދޫ، ދޭލިޔާގެ، މިދުހަތު އިބްރާހިމް، 26

- މ. ކޮޅުފުށީ، ޒަހީރާމަންޒިލް، އަހުމަދު ސިރުހާން ޝަމީމް

- ނ. ވެލިދޫ، ބީޗްހެވަން، ޖުމާން މުސްތަފާ، 19

- ލ. ކަލައިދޫ، ޖަނަވަރީމާގެ، މުހައްމަދު އަހުމަދު، 32

- ބަންގްލަދޭޝްގެ އެމްޑީ ރަފީގުލް އިސްލާމް، 35

ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ ދައުވާ

- ދ. ބަނޑިދޫ، ޕޮލަރިސް، މުހައްމަދު ހުސެއިން، 61

އެ މައްސަލައިގެ ތަހުގީގުގައި ބައެއް މީހުން ބުނެފައިވާ ގޮތުގައި 100 ކިލޯގެ ޑްރަގްސް ނެގީ ސަފާރީއެއްގައި ދިގު ދަތުރެއް ކޮށް، ރާއްޖޭން ބޭރުގެ ބޯޓަކާ ކައިރިކުރުމަށް ފަހުގައި ކަމަށެވެ.