Roadha Mihaaru
100 ކިލޯ ޑްރަގްސް: ބިދޭސީންގެ ބަންދަށް 30 ދުވަސް

100 ކިލޯގެ ޑްރަގްސް: ދެ ބިދޭސީންގެ ބަންދަށް 30 ދުވަސް

22 ޑިސެމްބަރ 2021

ސަފާރީއެއްގައި ރާއްޖެ އަށް އެތެރެކޮށް، އދ. ބޮޑުކާށިހުރާ ނަމަކަށް ކިޔާ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓާ ފެނުނު 100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި މިހާރު ބަންދުގައި ތިބި ހަމައެކަނި ދެ މީހުންގެ ބަންދަށް 30 ދުވަސް އިއްޔެ އިތުރުކޮށްފި އެވެ. މިދިޔަ އޮކްޓޯބަރު 13 ވަނަ ދުވަހު 10 މީހަކު ހައްޔަރުކުރި މި އޮޕަރޭޝަންގައި މިހާރު ބަންދުގައި ތިބީ ބަންގްލާދޭޝްގެ ދެ މީހަކު އެކަންޏެވެ. އެއީ އެމްޑީ ރަފީގުލް އިސްލާމް، 35، އަދި ޑީއެމް މޮބިން، 24، އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމަށް ފުލުހުން ތުހުމަތުކުރާ ދެ މީހުންގެ ބަންދުގެ މުއްދަތު ވެސް އިތުރުނުކޮށް ކޯޓުން ދޫކޮށްލީ އެވެ. ބާކީ ތިބި އަށް މީހުންގެ ތެރެއިން ހަ ދިވެހީންގެ ބަންދުގެ މުއްދަތު އިތުރުކުރަމުން ދިއުމަށް ފަހު ދައުވާއާ ހިސާބުން އެ މީހުން ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.

ބިދޭސީ ދެ މީހުންގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކުރި ނިންމުމުގައި ބުނެފައިވަނީ، އެ ދެ މީހުން އެކަން ކުރުމުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ ވަރަށް އެކަށީގެންވާ ހެކި އެބަހުރި ކަމަށެވެ.

ސަފާރީއެއްގައި ވަޒީފާ އަދާކުރާ މޮބިން ކޯޓުގައި ބުނެފައިވަނީ މަސްތުވާތަކެއްޗާ އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. ސަފާރީގައި ތިބި ބަޔަކު އެކަން ކޮށްފައިވަނީ ވެސް އޭނާއަށް އެނގިގެން ނޫންކަމަށް ތަހުގީގުގައި ބުނެފައިވެ އެވެ. ނަމަވެސް ދައުލަތުން ހުށަހެޅި ހެކިތަކުން ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ލިބިފައިވާއިރު، އެ ހެކިތައް ނަފީވާނެ ފަދަ ހެއްކެއް މޮބިންއާ އެއްކޮޅަށް ނެތް ކަމަށް ކޯޓުގެ ނިންމުމުގައިވެ އެވެ.

އޭނާއަކީ ސައްހަ ވިސާގައި ރާއްޖޭގައި އުޅޭ މީހެކެވެ.

ރަފީގުލް އިސްލާމަށް ސްޕޮންސާ އާއި ވަޒީފާ ހަމަޖެއްސުމަށް މަސައްކަތް ކުރަމުން ގެންދާކަން އެނގޭ ލިޔުމެއް ދިފާއީ ވަކީލުން ހުށަހަޅާފައިވެ އެވެ. އެ ލިޔުމަށް ބަލާއިރު ރަފީގުލް އިސްލާމް އަތުގައި ސައްހަ ޕާސްޕޯޓަކާއި ވިސާއެއް ނެތެވެ. އަދި ގަވައިދުގެ ތެރެއަށް ވަނުމަށް ހުށަހަޅާފައިނުވެ އެވެ. އޭނާގެ ކުޑަކަމުދާ ތަކެތި ކެނެބިސްއަށް ޕޮޒިޓިވްވެފައިވެ އެވެ.

އެ މައްސަލައިގައި އެންމެންގެ މައްޗަށް މިދިޔަ ހޯމަ ދުވަހު ދައުވާ އުފުލާފައިވެ އެވެ. އޭގެ ތެރޭގައި، އެ ތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށް އުޅުނުކަމަށް ފުލުހުން ތުހުމަތުކުރާ މ. ކޮޅުފުށި، ޒަހީރާމަންޒިލް، އަހުމަދު ސިރުހާން ޝަމީމް އަދި ކ. މާފުށީ، ސްވީޓްމީޑް، އަހުމަދު މާހިރު ވެސް ހިމެނެ އެވެ.