ހއ. އަތޮޅުގެ ބައެއް ރަށްރަށަށް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ގިނަ އަދަދެއްގެ ޕެކެޓުތަކެއް މިއަދު ލައްގައިފި އެވެ.
21 މާޗް 2021
ހއ. އަތޮޅުގެ ބައެއް ރަށްރަށަށް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ގިނަ އަދަދެއްގެ ޕެކެޓުތަކެއް މިއަދު ލައްގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރާއްޖޭގެ އެންމެ އުތުރުގެ ރަށްތަކަކަށް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހިތަކެއް ލައްގަމުންދާތީ ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުލިބެ އެވެ.
އެ ޕެކެޓްތައް ލެއްގި ރަށްރަށުގެ ތެރޭގައި ވަށަފަރާއި ފިއްލަދޫ ހިމެނެ އެވެ.
ފިއްލަދޫ ކައުންސިލްގެ ރައީސް މުހައްމަދު ފަލާހު ވިދާޅުވީ އެ ރަށުގެ ބަނދަރާ ދިމާލަށް މަސްތުވާތަކެތި އަޅާފައި ހުރި ކަމަށް ޝައްކުކުރެވޭ ބޮޑު ގޯންޏެއް ލައްގާފައިވާ ކަމަށެވެ. އެ އެއްޗެހި އެންމެ ފުރަތަމަ ފެނުނީ ހެނދުނު 11:00 ހާއިރު އެ ރަށުގެ ބަނދަރާ ކައިރި ކުރި މަސް ދޯންޏެއްގެ ބަޔަކަށެވެ.
ފަލާހު ވިދާޅުވީ އެ ގޯނީގެ ތެރޭގައި 50 ވަރަކަށް ޕެކެޓު ހުރި ކަމަށެވެ.
ޕެކެޓު ބަންދުކޮށްފައި ވަނީ ރާއްޖެއިން އާއްމުކޮށް ނުފެންނަ ކޮފީ ބްރޭންޑެއްގެ ޕެކެޓަކުންނެވެ. އޭތި ނައްޓާލުމުން މުށިކުލައިގެ ކުނޑިތަކެއް ފެންނަ ކަމަށް ވިދާޅުވި އެވެ.
"އެތަނުން އެއް ޕެކެޓު ކަނޑާލާފައި ބަލާލިން. މުށިކުލައިގެ ކުނޑިތަކެއް ގޮތަށް ހުރީ. ފުލުހުން އަންނަންދެން ކައުންސިލްގެ ބެލުމުގެ ދަށުގައި އެ ޕެކެޓުތަކެއް ހުރީ،" ފަލާހު ވިދާޅުވި އެވެ.
މަލިކު ކައިރީ އޮތް ބޯޓަކުން 260 ކިލޯ ޑްރަގް އުކާލި
ލެއްގީ ބޯޓަކުން އުކާލި ޑްރަގްސް ކަމަށް ލަފާކުރެވޭ
ޑްރަގް ވިއްކުމުގެ ތުހުމަތު 62 އަހަރުގެ މީހަކަށް
ޗެއިން އޮފް ކަސްޓަޑީ ގޯސްވެ، ބޮޑު ހުކުމަކުން ސަލާމަތް
ރާއްޖެ ގެނައި 18 ކިލޯގެ ޑްރަގް:މީހަކު ހައްޔަރުނުކުރޭ
ޑްރަގާ އެކު 60 އަހަރުގެ މީހަކު ހައްޔަރުކޮށްފި
ޑްރަގް ޝިޕްމަންޓާ ހަވާލުވާން ދިޔަ މީހާ ދޫކޮށްލައިފި
މަސްތުވާތަކެތި ހުރި ޝިޕްމެންޓް ބަލާ ދިޔައީ ބިދޭސީއެެއް
މަސްތުގެ ހާލަތުގައި ހާފްވޭ ހައުސްއިން ދެމީހަކު ހައްޔަރު
ކަސްޓަމްސް އިން 18 ކިލޯގެ ޑްރަގްސް އަތުލައިގެންފި