12 ޑިސެމްބަރ 2023
ޑްރަގް ޓްރެފިކިންގެ މައްސަލައެއްގައި ތުހުމަތުކުރެވޭ ވަރަށް ހެކި ހުށަހަޅައި މުޖުތަމައުއަށް ނުރައްކާ އޮތް ކަމަށް ކަނޑައެޅި މީހަކު، މުޖުތަމައުއަށް ނުރައްކަލަށް ނެތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.
ޑްރަގް ޓްރެފިކިންގެ މައްސަލައެއްގައި ތުހުމަތުކުރެވޭ ވަރަށް ހެކި ހުށަހަޅައި މުޖުތަމައުއަށް ނުރައްކާ އޮތް ކަމަށް ކަނޑައެޅި މީހަކު، މުޖުތަމައުއަށް ނުރައްކަލަށް ނެތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.
މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކޮށް، އެ ތަކެތި ޓްރެފިކްކުރުމުގެ ކުށުގައި ގުލިސްތާނުގެ، އދ. މަހިބަދޫ، ހާމިދު ފާއިޒު ހައްޔަރުކުރީ މިދިޔަ މަހުގެ 22 ގަ އެވެ. އެ މައްސަލާގައި ކޯޓަށް ގެންދިއުމުން 15 ދުވަސް ޖެހި އެވެ.
އެކަމަކު، ބަންދާ މެދު ގޮތެއް ނިންމަން ފަހުން ކޯޓަށް ހާޒިރުކުރުމުން، ޝަރުތުކުރުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު ފާއިޒު ދޫކޮށްލީ މުޖުތަމައުއަށް ނުރައްކަލެއް ނެތް ކަމަށް ބުނެ އެވެ. އެނގިފައިވާ ގޮތުގައި، ފާއިޒަކީ ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެމްބަރެއްގެ އާއިލާ މީހެކެވެ.
ފާއިޒް ބަންދުކުރަން ނެރުނު އަމުރުތަކުގައި ވެސް، އޭނާ ބަންދުކުރަނީ މުޖުތަމައުއަށް ނުރައްކާ އޮތް ކަމަށް ބުނެފައިވެ އެވެ.
އެކަމަކު، އޭގެ ފަހުން ގާޒީ އާމިނަތު އަޒްލިފާ ނެރުއްވި އަމުރުގައި ވަނީ، ފާއިޒަށް ކުށުގެ ތުހުމަތުކުރެވޭ ކޮންމެ ވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވިޔަސް، އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާނެ އެކަށީގެންވާ ސަބަބެއް ޝަރީއަތަށް ފާހަގަކުރެވިފައިނުވާ ކަމަށެވެ.
އޭނާ ދިރިއުޅޭ ކޮޓަރި ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނަސް، އެ ކޮޓަރި ހުންނަ އެޕާޓްމަންޓަކީ އެހެން ބަޔަކު ދިރިއުޅޭ ތަނެއްކަމަށް ފުލުހުންނާއި ދިފާއުން ވެސް ފާހަގަކުރާ ކަމަށް، ބަންދުން ދޫކޮށްލި އަމުރުގައިވެ އެވެ.
"މީނާ ދިރިއުޅޭ ކޮޓަރީގެ ތަޅުދަނޑި އެހެން ފަރާތްތަކުގެ އަތުގައި ވެސް އޮންނަކަމާއި އެ ތަނަކީ އެހެން ފަރާތްތަކުން ވެސް ވަދެ، ނުކުމެ ހަދާ ތަނެއް ކަމަށް މީނާ ބުނެފައިވެ އެވެ. މީނާ ބަންދުގައި މިހާރު 30 ދުވަސް ހޭދަކޮށްފައިވާއިރު، އެ ތަނުން ފެނުނު މަސްތުވާތަކެއްޗާއި މީނާއާ ގުޅުވާލެވޭ އެއްޗަކީ އެ ކޮޓަރީގައި ހުރި ހަރެއްގެ ތިރީ ޝެލްފު މަތީގައި އިން ކަރުދާސް ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ފިލްމު ހުސްކުރި ދަޅުގެ ތެރެއިން އެއް ދަޅުން އެ ފަރާތުގެ ފިންގާ ޕްރިންޓާ ދިމާވުންކަމާއި އަދި އެ ދަޅުގެ ބަރުދަން ވަކިން ބެލިފައިނުވާ ކަމާއި ބަރުދަން ބެލިފައިވަނީ ޖުމްލަ ބަރުދަން ކަމަށް ފުލުހުންގެ ފަރާތުން ފާހަގަކޮށްފައިވެ އެވެ."
ފާއިޒް ހައްޔަރުކުރީ ގޭގެ ތިރީގައި ހުއްޓާ ކަމާއި އަދި މައްޗަށް އެރިއިރު ވެސް ކޮޓަރި ހުރީ ހުޅުވާފައިކަމަށް ކޯޓުގައި ބުނެފައިވެ އެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓު ބަލައިފާސްކުރިއިރު، އެ ކޮޓަރިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެ އެވެ. އެ މަސްތުވާތަކެއްޗާއި ފާއިޒާ ގުޅުން ހުރި ކަމަށް ބަޔާންކުރިޔަސް، އެއީ އޭނާ އޮފީހެއްގެ ގޮތުގައި ބޭނުންކުރާ އަދި ގިނަ ބަޔަކު ވަދެ، ނުކުމެ އުޅޭ ތަނެއްކަމަށް ފާހަގަކޮށްފައިވެ އެވެ.
"އެ ތަނުން ފެނުނު އެއް ފިލްމު ހުސްކުރި ދަޅުން އޭނާގެ ފިންގާ ޕްރިންޓު ފެނުން ފިޔަވައި، މީނާއާ ސީދާ އެ ތަކެއްޗާ ގުޅުވާލެވޭ އިތުރު ހެކި ނެތްކަން. މީނާގެ ކުށުގެ ރިކޯޑެއް ނެތްކަން އެނގެން އޮތުމުން، މީނާއަކީ މިހާތަނަށް ކުށުގެ ރިކޯޑެއް ނެތް މީހަކަށް ވާތީ ކުށުގެ ވެށީގައި އުޅޭ މީހެއް ނޫންކަމަށް ބެލެވޭ. އަދި މީނާ މުޖުތަަމައުގައި އަދާކުރާ ދައުރަށް ބަލާއިރު، މުޖުތަމައުއަށް ނުރައްކާވެދާނެ ފަދަ މީހެއް ކަމަށް ބެލެވެން ނެތަތީ، މި ކަންކަމަށް ބަލާއިރު، މީނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ފަދަ ޟަރޫރަތެއް އޮތްކަމަށް ނުފެންނާތީ،" އަމުރުގައިވެ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ފާއިޒްގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ތުހުމަތު ކުރިޔަސް، މިއީ އޭނާގެ މައްޗަށް ކުށުގެ ރިކޯޑެއް ނެތުމާއި އެ މައްސަލާގައި މިހާތަނަށް ލިބިފައިވާ ހެކި ގަރީނާއަށް ބަލައި، އެ ނިންމުން އިސްތިއުނާފު ނުކުރަން ނިންމައިފަ އެވެ.
100 ކިލޯ ޑްރަގްސް: ބިދޭސީންގެ ބަންދަށް 30 ދުވަސް
ޑްރަގް ރިމާންޑު ސެންޓަރު ބޭނުން ނުކުރެވޭތީ ކަންބޮޑުވަނީ
ދެ ބޮޑުން ދޫކޮށްލުން: އިސްތިއުނާފްކުރާކަށް ނުނިންމާ
100 ކިލޯ ޑްރަގްސް: ކޯޓުން ދޫކޮށްލީ އިސް ދެ މީހުން
ޑްރަގް ވިޔަފާރީގެ މީހަކު ދޫކޮށްލި މައްސަލަ އިސްތިއުނާފު
ޑްރަގް ބޮޑެއް އަނެއްކާ ދޫކޮށްފި، އިސްތިއުނާފު ނުކުރާނެ
ޕެސްޓާ އެކު ހައްޔަރުކުރި މީހުންގެ ވަނަވަރު ހާމަކޮށްފި
ޕެސްޓުގެ ބަންދަށް 15 ދުވަސް ޖަހައިފި
ވިސާމް ދޫކޮށްލި މައްސަލަ އިސްތިއުނާފުކޮށްފި
ޑްރަގްގެ މީހާ ދޫކޮށްލީ ޑޮކްޓަރަށް ދައްކާފައި ވަނިކޮށް